ވޯލްޑް ކަޕްގެ މެޗުތައް ކުޅޭ ސްޓޭޑިއަމް ތަކަށް ކުކުޅު ވެއްދުން ނައިޖީރިޔާގެ ސަޕޯޓަރުންނަށް މަނާކޮށްފިއެވެ.
ނައިޖީރިޔާގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ދަނޑަށް ކުކުޅު ވެއްދުމަކީ ޓީމު އިތުރަށް ނަސީބު ގަދަ ކޮށްދޭނެ ކަމެކެވެ.
ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ނައިޖީރިޔާ އިން މިރޭ ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅޭއިރު ރަޝިޔާގެ ސަރުކާރުން ވަނީ ކުކުޅު ދަނޑަށް ވެއްދުން ނައިޖީރިޔާގެ ސަޕޯޓަރުންނަށް މަނާކޮށްފައެވެ.
"ނައިޖީރިޔާގެ ސަޕޯޓަރުން އަހަރުމެން ގާތުން ވަނީ ކުކުޅު ދަނޑަށް ވެއްދުމުގެ ފުރުސަތު އޮތްތޯ އަހާފައި. އެ ސަޕޯޓަރުން ބުނާ ގޮތުން އެއީ އެމީހުންގެ ރަމްޒު. މެޗުތައް އަބަދުވެސް ބަލަނީ އެތަކެތި ކައިރީގައި ބައިތިއްބައިގެން ކަމަށް އެ ސަޕޯޓަރުން އަހަރުމެން ގާތު ބުނި. އެކަމަކު އަހަރުމެން ވާނީ އަންގާފަ އެފަދަ ތަކެތި ދަނޑަށް ވެއްދުމުގެ އެއްވެސް ފުރުސަތެއް ނުދެވޭނެ ވާހަކަ" ރަޝިޔާގެ ކަލްޗަރ މިނިސްޓަރު އަންދްރޭ އޭމާކް ވިދާޅުވިއެވެ.
ދަނޑަށް ކުކުޅު ނުވެއްދުނު ނަމަވެސް ދަނޑުގެ ބޭރުގައި ހާއްސަކޮށްފައިވާ ވަކި ހިސާބެއްގައި އެފަދަ ތަކެތި ގެންގުޅުމުގެ ފުރުސަތު ނައިޖީރިޔާގެ ސަޕޯޓަރުންނަށް ދޭނެ ކަމަށްވެސް އޭމާކް ވިދާޅުވިއެވެ.
ވޯލްޑް ކަޕްގައި ނައިޖީރިޔާ ލައްވާލާފައިވަނީ ގްރޫޕް ސީގައި ކަމަށްވާއިރު ކްރޮއޭޝިއާގެ އިތުރުން ދެން މި ގްރޫޕްގައި ހިމެނެނީ އާޖެންޓީނާ އާއި އައިސްލޭންޑެވެ.
ނައިޖީރިޔާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.
އެހެންވިއްޔާ އިންޑިޔާ ވޯލްޑްކަޕަށް ކޮލިފައިވިއްޔާ ދަނޑަށް ދައްދާނީ ކޯންޗެއްބާ؟
ގެރި
ކޮންމެ ސަޕޯޓަރަކު ގެރިއެއް
އޭރަށް ދަނޑައްވައްދާނީ މޯލްޑިވްސް އޮޕޮޒިޝަން ލޮލް