ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މައްޗަށް ކުރި ހޯދައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްީޑީސީ) އިން ގްރޫޕްގެ އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.

ގްރޫޕް ޑީގައި ހިމެނޭ މި ދެ ޓީމު ކުޅުނު މެޗު އެޗްޑީސީން ކާމިޔާބު ކުރީ 1 - 0 އިންނެވެ. ޗްޑީސީގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ އިބްރާހިމް ރިމާހްއެވެ. އެޗްޑީސީ މިހާރު އޮތީ ގްރޫޕްގެ އެއްވަނައިގައި ހަ ޕޮއިންޓް ހޯދައިގެންނެވެ.

އެޗްޑީސީ މީގެކުރިން ބީއެމްއެލް އާ ބައްދަލުކޮށް 3 - 0 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ.

ގުރޫޕްގެ ދެވަނައިގައި އާރްޑީސީ އޮތީ ތިން ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުގެ ފުރަތަމަ މެޗުގައި ފެން ކުންފުނިީގެ މައްޗަށް ކާމިޔާބު ހޯދީ 2-0 އިންނެވެ. ފެން ކުންފުންޏާއި ބީއެމްއެލްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ގުރޫޕް އީގައި ދިރާގުން ވަނީ ރޭ، ހައުސިން މިނިސްޓްރީގެ މައްޗަށް 7-2 އިން މޮޅުވެފައެވެ. އަދި ގްރޫޕް ޖީގައި ދިވެހި ސިފައިންގެ ކްލަބުން ވަނީ، ޕީޖީ އޮފީސްގެ މައްޗަށް 5-2 އިން ކާމިޔާބު ހޯދައިފައެވެ.

ގުރޫޕް އެފްގައި ރާއްޖެ އޮންލައިން ކުޅުނު ދެ ވަނަ މެޗު އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އަތުން އެ ޓީމު މޮޅުވީ 4-3 އިންނެވެ. މި ގްރޫޕްގައި އޭވިއޭޝަން ފިޔަވައި ކޮންމެ ޓީމަކަށް ތިން ޕޮއިންޓް ވަނީ ލިބިފައެވެ. އެއީ ރާއްޖެ އޮންލައިންގެ އިތުރުން ޕްރިޒަންސް އާއި ފެނަކައެވެ.

މުބާރާތުގައި މިރޭ ވެސް އަންހެން އަދި ފިރިހެން މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.