މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިއަށް ގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް ޑީގެ ދެވަނަ ޓީމުގެ މަޤާމާއެކު ދަ ރޯޔަލްސް ދެވަނަބުރަށް ދަތުރުކޮށްފިއެވެ.

ދެވަނަ ޓީމުގެ މަޤާމު ދަ ރޯޔަލްސް ހޯދީ މި ގްރޫޕުގެ ފަހު މެޗުގައި ވޯންޓެޑް އާއި 5-5 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ. މި ގްރޫޕުން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް ދަތުރުކޮށްފައިވަނީ ކުޑަހެންވޭރު ލަޔަންސް އެވެ. ކުޑަހެންވޭރު ލަޔަންސް ދެވަނަބުރަށް ދިޔައީ ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ. ދެވަނަ މަޤާމު ދަ ރޯޔަލްސް ހޯދީ ޖުމްލަ ހަތަރު ޕޮއިންޓާޢެކު އެވެ. އެއީ ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއް މެޗުން ބަލިވެ ، އަދި އެއް މެޗު އެއްވަރުކޮށްގެންނެވެ.

ދަ ރޯޔަލްސް އާއި ވޯންޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގައި ދަ ރޯޔަލްސް ޓީމުގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކު ހެދި މުހައްމަދު އަލާއު އާއި އާދަމް އައްމާރު އަދި ޝަހީން އަބްދުލް ސަމަދު ، މިއިން ކޮންމެ ކުޅުންތެރިއެއް ކާމިޔާބުކުރި އެއް ގޯލެވެ. ވޯންޓެޑް ޓީމުން ޖެހި ފަސް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ މުހައްމަދު ޒަޔާން އެވެ. އެ ޓީމުގެ ފަސްވަނަ ގޯލަކީ ހަސަން ވަހީދު ކާމިިޔާބުކުރި ގޯލެކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވޯންޓެޑްގެ މުހައްމަދު ޒަޔާން އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.