ޔޫރޯ 2020 ގެ ގްރޫޕް އޮފް ޑެތް ނުވަތަ މަރުގެ ގްރޫޕުގައި މިރޭ 21:00 ގައި ބައްދަލުކުރަނީ ޖަރުމަނާއި ޕޯޗުގަލް އެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދާނެ މި މެޗާއި ކުރިމަތިލާއިރު ޖަރުމަނު ވަނީ އެއް މެޗުން ބަލިވެފައެވެ. އަދި ޕޯޗުގަލް ވަނީ އެއް މެޗުން މޮޅުވެފައެވެ. މި މެޗުން މޮޅުވެގެން ޕޯޗުގަލް ދެވަަނަބުރު ކަށަވަރުވާނެ އެވެ. އަދި ޖަރުމަނު މޮޅުވެއްޖެ ނަމަ އެ ޓީމަށް އުއްމީދެއް ލިބޭނެއެވެ.

ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު 1-0 ގެ ނަތީޖާއަކުން ޖަރުމަން ވަނީ ބަލިވެފައެވެ. ޕޯޗުގަލުން ވަނީ ހަންގޭރީ 3-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.

ޕޯޗުގަލް އާއި ޖަރުމަނު ވަނީ މިހާތަނަށް 17 ފަހަރު ބައްދަލުކޮށްފައެވެ. މީގެތެރެއިން ޖަރުމަނު މޮޅުވީ 8 ފަހަރެވެ. ޕޯޗުގަލް މޮޅުވެފައިވަނީ ތިން ފަހަރެވެ. މި ދެޓީމު އެންމެފަހުން ބައްދަލުކުރީ 2014 ގެ ވޯލްޑްކަޕް ގުރޫޕް ސްޓޭޖުގައެވެ.

އޭގެ ތެރެއިން ޖަރުމަން 8 ފަހަރު މޮޅުވެފައިވާއިރު، އެވެ. ހަތަރު މެޗު ވަނީ އެއްވަރުވެފައެވެ. އެފަހަރުގެ މެޗު 0-4 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޖަރުމަންއެވެ.

ޕޯޗުގަލް

ކޯޗު: ފެނާންޑޯ ސަންޓޯސް

ކެޕްޓަން: ކްރިސްޓިއާނޯ ރޮނާލްޑޯ

މެޗުގައި ކުޅޭ ފޯމޭޝަން: 3-3-4

ޖަރުމަނުވިލާތް

ކޯޗު: ޔޯހިމް ލޯ

ކެޕްޓަން: މެނުއެލް ނޯޔާ

މެޗުގައި ކުޅޭ ފޯމޭޝަން: 3-4-3

ޔޮހައިމް ލޯ (ޖަރުމަނު)

މިއީ ޖަރުމަނަށް ޕްރެޝަރު މެޗެކެވެ. މި މެޗުން ބަލިވެއްޖެ ނަމަ ޖަރުމަނު މުބާރާތުން ކަޓާނެތީއެވެ. އެހެންކަމުން ކޯޗު ބުނީ މިއީ މަޖުބޫރު މެޗެއް ކަމަށާއި ހުރިހާވެސް ވިސްނުމެއް ހުރީ މެޗުން މޮޅުވާން ކަމަށެވެ. އަދި ޕޯޗުގަލް އަކީ އުނދަގޫ ޓީމެއްކަން ގަބޫލުކުރާ ކަމަށާއި އެ ޓީމުގެ ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ވެސް ނަތީޖާ ބަދަލުކުރެވިދާނެ ފެންވަރުގެ ކުޅުންތެރިން ތިބި ކަމަށެވެ. ހާއްސަކޮށް ރޮނާލްޑޯގެ ނަން ކޯޗު ވަކިން ބޮޑަށް ވަނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކޮށްފައެވެ.

ފެނާންޑޯ ސަންޓޯސް (ޕޯޗުގަލް)

ޔޫރޯގެ ޑިފެންޑިން ޗެމްޕިއަނުންގެ ހައިސިއްޔަތުން މިފަހަރު މި މެޗާއި ކުރިމަތިލާއިރު ޖަރުމަނު ދެކެ އެއްވެސް ޖެހިލުމެއް ނުވާކަމަށް ކޯޗު ބުންޏެވެ. ނަމަވެސް ޖަރުމަނަކީ ޕާސިން ރީތި ގޭމެއް ކުޅޭ ޓީމެއްކަމުން އެ ކުޅުން ކުޅެފިނަމަ އުނދަގޫތަކެއް ކުރިމަތިވާނެކަމަށް ކޯޗު ބުންޏެވެ. ޖަރުމަނުގެ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅޭއިރު އެ ތަފާތު ފެނިދާނެކަން ވެސް ކޯޗު ފާހަގަކުރި އެވެ. ނަމަވެސް މި މެޗުން 3 ޕޮއިންޓް ނަގަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމަށް ކޯޗު ބުންޏެވެ.