ރޭ މެކްސިކޯއާއި ބަލިކޮށް ވޯލްޑްކަޕްގެ ކުއާޓާ ފައިނަލްގެ ޖާގައެއް ބްރެޒިލްއިން ކަށަވަރުކުރި މެޗުގައި ނޭމާ ކުރި ޑައިވްއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެގޮތުން އެ މެޗުގައި ނޭމާވަނީ ޑައިވް ކުރުމަށް ފަހު ވަރަށް ސީރިއަސް އަނިޔާއެއް ވުމުން އަމަލުކުރާ އުސޫލުން ކަންތަށްކޮށްފައެވެ.

ނޭމާގެ ޑައިވްއަކީ މެކްސިކޯ ބަލިވެފައި ވުމުން ވަގުތު ބޭކާރުކުރުމަށް ކުރި ޑައިވްއެއްކަމުގައި މެކްސިކޯއިން ބުނެއެވެ. އެގޮތުން މެކްސިކޯގެ ކޯޗު ޖުއާން ކާލޯސް އޮސޮރިއޯ ބުނީ ނޭމާ ކުރި ޑައިވް އަކީ ފުޓްބޯޅައަށް ހުރި ލަދެއް ކަމަށާއި އެ ޑައިވްގެ ސަބަބުން އެގައުމުގެ އެތަކެއް ވަގުތެއް ބޭކާރުވެގެން ގޮސްފައިވާ ކަމަށެވެ.

އަދި އެއީ ފުޓްބޯޅައަށް ލޯބިކުރާ ކުޑަކުދިންނަށް ދަސްކޮށްދެވޭ ވަރަށް ނުރަގަޅު ކަމެއް ކަމުގައިވެސް ކޯޗު ވަނީ ބުނެފައެވެ.

" އަހަރެން ގަބޫލުކުރާ ގޮތުގައި ނޭމާގެ ޑައިވް އަކީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކާއި ފުޓްބޯޅައަށް ލޯބިކުރާ ކުޑަކުދިންނަށް ދެވޭ ވަރަށް ނުރަނގަޅު މެސެޖެއް. އަދި ފުޓްބޯޅައަކީ ވަރަށް ވަރުގަދަ ކުޅިވަރެއް، އަދި މި ފަދަ ކުޅިވަރެއްގައި އެހާގިނައިން އެކްޓު ކުރުން ހުރެގެންވާނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން " ކޯޗު ޖުއާން ބުނެފައިވެއެވެ.

މެކްސިކޯގެ ކޯޗުގެ ބުނުމަށް ރައްދު ދެމުން ނޭމާ ބުނީ އޭނާ ކުރާ އެއްވެސް ކުށަކަށް ނުބަލާ ކަމަށާއި އަދި އެހެން މީހުން ކިޔާ އެއްޗެއްސައް ނުވިސްނާ ކަމަށެވެ. އަދި އޭނާ ވޯލްޑްކަޕަށް އައީ ބްރެޒިލްއާއި އެކު ވޯލްޑްކަޕްގެ ތަށި އުފުލާލުމަށް ކަމުގައި ނޭމާ ވަނީ ބުނެފައެވެ.

ބްރެޒިލްއާއި އެކު ރަނގަޅު ކުޅުމެއް ކުޅެމުން އަންނަ ނޭމާއަށް ބްރެޒިލް ކުޅޭ މެޗުގައި ގިނަ ފައުލްތަކެއް ކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޯބް

    އާނ.. ހުވާ މިބުނީ ތިގޮލާގެ އެކްޓާ ހެދީ ބްރެޒިލް މަތިން ވެސް ވައިވެއްޖެ.. ކުރިން ޤަބޫލު ކުރިން ނޭމާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށް.. އެކަމު މި ވޯލްޑްކަޕް ގަ ނޭމާ މޮޅީ އެކްޓް ކުރަން، އެކަމު އެދެން ބޮޑުވަރު.

  2. ެނޭމާރ ޖޭރް

    ޢަހަރެން މެޗުގައި އެވްރުގެ ޑައިވެއް އެއްލުނީތި ތިޔަ ހުރިޔާ ބޭފުޅުންނަށް ވަރަށް މާފަށް އެދެން