ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި މިސްޓަ މޯލްޑިވްސް 2021 ގެ ޝަރަފްވެރި މަގާމު މުޙައްމަދު ޔާމީން (ޔާމްބެ) ހާސިލުކޮށްފިއެވެ.

އޮލިމްޕަސް ސިނަމާގައި ބޭއްވި 19 ވަނަ ޤައުމީ ބޮޑީބިލްޑިން އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި އެކި ކެޓަގަރީތަކުން ވަނަވަނައަށް ދިޔަ ފަރާތްތައް ހޮވާފައިވާއިރު، މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ. މި އިވެންޓު ކުރިޔަށްދިޔައީ އެޗްޕީއޭގެ ހަރުކަށި އުސޫލުގެ ދަށުންނެވެ.

މި އަހަރުގެ މިސްޓަރ މޯލްޑިވްސްގެ މަޤާމު ޔާމްބެ ހޯދިއިރު، އޭނާ ވަނީ 2017 ވަނަ އަހަރުވެސް މި މަޤާމު ހޯދާފައެވެ. ޔާމްބެ ވަނީ މި ފަހަރުގެ މުބާރާތުގެ ބޮޑީބިލްޑިންގެ 90 ކިލޯ ކެޓެގަރީން އެއްވަނަވެސް ހޯދާފައެވެ. ބޮޑީބިލްޑިންގައި ހިމެނުނު 60 ކިލޯގެ އެއްވަނަ މުހައްމަދު މޫސާ ހޯދިއިރު، 70 ކިލޯގެ އެއްވަނަ ހޯދީ މީގެކުރިން ތިން ފަހަރު މިސްޓަރ މޯލްޑިވްސް މަގާމު ހޯދާފައިވާ މުހައްމަދު ރަޝީދެވެ.

މި އަހަރުގެ މުބާރާތުގެ އެތުލެޓިކް ފިޒީކް ކެޓަގަރީގެ އެއްވަނަ ހޯދީ އަޙްމަދު މުއާޒެވެ މުއާޒް ވަނީ އެތުލެޓިކް ފިޒީކުގެ 180 ސެންޓިމީޓަރު ބައިންވެސް އެއްވަނަ ހޯދާފައެވެ. މިއަހަރު 170 ސެންޓިމީޓަރު ބައިން އެއްވަނަ ލިބުނު ފަރާތަކީ ފަތުހުﷲ މުހައްމަދެވެ.

ސްޕޯޓްސް ފިޒީކުގެ އެއްވަނަ ހޯދީ އަޒްނީން ރަޝާދެވެ. އަޒްނީން ވަނީ ސްޕޯޓްސް ފިޒީކުގެ 165 ސެންޓިމީޓަރު ބައިންވެސް އެއްވަނަ ހޯދާފައެވެ. ދެން މި ބައިގައި ހިމެނުނު 170 ސެންޓިމީޓަރު ބައިން އެއްވަނަ ފާލިހު މުޙައްމަދު ޒާހިރަށް ލިބުނުއިރު، 175 ސެންޓިމީޓަރު ބައިން އެއްވަނަ ލިބުނީ އަލީ ސަލީމް އިބްރާހީމަށެވެ. އަދި 180 ސެންޓިމީޓަރު ބައިން އެއްވަނަ ލިބިފައިވަނީ އަތީޤުއް ރަޙްމާނަށެވެ.

މިއަހަރުގެ މިސްޓަ މޯލްޑިވްސްގައި 30 އަށްވުރެ ގިނަ ބޮޑީބިލްޑަރުން ވަނީ ބައިވެރިވެފައެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ބައިވެރިވީ 18 ބޮޑީބިލްޑަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަ ފޭން އޮފް ޔާމްބެ

    ވެރީ ވެލް ޑިޒާވްޑް. ހީ ވޯކްޑް ސޯ ހާޑް ފޯ ދިސް. ސޯ ހެޕީ ފޯ ހިމް! ❤

    12
    3
  2. އެމަންޖެ

    ކެނެރީގެ ކަސްރަތީ ހަށި ގަނޑުވެސް ދައްކާލި ނަމައެއްނު.

    27
    8
  3. ލޮލް

    މަހީކުރީ ތިޔަ ލިބޭނީ ވަގުލޫފަށް ކަމަށް. މާވަރަކަށް ކިއްޕަތި ދައްކައިގެން އުޅުނު ވިއްޔަ މިދޭތެރެއަކުން..!

    10
    1
  4. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    މި ސޮރު ހާދަ ހަޑި ވެއްޖޭ.... ކުރިން ވ ރީތިވާނެ....