އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިރޭ ރާއްޖެއާއި އަވަށްޓެރި އިންޑިއާ ކުޅޭ މެޗަށް ވަނުމަށް ސަޕޯޓަރުންނަށް ވިއްކި ޓިކެޓަށްވުރެ ގިނައިން ސަޕޯޓަރުން ދަނޑަށް ވަދެއްޖެއެވެ.
މިރޭގެ މެޗަށް ސަޕޯޓަރުން ވަނުމަށް ޓިކެޓު ވިއްކަން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ ޓިކެޓު ވިއްކަން ފެށި ވަގުތުން ފެށިގެން ހަތަރުވަރަކަށް ގަޑިއިރު ތެރޭ ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ.
މިމެޗަށް 5000 ޓިކެޓު ވިއްކާފައިވާއިރު، އޭގެ ތެރެއިން 3000 ޓިކެޓަކީ އެއީ ސަޕޯޓަރުންނަށް ވިއްކާފައިވާ ޓިކެޓެވެ. ބާކީ 2000 ޓިކެޓު އެއީ ކުޅުންތެރިންގެ އާއިލާ މީހުންނާއި މުބާރާތުގެ ސްޕޮންސަރުންނަށް ހާއްސަ ކޮށްފައިވާ ޓިކެޓެވެ.
މިހާ އަދަދަށް ޓިކެޓު ވިއްކި ނަމަވެސް، މިރޭގެ މެޗު ފެށުމުގެ ކުޑައިރުކޮޅެއް ތެރޭ ދަނޑު އެއްކޮށް ވަނީ ފުރާލާފައެވެ. ގާތްގަނޑަކަށް 8،000 ވުރެ ގިނަ މީހުން ދަނޑަށް ވަދެފައިވާކަމަށް ދަނޑުގައި ތިބި މީހުން ބުނެއެވެ.
"ދަނޑުގެ ސިޑިބަރީގައި އެއްވެސް ހުސް ސީޓެއް ނެތް. އަދި ކޮޅަށް އެތައް ބަޔަކު އެބަ ތިބި ދަނޑުގައި" ދަނޑުގައި ހުރި ވަގުތުގެ ނޫސްވެރިޔާ ބުންޏެވެ.
ވިއްކި ޓިކެޓަށްވުރެ އިތުރަށް މީހުން ދަނޑަށް ވަދެފައިވާ ކަމަށް ލިބިފައިވާ ރިޕޯޓާއި ގުޅޭ ގޮތުން އަދި މިހާތަނަށް އެފްއޭއެމްގެ ބަހެއް ނުލިބެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގެ ސިޑި ބަރިތައް ބާވެފައި ވުމުން ދަނޑުގެ ބައެއް ސިޑިބަރިތައް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ކަނޑައަޅާފައިވާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ގައުމީ ފުޓްބޯޅަ ދަނޑަކީ 12000 މީހުންގެ ޖާގައިގެ ދަނޑެކެވެ. ނަމަވެސް ހާލަތު އޮތްގޮތުން މިފަހަރުގެ މުބާރާތުގައި އެއަދަދަށް ޓިކެޓް ނުވިއްކައެވެ.
ވައްކަން ނުކުރަނީ ކޮންކަމަކުން؟
ޓިކެޓް ޕްރިންޓް ކުރީ 7 އޮންނަ ޕރިންޓިން ކުން ފުނިން
ޥަގު ޓިކެޓް ތަކަށް 2 މިލިޔަން ހޯދި
ބަލިވީ ވަގު ޓިކެޓް ގެ ސަބަބުން
ޓިކެޓް ވިއްކި ބާރައް ޤައުމީ ޓީމް އެކެޓީ 😆