ފީފާ ވޯލްޑްކަަޕް އަދި އޭޝިއަަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެ މިހާ ހިސާބަށް އައީ ބޮޑެތި އުނދަގޫތަކެއް ކަޑަައްތުކޮށްގެން ކަމަށާއި މި ހާލަތުގެ ގޮތުން މި ބަގުތު މި މެޗުތައް ކުޅެވިގެން ނުވާނެ ކަމަށް ގައުމީ ކޯޗު މާޓިން ކޫޕްމަން ބުނެފިއެވެ.
ކޮލިފައިންގައި މިރޭ ސީރިއާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ކޯޗު ވަނީ މި އުނދަގޫ ދަނޑިވަޅުގައި އެންމެ އެކަށީގެންވާ ގޮތުގައި ތައްޔާރުނުވެވުމުން އެކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ. ނަމަވެސް މެޗުން ރަނގަޅު ނަތީޖާއަކަށް ގަދައަޅާ މަސައްކަތްކުރާނެ ކަމަށް ކޯޗު ބުންޏެވެ.
ކޯޗު ބުނީ މިދިޔަ އަހަރު ކޮލިފައިންގެ މެޗުތަކަށް ތައްޔާރުވި ކަމަށާއި ނަމަވެސް އެފަހަރު މެޗުތައް ފަސްކުރަން ނިންމީ ކަމަށެވެ. މިހާރު މި އޮތް ހާާލަތުގަައި ޓީމުގެ ހުރިހާ ކުޅުންތެރިން އެކުވެގެން ރަނގަަޅަށް ފަރިތަކުރުންތައް ކުރިޔަށްގެންދާނެ ފުރުސަތެއް ނުލިބޭކަމަށް ބުނެ ކޯޗު ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ.
އެފްއޭއެމުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނުކަން ފާހަގަކުރަމުން ކޯޗު ބުނީ މި ހާލަތުގައި މެޗުތައް ކުޅުމަކީ ރާއްޖޭގެ ގައުމީ ޓީމަށް ވެވޭ ބޭއިންސާފެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެވެ.
ރާއްޖޭގެ މެޗުތައް ކުރިން ކުޅެން އޮތީ ޗައިނާގައެވެ. ނަމަވެސް ރާއްޖެއާއެކު އިތުރު ދެ ގައުމަކަށް އެ ގައުމަށް އެތެރެވެވޭ ގޮތެއް ނުވުމުން ވަނީ ދުބާއި އަށް މެޗުތައް ބަދަލުކޮށްފައެވެ. މީގެއިތުރުން ރާއްޖޭގެ ދެ ކުޅުންތެރިއެއް ވަނީ ކޮވިޑަށް ފައްސިވުމާއި ގުޅިގެން ޓީމާއި އެކަހެރިވެފައެވެ. އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ޝާމިސް (ތޮއްޕޭ) އަށް ގައުމީ ޓީމާއި ގުޅުމުގެ ފުރުސަތު ލިބޭނީ ކޮލިފައިންގައި ރާއްޖެ ކުޅޭ އެންމެ ފަހު މެޗަށެވެ.
ރާއްޖެއާއި ސީރިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 21:00 ގައެވެ. މި މެޗު ދައުލަތުގެ މީޑިއާގެ ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ހަމަޖެހިފައިވެއެވެ.
މިފަދަ ނާޒުކު ހާލަތެއްގައި ކުޅިވަރައްވުރެއް އަހައްމިޔަތުކަން ދޭންވީ ޤަޢުމައްކަންނޭންގެ ، ކޮން ކަަހަލަ ރައްޔިތުންނޭއްބާ ގަޢުމެއްގެ ބަނަހާލަތުގައި ކުޅިވަރާ މަޖަލުގަ އުޅެނީ، މިއީ ޖަނާޒާއަކައްގޮސް ނެށުންކަހަލަކަމެއް ... ހަމަ ހިތުގަ އޮތް ސުޢޫރެއް ފާޅުކޮށްލީ