ގުރޫޕް އެފްގެ ފަހު މެޗުތައް މިރޭ ކުޅޭއިރު، މި ގުރޫޕުން ދެވަނަ ބުރުގެ ފުރުސަތު އެންމެ ބޮޑީ މެކްސިކޯއަށެވެ. ކުޅުނު ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފައިވާ މެކްސިކޯ އަށް ދެވަނަ ބުުރުގެ ޖާގައެއް ކަށަަވަރުކުރުމަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

ގުރޫޕް އެފްގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ މެކްސިކޯ އެވެ. ޖަރުމަނާއި ސްވިޑަންް 3 ޕޮއިންޓާއެކު އޮތްއިރު، ތާވަލްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ދެކުނު ކޮރެއާ އެވެ.

ސްވިޑަން އަށް ދެވަނަ ބުރުގެ ފުރުސަތެއް އޮތީ މިރޭގެ މެޗުން މޮޅުވެގެން ނޫނީ މި ގުރޫޕްގައި މިރޭ ޖަރުމަނާއި ދެކުނު ކޮރެއާ ބައްދަލުކުރާ މެޗުގައި ޖަރުމަނުން ނެރޭ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދައިގެނެވެ.

ގުުރޫޕް އެފްގައި އެއްވެސް ޓީމަކަށް އަދި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުނުވާއިރު، ދެވަނަ ބުރުގެ ޖާގަތައް ކަނޑައެޅޭނީ މިރޭގެ މެޗުތަކުގެ ނަތީޖާތަކުންނެވެ.

ގުުރޫޕްގެ ފަހު މެޗަށް ނުކުންނައިރު، ސްވިޑަންގެ ޓީމަށް މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވެ އެވެ. މެކްސިކޯ އަށް ބަލާއިރު، އެ ޓީމުގެ ކޯޗު ހުއާން ކާލޮސް އޮސޯރިއޯ އަކީ އަބަދު ވެސް ފުރަތަމަ 11 އަށް ބަދަލުތައް ގެންނަ ކޯޗަކަށްވުުމުން، މިރޭގެ މެޗަށް ވެސް ބަދަލުތަކެއް އަތުވެދާނެ އެވެ.

މެކްސިކޯ:

މީގެ ކުރިން ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން މެކްސިކޯ މޮޅުވެފައިވަނީ އެންމެ ފަހަރަކު.

ގުރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުލުނު ފަސް މެޗުން ވެސް މެކްސިކޯ ބައްޔެއް ނުވޭ.

ސްވިޑަން:

ޖަރުމަން އަތުން ބަލިިވި މެޗަކީ 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ސްވިޑަން ބަލިވި ފުރަތަމަ ފަހަރު.

ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި ޕޮޒެޝަންގެ 24 އިންސައްތަ ސްވިޑަން އިން ހިއްސާކުރި. މިއީ 1966 ވަނަ އަހަރު ފަހުން ވޯލްޑް ކަޕްގެ މެޗެއްގައި ސްވިޑަން އަށް އެންމެ މެދުން ޕޮޒެޝަން ލިބުނު މެޗު.

އެނގޭތަ؟

މިއީ ސްވިިޑަން އާއި މެކްސިކޯ ބައްދަލުކުރާ 10 ވަނަ މެޗު، އެކަމަކު ވޯލްޑް ކަޕްގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ފަހަރެވެ.