މާދަމާ ފެށުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލޭގެ ސޯޝަލް ސެންޓަރުގައެވެ. މި ސަރަހައްދުގެ ޖޫނިއާ އެތުލީޓުންނަށް ބާއްވާ އެންމެ ވާދަވެރި ޓޭބަލް ޓެނިސް މުބާރާތުގައި ރާއްޖެ، ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިއާ އަދި ޕާކިސްތާނުގެ އެތުލީޓުން ވާދަކުރާނެއެވެ.

"ސައުތު އޭޝިއާ ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވަން އަޅުގަނޑުމެންގެ އެތުލީޓުންނަކީ ގައުމު ތަމްސީލުކުރާ އެތުލީޓުންނަށް ވީތީ، އަދި އެ ކުޅުންތެރިންނަށް ހެޔޮ އެދުންތައް އަރިސް ކުރަން." ދިރާގުގެ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވިއެވެ.

މޯލްޑިވްސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސް އިބްރާހިމް ޝިއުރީ ވިދާޅުވީ ރާއްޖޭގެ ޓޭބަލް ޓެނިސް ކުރިއެރުވުމަށް ދިރާގުން ދޭ އެއްބާރުލުމާއި އަހަންމިއްޔަތުކަން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ޒުވާން ކުދިން ބާރުވެރި ކުރުވުމަކީ ދިރާގުގެ މައިގަނޑު އަމާޒު ކަމަށްވާތީ، ޒުވާނުން ކުރިއެރުވުމަށް ހިންގާ ތަފާތު ޕްރޮގްރާމްތަކަށް އެކުންފުނިން އެއްބާރުލުންދީ، ޒުވާނުންނަށް "މާދަމާ" ކުރިއަށް ދިއުމަށް އެކުންފުނިން ދަނީ އިތުރު ފުރުސަތުތައް ފަހިކޮށްދެމުންނެވެ.

ދިރާގުން ދަނީ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޒަރިއްޔާއިން މުޖުތަމައުތައް ހަރުދަނާ ކުރުމަށް ހިންގާ މަޝްރޫއުތަކަށް އެއްބާރުލުންދީ، އެކަމަށް ވަކާލާތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަސްލު

    ދިރާގު އެޕްލިކޭޝަންގެ މައްސަލަ ރަގަޅުކޮއްބަލަ... އޭގެއިން ކަސްޓަމަރ ސާވިސް އެޖެންޓަކާ ވާހަކަވެސް ދެއްކެނީކީނޫނޭ...