ފްރާންސްގެ މަޖައްލާއަކުން ދޭ ބެލޮންޑިއޯ އެވޯޑު ހަތްވަނަ ފަހަރަށް އުފުލާލާ އާޖެންޓީނާގެ ތަރި ލިއޮނަލް މެެސީ ތާރީހުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
މެސީއާއި ޖެހިގެން ދެވަނަ މަގާމު ލިބުނީ ޕޮލޭންޑުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ އަށެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެކޯޑު އަދަދަކަށް ލަނޑު ޖަހާފަައެވެ. ތިންވަނަ ލިބުނީ އިޓަލީގެ ޖޯޖީނިއޯ އަށެވެ.
މެސީ ވަނީ އާޖެންޓީނާއާއެކު އެންމެފަހުން ބޭއްވި ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ. މި މުބާރާތް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި މެސީގެ ދައުރު ވަރަަށް ބޮޑެވެ. މީގެއިތުރުން މުބާރާތުގެ އެންމެ ގިނަ އެސިސްޓު ހެދި ކުލުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދީ މެސީ އެވެ.
HERE IS THE WINNER!
SEVEN BALLON D’OR FOR LIONEL MESSI! #ballondor pic.twitter.com/U2SywJmruC
— Ballon d'Or #ballondor (@ballondor) November 29, 2021
މެސީ ވަނީ އޭނާގެ ކެރިއަރުގައި 80 ލަނޑު ގައުމީ ޓީމުގައި ޖަހާފައެވެ. އޭނާ ވަނީ މި އެވޯޑު އެންމެ ފަހުން ބޭއްވި 2019 ވަނަ އަހަރުވެސް މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭގެފަހުން މިދިިޔަ އަހަރު މި އެވޯޑު ބާއްވާފައެއް ނުވެއެވެ. އެއީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.
އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ އެންމެ ފުރަތަމަ ބެލޮންޑޯ އެވޯޑު އުފުލާލީ 2009 ވަނަ އަހަރުގައެވެ. އޭގެފަހުން 2010، 2011، 2012، 2015 އަދި 2019 ވަނަ އަހަރުވެސް މެސީ މި އެވޯޑު އުފުލާލިއެވެ. އޭނާއާއި ޖެހިގެން މި އެވޯޑު ދެން އެންމެ ގިނައިން ހޯދީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ ފަސް ފަހަރެވެ.
މީގެއިތުރުން މިފަހަރުގެ ބެލޮންޑިއޯ އެވޯޑުގައި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް ހޮވިފައިވަނީ އިޓަލީ އަދި ޕީއެސްޖީގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ އެވެ. އޭނާ ވަނީ ނިމިދިޔަ ޔޫރޯގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
The 2021 #tropheeyachine is... @gigiodonna1 🇪🇸 of @PSG_inside ! #ballondor" pic.twitter.com/IVGmTkEvr7
— Ballon d'Or #ballondor (@ballondor) November 29, 2021
މީގެއިތުރުން އެންމެ މޮޅު އަންހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދާފައިވަނީ ބާސެލޯނާއަށް ކުޅެމުން އަންނަ އެލެކްސިއާ ޕުޓެލަސް އެވެ. އޭނާ ވަނީ ބާސެލޯނާއާއެކު އަންހެނުންގެ ޗެމްޕިއަންސް ލީގު އެ ޓީމަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އޭނާއާއި ޖެހިގެން ދެވަނަ ހޯދީވެސް ބާސެލޯނާގެ ކުޅުންތެރިއެވެ. ޖެނިފާ ހާމޯސޯ ދެވަނަ ހޯދިއިރު ތިންވަނަ ލިބުނީ ޗެލްސީގެ ސޭމް ކާ އަށެވެ.
Alexia Putellas is your 2021 Women's #ballondor! pic.twitter.com/DJLB2YNObL
— Ballon d'Or #ballondor (@ballondor) November 29, 2021
މީގެއިތުރުން އެންމެ މޮޅު ސްޓްރައިކަރަކަށް ހޮވިފައިވަނީ ބަޔާން މިއުނިކާއި ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޮސްކީ އެވެ. ލެވަންޑޮސްކީ ވަނީ މި ސީޒަނުގެ މިހާތަނަށް ބަޔާން އަށް ކުޅެދިން 20 މެޗުން 25 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ކޮންގްރެޓްސް މެސީ. ރޮނާ ވަރަށް ގިނައިން ރާއްޖެ އާދޭ.! އެހެންވީމާ ގިނައިން މަސްބޭނިއްޔާ މާރަނގަޅުވާނެ.! ރުޅިގަދަވެ ކޮޅުފައިން ކޮންމެ މީހެއްގެ ގައިގާ ޖެހުމަށް ވުރެ މި ގޮތް މާރަނގަޅުވާނެ.!!!
އަސްލު ލެވޯ އަށްް ދޭން ޖެހޭނީ މެސީ ތިކާކު
ކީއްވެ މެސީ އަށް ލިބުނީ!
މެސީ އަކީ.
ކޮޕާއެމެރިކާގެ ޗެމްޕިއަނުން.
ޓޮޕްސްކޯރަރ.ޓޮޕްއެސިިސްޓަރ
ޕްލޭޔަރ އޮފްދީ ޓޯނަމަންޓް
ލަލީގާ ޓޮޕްސްކޯރަރ. ޓޮޕްއެސިސްޓަރ
ޕްލޭޔަރ އޮފްދީ ޓޯނަމަންޓް
ކޮޕަޑެލްރޭގެ ޗެމްޕިއަނުން
ޕްލޭޔަރ އޮފްދީ ޓޯނަމަންޓް
އާޖެންޓީނާ ވޯލްޑްކަޕަށް ކޮލިފައި ކޮށްދީފި.
ޕެލޭގެ ސައުތްއެމެރިކާގެ ގޯލް ރެކޯޑް މުގުރާލައިފި.
އަދިވެސް ބައިވަރު އެޗީވްތައް!!
މި ވަރުން ސާފު ވެއްޖެ ކަމަށް ހީކުރަން.!
ކޮރަޕްޝަން
ޜޮނަލްްޑޯ ކޮބާ
މިހާރު ފަރުމަހަށް ދަނީ!!
އެންމެ މޮޅު!