މިދިޔަ ހުުކުރު ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި މިސްޓަރ މޯލްޑިވްސް 2021 އިވެންޓަކީ އެއް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި ރާއްޖޭގެ ބޮޑީބިލްޑިންގެ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަަށް ތައްޔާރުވާން ދުރާލާ ގިނަ ބަޔަކު މަސައްކަތް ފަށައެވެ. ދުޅަހެޔޮ ހަށިހެޔޮ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އެތައް ކަމެއް ގުރުބާންކުރެއެވެ.

މިފަހަރުގެ މިސްޓަރ މޯލްޑިވްސްގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުމާއި ސުވާލު އުފައްދާފައިވަނީ އެތްލެޓިކް ފިޒީކް ކެޓަގަރީއަށެވެ. މި ކެޓަގަރީގައި ވާދަކުރި މީހުންގެ ތެރެއިން ރާއްޖޭގެ އުއްމީދީ ބޮޑީބިލްޑަރ މުހައްމަަދު ނަހްޔާންއަށް ތިންވަނަ ދިނުމުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުކުރީ އިންސާފުކުރި ފަނޑިޔާރުންނަށެވެ. މި ބައިގެ އެއްވަނަ ހޯދާފައިވަނީ އަޙްމަދު މުއާޒެވެ.

މީސްމީޑިއާގައި ފާޑުކިޔާ މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ ނަހްޔާނަށް ތިންވަނަ ލިބި އެއްވަނައަަށް ހޮވުނު ބޮޑީބިލްޑަރ އަށްވުރެ ނަހްޔާންގެ ހަށިގަނޑު ތަފާތުވުމުންނެވެ. އަދި ޕޮއިންޓް ދޭ އުސޫލުން ބަލާނަމަ ނަހްޔާނަށް ގިނަ ޕޮއިންޓް ލިބެންޖެހޭނެ ކަމަށެވެ. އަދި އެއްވަނަ ނަހްޔާނަށް ހައްގު ކަމަށެވެ.

ނަހްޔާން (ކ) އާއި އެއްވަނައަށް ދިޔަ މުއާޒް

"ހައިރާންވެއްޖެ މިގޮތަށް ނިންމުމުން، މި ބައިން އެއްވަނަ ހައްގީ ނަހްޔާނަށް، އަހަރެން އަމިއްލައަށް ދުށިން މި މުބާރާތަށް ނަހްޔާން ވި ތައްޔާރީ، ހަތަރު މަހާއި ހަ މަހާާއި ދޭތެރޭ މުއްދަތެއް ނަހްޔާން ހޭދަކުރި މި މުބާރާތަށް ތައްޔާރުވާން، އަހަރެން އަދިވެސް ނަމޫނާއެއްގެ ގޮތުގައި ނަހްޔާން ދެކެނީ، އެއީ މިކަމަށް ބަހަައްޓާ ޝައުގު ކައިރިން ފެނިފަ ހުރީމަ" ފޭސްބުކްގައި މީހަކު ޝެއާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

"މިސްޓާ މޯލްޑިވްސްގެ އެތްލެޓިކްސް ފިޒީކް ކެޓަގަރީން 3 ވަނަ ލިިބިފަ، ދެން ހުރި ބޭފުޅާއަށް 1 ވަނަ ލިބޭނެ ގޮތެއް މަަށަކަށް ނުވިސްނުނު، ޖަޖް ކޮށްލަން މި ދޫކޮށްލަނީ ތި ބޭފުޅުންނަށް، ހާދަ ބުރަ އަދި ގިނަ ދުވަހެއްގެ މަސައްކަތެކޭ ފެނަށް ތި ދުއްވާލީ" ފޭސްބުކްގައި ހިޔާލު ފާޅުކުރި އެހެން މީހެއް ބުނެފައިވެއެވެ.

"ނަހްޔާންގެ ހަށިގަނޑާ ޖެހިގެން ހުރި ހަށިގަަނޑާ ދެމެދު ބޮޑު ތަފާތެއް އެބަހުރި، ނަހްޔާނަށް ތިންވަނަ ހައްގެއް ނޫން ފެންނަ މަންޒަރުތަކަށް ބަލާއިރު" އެހެން ޕޯސްޓެއްގައިވެއެވެ.

