އެފްއޭއެމް 19 އަހަރުންދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީފައިނަލަށް ސިުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ދަތުރުކޮށްފިއެވެ.
މުބާރާތުގެ ސެމީފައިނަލަށް ސަސް ދަތުރުކޮށްފައިވަނީ ރޭ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް އަތުން 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ހޯދި މޮޅާާއެކު އެވެ.
މި ނަތީޖާއާާއި އެކު ގްރޫޕް އޭގެ ރަސްކަން ލިބިފައިވަނީ ކުލަބް އީގަލްސްއަށެވެ. އީގަލްސް ސެމީފައިނަލުން ޖާގަ ހޯދާފައިވަނީ އިއްޔެ ކުލަބް ގްރީންސްޓްރީޓްސް 11-0 ގެ ބޮޑު ތަފާތަކުން ބަލިކޮށްގެންނެވެ.
އީގަލްސް އޮތީ ގްރޫޕް އޭގެ އެއްވަނައިގައި 10 ޕޮއިންޓާއެކު އެވެ. ދެވަނަ މަގާމު ލިބެނީ ނުވަ ޕޮއިންޓާއެކު ސަސް އަށެވެ. މާޒިޔާ ތިންވަނައިގައި އޮތީ ހަތް ޕޮއިންޓާއެކު އެވެ.
އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ރޭ ސަސް އާއި ދަ ގްރާންޑޭ ކުޅުނު މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ސަސް އިން ގިނަވަގުތު މި މެޗުގައި ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފެއްދިއިރު މެޗުގެ 20 ވަނަ މިނެޓުގައި ސަސް އަށް ލީޑުނެގި ލަނޑު ކާމިޔާބުކޮށްދިނީ ސާލިފް ހުސެއިން އެވެ. މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން އަހުމަދު އައިހަމް މުހައްމަދު ދެވަނަ ލަނޑު ޖަހައިދިނެވެ.

މެޗުގައި ސަސްގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ އެ ޓީމުން ދެވަނަ ލަނޑު ޖެހިތާ ދެ މިނެޓުފަހުންނެވެ. މިއީ ވިޝާހު އަބްދުލްމަޖީދު ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ތިން ލަނޑުން ނިންމާލިއިރު ދެވަނަ ހާފުވެސް ސަސް ނިންމާލީ ތިން ލަނޑާއެކު އެވެ.

ދެވަނަ ހާފުގައި ސަސްގެ ހަތަރުވަނަ ލަނޑު ވިޝާހު ޖަހައިދިން އިރު ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝާޒް ހަބީބެވެ.އަދި މެޗުގެ 84 ވަނަ މިނެޓުގައި ސަސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުތާއު އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގައެވެ.