ސްރީ ލަންކާގެ ރޯޔަލް އިންސްޓިޓިއުޓް އޮފް ކޮލޮމްބޯ ގައި ކިޔަވަމުންދާ ރާއްޖޭގެ ދަރިވަރެއް ކަމަށްވާ ދީމާ އެސްކޫލްގެ ޓޭބަލް ޓެނިސް އިން ގިނަ ކާމިޔާބީ ތަކެއް ހޯދައިފިއެވެ.
އުމުރުން އެންމެ 10 އަހަރުގެ ދީމާ ވަނީ ސްރީ ލަންކާގައި އޭނާ ކިޔަވަމުންދާ ސްކޫލްގައި ޓޭބަލް ޓެނިސް އިން ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ދީމާ ހޯދާފައިވާ ކާމިޔާބީ ތަކަށް ބަލާއިރު އޭނާ ވަނީ ރޯޔަލް އިންސްޓިޓިއުޓް އޮފް ކޮލަމްބޯގެ ކަލާސް އެވޯޑް ހާސިލު ކޮށްފައެވެ.
މީގެ އިތުރުން ދީމާ ވަނީ 2017/16 ވަނަ އަހަރުގެ އެންމެ މޮޅު އަންހެން ކުޅިވަރުގެ ޝަހްސިއްޔަތުގެ މަގާމު ހޯދާފައެވެ. ހަމަ އެހެންމެ 2016/17 ވަނަ އަހަރުގެ ޓޭބަލް ޓެނިސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ދީމާ ވަނީ ހޯދާފައެވެ. ދީމާ ހޯދާފައިވާ ކާމިޔާބީތައް ފާހަނގަކޮށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ ވަނީ "ވަގުތު" އާއި ވާހަކަ ދައްކާފައެވެ.
"ދީމާ އަކީ ވަރަށް ހަގު ކުއްޖެއް، އެފަދަ އިންޓަނޭޝަނަލް ސްކޫލެއްގައި ރާއްޖޭގެ ދަރިވަރަކު ބޮޑު ކާމިޔާބީތައް ހޯދުމަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން އެކަން ފާހަގަކުރާ ކަމެއް. މިއީ ވަރަށް އުފާވެރިކަމެއް. ދީމާ ވަނީ އެންމެ މޮޅު އަންހެން ކުޅިވަރުގެ ޝަހުސިއްޔަތުގެ މަގާމު ހޯދާފައި. މިއީ ރާއްޖޭގެ ޓޭބަލް ޓެނިސް އަށް ލިބޭ ބޮޑު ފަހުރެއް" ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ، އިސްމާއިލް ޝުޖާއު ވިދާޅުވިއެވެ.
ދީމާ އަކީ ކުޅިވަރަށް ލޯބިކުރާ، ޓޭބަލް ޓެނިސް ކުޅޭ ހިތުން ކުޅޭ ކުއްޖެއް ކަމަށާއި އޭނާ އަކީ މިހާރުވެސް ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ދީމާ އަކީ މިހާރުވެސް ރާއްޖޭގެ ޓޭބަލް ޓެނިސް ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިއެއް. އެނާ އިންޓަނޭޝަނަލް ސްކޫލެއްގައި މިފަދަ ބޮޑު ކާމިޔާބީ ތައް ހޯދުމަކީ ރާއްޖޭގައި ކުޅޭ އެހެން ކުޅުންތެރިންނަށް ވެސް ލިބޭ އިތުރު ހިތްވަރަކަށް ވެގެން ދާނެ. ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ދީމާ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އުފާ ކުރަން" ޝުޖާ ވިދާޅުވިއެވެ.
ހަބަރު ލިޔުނު ހާޒިމަށް އެނގޭބާ ދަރިވަރެކޭ ބުނާއިރު އެއީ ކާކުކަން، އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ރަނަރަޕް، އެއީ ދިވެހިްނނަށް އެނގޭ މީހެއް ހާޒިމަށް އެއީ ކާކުކަން ނޭގުނަސް، ކުޅިވަރުގެ ކަންކަން ރަނގަޅަށް ހޯދާ ބަލާފަ ހަބަރެއް ލިޔޭ،