ވޭތުވެދިޔަ ދެތިން ދުވަހު މާލޭއާއި މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި މާލޭ ޓެނިސް ކޯޓުގެ ފުރާޅު ވަޔާ ލުހިއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތުދެމުން ޓެނިސް އެސޯސިއޭޝަނުގެ އިސް އޮފިޝަލަކު ބުނީ ވިއްސާރައިގައި ކޯޓުގައި ކުޅޭ މެޗުތައް ބެލުމަށް ބޭނުންކުރާ ސްޓޭންޑް ހިޔާކުރުމަށް ލާފައިވާ ފުރާޅު ވަޔާ ލުހިފައިވާ ކަމަށާއި ކޯޓަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަަށެވެ.

މާލޭ ޓެނިސް ކޯޓުގެ ފުރާޅު ލުހިގެން ކޯޓުގެ ތެރެއަށް ވެއްޓިފައި-- ފޮޓޯ: ޓެނިސް އެސޯސިއޭޝަން

ޓެނިސް އެސޯސިއޭޝަނުން ބުނީ ފުރާޅު ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި މިވަގުތު އެ ކޯޓު ބޭނުންކުރާ ފަރާތްތަކަށް ދަތިވާނެ ކަމަށެވެ. ނަމަވެސް ވީ އެންމެ އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި ބުކިން ހައްދައިގެން ކޯޓު ބޭނުންކުރާ ފަރާތްތަކަށް މީގެސަބަބުން އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.

މާލޭ ޓެނިސް ކޯޓުގެ ޖާގަ ބޮޑުކޮށް މިހާރު ޖުމްލަ ހަތަރު ކޯޓު އޮވެއެވެ. މި ހަތަރު ކޯޓާއެކު ބައިނަލްއަޤްވާމީ މުބާރާތްތައް މިތަނުގައި ބޭއްވޭނެއެވެ.

މުޅި ރާއްޖެއަށް ކުރި މި ވިއްސާރައިގައި ބާރު ވަޔާއެކު ގިނަ ގެތަކެއްގެ ފުރާޅު އެއްލާލައިގެން ރިޕޯޓުކޮށްފައިވެއެވެ. އަދި މީސްމީޑިއާގައި ވެސް ބައެއް ވީޑިއޯތައް ދައުރުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަންނި

    ޔާނޓެ ހެދިތަނެއް...😂

    2
    2
    • ޑައިވަރޭ

      އާމިރު މަންސޫރު ފީއިލޮށިން ހެދި ތަނެއް

      2
      1
  2. ސަން

    ފުރާޅު ލުހުނީތަ ނުވަތަ ފުރާޅު ވަޔާ އެއްލާލީތަ. އަހަރުމެން ބޭނުން ކުރަނީ ފަހުން މިބުނި ގޮތް.

  3. ޕުޗުސް

    ރަނގަޅު. މުއްސަނދިންގެ ދަރިން ކުޅޭ ކުޅިވަރެއް. ދެން ލަލަލަ