ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ގެންނަން ރެއާލް މެޑްރިޑުން ހަޒާޑް އާއި އިތުރު ކުޅުންތެރިންތަކެއް ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މަޝްހޫރު ގޯލް ޑޮޓްކޮމް އިން ބުނެފައިވަނީ އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ ނަމަ ހަޒާޑުގެ އިތުރުން އެ ކުލަބުން ދެން ވިއްކާލާނެ ކުޅުންތެރިންގެ ތެރޭގައި އަސެންސިއޯ އާއި ރޮޑްރިގޯ ހިމެނޭ ކަމަށެވެ.

ރެއާލުން އެމްބާޕޭ ގަންނަން ފައިނަލް ބިޑު މިހާރު ވަނީ ހުށައަޅާފައެވެ. އެއީ 180 މިލިއަން ޔޫރޯއަށެވެ. މި އަދަދާއި ގުޅޭގޮތުން ޕީއެސްޖީން އަދި މިހާތަނަށް ވާހަކަނުދައްކާއިރު، ރިޕޯޓުތައް ބުނާގޮތުން ޕީއެެސްޖީން ވަނީ މި އަދަދަށް އެއްބަސްވެފައެވެ.

ރެއާލުން މީގެކުރިން ވަނީ ގެރެތް ބޭލް، ލޫކާ ޖޮވިޗް އަދި މަރިއާނޯ ޑިއާޒް ވިއްކާލަން ނިންމާފައެވެ. އެ ކުލަބުން މަސައްކަތްކުރަނީ އަންނަ އަންގާރަ ދުވަހު ބަންދުވާ ޓްރާންސްފަރ ވިންޑޯގެ ކުރިން އެމްބާޕޭގެ ކަންކަން ނިންމޭތޯއެވެ.

ހަޒާޑް ވިއްކާލަން ނިންމިއިރު މިއަދު ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅޭ މެޗުގެ ސްކޮޑުގައި ހަޒާޑު ވަނީ ހިމަނައިފައެވެ. ރެއާލުން ހަޒާޑް ދޫކޮށްލައިފި ނަމަ އޭނާ ދިއުން ގާތީ ކުރީގެ ކުލަބް ޗެލްސީއަށެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ހަޒާޑުގެ ފަރާތުން ތަފާތު ކުޅުމެއް ފެންނަ ނަމަ އޭނާ އެ ކުލަބުގައި ބަހައްޓާނެއެވެ.

ޗެލްސީން ހަޒާޑް ރެއާލަށް ބަދަލުވީ 100 މިލިއަން ޔޫރޯއަށެވެ. އޭނާ ސޮއިކުރީ 2019 ވަނަ އަހަރުގައެވެ. ރެއާލް އާއެކު އޭނާގެ އެއްބަސްވުން ހަމަވާނީ 2024 ގައެވެ. ރެއާލަށް ބަދަލުވުމަށް ފަހު ހަޒާޑަށް އަދި މާ އެދެވޭ ކުޅުމެއް ނުދެއްކެއެވެ. ރެއާލަށް ބަދަލުވުމަށް ފަހު ހަޒާޑަށް ވަނީ އަނިޔާގެ މައްސަލަ ވަރަށް ގިނައިން ކުރިމަތިވެފައެވެ. އޭގެ ސަބަބުން ހަޒާޑުގެ ހަގީގީ ފޯމު ރެއާލުގައި އަދި މިހާތަނަށް ނުދެއްކެއެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ކޮބަ!!! އޭރުވެސް މަ ބުނިން ހަޒާޑޫއޭ ތިޔަހެން ނުހަދާށޭ ޗެލްސީ ދޫކޮއްފަ ނުދާށޭ..... އޮތިއްޔާ އޮތް ހުޅެއް ބިންދާލައިގެން ދެން ނަޔަސް ހެޔޮ!!!. ހަޒާޑައް ތިވީގޮތާމެދު ވަރައް ދެރަވޭ.

    7
    1
  2. ކައުންސެލަރު 🙌

    ޗެލްސީ ދޫކޮށްފަ ދިޔައީ މޮޅުތަކެއްވާނެކަމަށް. ދެނެއް އަންނާނެކަމެއްނެތް. ސަޅަން