މިއަހަރުގެ މިސްޓަރ މޯލްޑިވްސްގައި ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ މި ދާއިރާގައި ތަޖުރިބާހުރި ބޭފުޅުންނެވެ. ވަނަ ހޮވުމުގައި ތަފާތު ގިނަ ކަންކަމަށް ބަލާނެއެވެ. ގޮތް ނިންމާނީ ތި ބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ރާބެ

    މުޅިގައުމު މިއޮތީ ކޮރޮޕްޓްވެފަ ދެން ކޮންކަމެއް ރަނގަޅުވާނީ

    68
    2
  2. ޢަންމު

    ފެށިގެން ނިމެން ދެން ބެލިން ކޮންމެ ކެޓަގަރީ އަޅުގަނޑުވެސް ދިޔައީ ޖަޖްކުރަމުން ތިބުނާ ކެޓަގަރީ ނޫނީ ހުރިހާ ކެޓަގަރީ ޖަޖުކުރުން ދިމާވި ނަމަވެސް ނަހްޔާން އަށް 3 ވަނަ ލިބުނީިިމަ ސުވާލު އުފެދުން މީކިހިނެއް ޖަޖްކުރި ގޮތެއްބާވައޭ

    54
    2
  3. ކތ

    ޖަޖުން ކަޑަ!

    39
    3
  4. ބެލުންތެރިޔާ

    ތެދު ވާހަކައެއް. ނަޙްޔާންގެ ހަށިގަނޑުގެ ބައްޓަން މާބޮޑަށްވެސް ރީތި ކަމަށް ފެންނަނީ 1 ވަނަ ލިބުނު މީހާއަށް ވުރެ. ފަނޑިޔާރުންގެ ލޮލުން ބެލީމަ އެމީހުން ބެލީ ކޮން ކަމަކަށް ކަން އެނގޭނީ..!

    38
    2
  5. ީނިޝް

    ޢެސޮރު މޫނުގަ ތެޔޮނުލާ ލޯބި ތުނބުޅިޔަކާއެކު ހުރީމަތޯއްޗެ.

    54
    2
  6. އައިންތު

    ފައްތޭ.

    15
  7. ނޫސް ކިޔާމީހާ

    މިފަހަރު މިއޮތީ އިމާރަތެއްގެ އެއްވަނަ ބުރިން ވެއްޓުނުމީހާގެ ހުޅުތައް ބިންދައިގެން ދިޔައިރު ، އިމަރާތެއްގެ ފަަސްވަނަ ބުރިން ވެއްޓުނު މީހާ އެއްވެސް އަނިޔާއެއް ނުވެ ސަލާމަތް ވުން ފަދަ ކަމެއް ދިމާވެފައި.އެެއްވަނަ ހައްގީ ނަހްޔާން.ކޮންމެ ކަމެއްގައިވެސް މި ސަރުކާރުގައި ފަސާދަ އާއި ވައްކަން

    40
    5
    • ލޮލްލް

      އެހެން ވެ ޔާމިން އެ އޮތީ 2 ބިލިޔަން ކާލާގެން ޖަލުގަ

      2
      8
  8. އިންސާފު

    ކީއްކުރާނީ، މީ ހަމަ ކަން ހިނގާ ގޮތް މިހާރު🥺

    36
    1
  9. ޖަޖުން އިސްތިއުފާ!

    ކަނޑައެޅިގެން ބޭއިންސާފުން ކުރި ޖަޖްމެންޓެއް.

    31
    2
  10. ކުރިސް

    މިޒަމާނުގައި ރާއްޖޭގައި މުބާރާތެއްގައި ބައިވެރިވާކަށް ނުވާނެ. އަދި ފަނޑިޔާރުކަން ކުރަން ހެޔޮވެސް ނުވާނެ!!!!! މީ ވަރަށް ވާހަކަ

    34
    2
  11. ާަަްެއަލީ

    ވާނުވާ ބެލީމަ އިގޭނީ ހަޅެއްލިޔަކަސް ނޭގޭނެ. ފުރަތަމަ ޔަހުޔާން އެބައިވެރިވި ކެޓަގަރީ އަކީ އޭނަޔަށް ބައިވެރި ވެވޭ ކެޓަގަރާ އެއްތޯ ބަލާބަލަ. ގަވައިދު ބުނާ ގޮތުން ވިއްޔާ ބޮޑީބިލްޑިން ކެޓަގަރީގަ ކުރިން ބައިވެރި ވެފާ ހުރިއްޔާ ދެން އެހެން ކެޓަގަރީ އެއްގަ ބައިވެރި އެއް ނުވެވޭނެ. މުޅިންވެސް ބައިވެރި ވާން ޖެހޭނީ ބޮޑީބިލްޑިން ކެޓަގަރީގަ....

    18
    16
    • ކަނީރު

      މީއަދި މާބޮޑަށް އެނގިގެންއުޅޭ މީހެއް. ބަލަ ނުބައި ކެޓަގަރީއަކަށް ވިއްޔާ ކުރަނީ ޑިސްކޮލިފައިއެއްނޫންތަ؟

      32
      1
  12. ޖީހާން

    އެމީހަކު ގޮތްދޫނުކުރާން އެކަށީ ގެން ނުވާ ކެޓަ ގަރީއަކައް އެރުމުން އެކަޓަ ގަރީން ޖަޖުކުރާ މިން ގަޑުތަކައް ނުފެތޭކަމައް ވަންޏާ ކިހިނެތް ތޯ އެކަންކުރާނީ ، މީނަ ގެ ބޮޑީޓައިޕް ޖަޖުން ބުނާ ގޮތުން އެއީ ބޮޑީބިލްޑިން ކެޓަ ގަރީ، މީނަ އަރަން ޖެހޭ ކެޓަ ގަރީއިން އެއްވަނަ ގެންދިޔައީ ރަޗެ. މީނަ އެތަނައް އެރިނަމަ އެއީ ގޯލްޑް މެޑަލް އަޅާނެ އަދި. ޖަޖުން ފުރުސަތު ދިން އެކަމަކު އޭނަ އެއެރީ އޭނަ ގެ ނިންމުން. މީ ގެ ކުރިންވެސް މީނަ އެރީ ބޯޑީބިލްޑިން ކެޓަ ގަރީއަކައް

    11
    5
  13. އެމަންޖެ

    އަންނި ބޭނުންވީ ތަފާތު ކޮއްލަން.

    16
    4
  14. ޡަސްލީމް

    މިވަރުގެ ފަރަގެއް ހުއްޓާ ޖަޖުން ތިޔަކޭޓަގަރީޔައް ތިޔަހެން ނިންމާނެ ސަބަބެއް ހަމަގައިމުވެސް އޮއްނާނެކަން ޔަގީން ، ނަހްޔާން ހަށިގަޑައް ބަލާފަ ބޮޑީބިލްޑިންގ ކޭޓަގަރީގަ ވާދަކުރި މީހުންނާ އެއްގޮތްކަމައް ފެންނަނީ ސުވާލަކީ ތަފާތު ކެޓަގަރީތަކެއް އޮވެފަ މިނިންމުން ނިންމާނީ ޖަޖުން ކަނޑައެޅިގެން ބެލުންތެރިންގެ ފާޑުކިޔުން އައްނާނެކަން އެނގިހުރެ ދެނަހުރި ހުރިހާ އެތްލެޓިކް ފިޒީކްކެޓަގަރީ ތަކުގައި މިހާތަފާތެއް ނެތް ހަށިގަނޑަކު ބީޗް ސްޓައިލް ހުރީ މުހައްމަދު ރަޝީދު އައްވުރެއް ފުރިހަމަ ކީވެބާ ނަހްޔާން މިސްޓަރ މޯލްޑިވްސް ކެޓަގަރިގަ ވާދަ ނުކުރީ ؟ ވާދަ ކުރިނަމަ ޔާމްބެ ، ނަހްޔާން ، މޫސަ ފައިނަލުން ފެނުނީސް އަދި ނަހްުޔާންއަށް މިސްޓަރ މޯލްޑިވްސްގެ ލަގަބު ލިބުން ގާތްކަން ފާހަގަކުރަން އަޅުގަނޑަކީ ތިޔަ ޖަޖުކަން އިނގޭ ފަރާތެއް ނޫން އަޅުގަނޑު މުޅި ޝޯގެ އިންސާފުކުރާނަމަ ކުރާނެގޮތް މިދަންނަވާލީ

    10
    3
  15. ސަރަނގު

    ފަޑިޔާރުން ޖަވާބުދާރީވާނެތާ މިޔައް އަދި ޖަމްއިޔާ ގެ ހިން ގާ ކޮމިޓީ. މިވަރު ގެ ކަމަކައް ހަމަޔަ ގީނުންވެސް ހުއްޖަތެއް އޮއްނާނެ ތިޔަތަނު ގަ ތިބީޔަކި އަމިއްލަޔައް އަބުރުކަތިލާވަރު ގެ ބަޔަކުނޫން އަދި ކޮރަޕްޓްވާން ފައިސާ ތިޔަބުނާވަރައް ދެވޭނެ ބައިވެރިން ތިބިކަމަކައްވެސް ގަބޫލެއްނުކުރަން.
    ކުޅިވަރު ގެ މިން ގަނޑުތައް ބެލުންތެރިން ގެ ލޮލައްތަފާތުވިކަމު ގަ ވިޔަސް ބޮކްސިން މެޗުތަކު ގަވެސް ބަރުދަން އަދި ބަލާ މިން ގަޑުތައް ތަފާތު

    4
    3
  16. ާނަސީދު

    ތީހަމަ ތެދެއް މަވެސް ވަަަރައްފޯރީގައި ތިބަލަންއޮންވާ ކުއްލިއަކައް ވަނަތައް ދިންގޮތުން އިގިއްޖެ މިކަމުގަވެސް މިއޮތީ ކޮރަޕްސަންކަން ދެން ވަގުތުން ބެލުން ނިމުނީ

    8
    2
  17. އަޙްމަދް

    ހަމަ އަސްލުވެސް ފުއްޕާ މީހުންނަކީ މިއީއެވެ.

  18. އަދް

    ތަފާތަކީ އެކަކީ އެތްލެޓިކްއެއް އަނެކަކީ ބޮޑީބިލްޑަރެއް .. ބޮޑީ ބިލްޑަރު އެތްލެޓިކް ފިޒީކް ކެޓަގަރީއަށް އެރުމުން އޭނަ އެވަނީ އޯލްރެޑީ ޑިސްކޮލިފައިވެފަ.. ސާފުތަ .. މިވެސް ތި ލިޔުމުގަ ހިމެނުނު ނަމަ ފުރިހަމަ ވީސް

    5
    10
    • ޔާމީން

      ޑިސްކޮލިފައިވާ މީހުން 3 ވަނަދޭތަ؟

      14
      • ޖާބެ

        ޢެއީ އެސޯސިއޭޝަންގެ ރައީސްގެ ނާގާބިލްކަން ކޮންމެ އެސްކޯމެންބަރެއް ކުރެއް އެހުމުންވެސް އިނގޭނެ. ޢަމިއްލަގޮތް ނިންމާލަނީ ފަހުން އެހެން މީހުން ބޮޅުގަ އަޅުވާފަ ބޯދަމައިގަންނަނީ. މިއީ ކަން ހިނގާފަހުރި ގޮތް ޖަޖިން ޕެނަލައް އަތްބޭނީ އެކްސްޓްރީމް ޖިމްއިން އަރާމީހުންނައް ވަނަދޭންވެގެން ، ވިޔަފާރިކުރަމުން އެސޯސިއޭޝަން މިހިންގަނީ ޖިމް ހިންގާހެން

  19. ބެލެނިވެރިން

    ތިކަމައް ވެސް ބާސްކެޓް ގެ ހަމަ ދޯ ، ކީކޭ ބުނާނީ