ރާއްޖޭގެ ވޮލީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެކުލަވާލި ޕޫލްގެ ދަށުން ހަ ކްލަބަކަށް 18 ބިދޭސީ ކުޅުންތެރިން ބަހާލައިފިއެވެ.

މިރޭ ކުރިޔަށްދިޔަ "ވީއޭއެމް ސީޒަން ޑްރާފްޓް" ގައި ގުރުނަގައިގެން ހަ ކްލަބަކަށް ބަހާލާފައިވަނީ މަޝްހޫރު ޕްރައިމް ވޮލީބޯލް ލީގުގައި ކުޅެފައިވާ އަދި މުޅި ސެންޓްރަލް އޭޝިއާގައިވެސް މަތީ ފަންތީގައި ވޮލީ ކުޅޭ 18 އިންޑިއާ ކުޅުންތެރިންނެވެ.

ކުޅުންތެރިން ބަހާލުމަށް ނެގި ގުރުގައި ފުރަތަމަ ކޮންމެ ޓީމަކަށްވެސް ޕޮޒިޝަން ސެލެކްޓް ކުރަން 15 ސިކުންތު ދިންއިރު، ކުޅުންތެރިޔާ ސެލެކްޓް ކުރަން 30 ސިކުންތު ވަނީ ދީފައެވެ. އަދި ކުޅުންތެރިން ސެލެކްޓްކުރަން ފެށީ ޓީމުތަކުގެ މެދުގައިވެސް ގުރެއް ލައިގެން، އެ ތަރުތީބަށެވެ.

ވީއޭއެމް ސީޒަން ޑްރާފްޓްގެ ތެރެއިން -- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިއީ ރާއްޖޭގެ ވޮލީގެ ހަޔާތުގައި މުޅިން އަލަށް ކޮށްފައިވާ ކަމެކެވެ. ރާއްޖޭގައި ފުރަތަމަ ކްލަބްތަކަށް ބިދޭސީ އެއް ކުޅުންތެރިން ލައިގެން ކުޅެން ފުރުސަތު ދީފައިވެއެވެ. އޭގެ ފަހުން ކްލަބްތަކުން ކުޅެމުން އައިސްފައިވަނީ ބިދޭސީ ދެ ކުޅުންތެރިން ހިމަނައިގެންނެވެ.

ނަމަވެސް، ވީއޭއެމް އިން މި ގެނައި ބަދަލާއެކު މި ފެށިގެންދާ ވޮލީ ސީޒަނުގައި ކޮންމެ ކްލަަބެއް ފަށާނީ ބިދޭސީ ތިން ކުޅުންތެރިން ހިމަނައިގެންނެވެ. މީގެ ސަބަބުން ވޮލީ ސީޒަން ފޯރިގަދަވެ، ރާއްޖޭގެ ކުޅުންތެރިންނަށްވެސް ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ވީއޭއެމް ސީޒަން ޑްރާފްޓްގެ ތެރެއިން -- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ޝަރަފުވެރި ކޮށްދެއްވިއިރު، ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން ވީއޭއެމްގެ އިސްވެރިންނާއި، ގައުމީ ޓީމުގެ ކުޅުންތެރިންނާއި، ކްލަބްތަކުގެ ކުޅުންތެރިންގެ އިތުރުން ވޮލީގެ އާއިލާގައި ހިމެނޭ ގިނަ ފަރާތްތައް މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޏަޖަނ

    އެކި ނަންނަމުގަ ތިހެން ގޭގާ ތިއްބާ ގޭންނެރެ ގެތަކުގައި ވަޒަންވެރި ކުރާނެ

  2. ސަހާ

    އިންޑިއާ ނޫނީ ނެތީތޯ ކުޅުންތެރިން ގެންނާނެ ގައުމެއް. އިންޑިއާ ނޫނީ ވޮލީ ކުޅޭ މޮޅެތި ކުޅުންތެރިން ނެތީތޯ؟ ސަރުކާރުން ހަދާފައިހުރި ވަގު އެއްބަސްވުން ތަކުގައި ހުރިހާ ކަމެއްގައި އިންޑިއާ ނޫން ގައުމަކުން ކަންކަން ކުރަން މަނާވީތޯ؟ ދިވެހިރާއްޖެ އަޅުވެތިވެ ނިމިއްޖެ. ދިވެހިންނޭ ހޭލާ. މި ރީދޫ ޚާއިނުންތައް ފައްސާ ޤައުމުންވެސް ބޭރުކުރޭ

  3. ކޮވިޑް

    މިހާރު އަހަރު ތަކެއް ވެއްޖެ ވޮލީ ޓީމުތަކުން ގިނަ ޔޫރަޕް ކުޅުން ތެރިން ގެނެސް ގެން ކުޅެމުންދާތާ. އަހަރެމެން އިންޑިއާ ދޫކޮށް ޔޫރަޕް ކުޅުން ތެރިން ގެންނަން ފެށީ އެހެން ލެވެލް އަކަށް ދާން . މިކަމުގެ ތެރެއަށް ވެސް ތިގެނެސް ވެއްދީ އިންޑިއާ. މީ ފުކެއް ބޮޑުވަރު. މިހާރު ތި ވީގޮތުން ކޯޓް މަތީގަ އަބަދުވެސް އިންޑިއާ ހަ ކުޅުން ތެރިން ދިވެހި ހަ ކުޅުން ތެރިން ތިބޭނެ. ހަމަ ހަމަ ކޮށްލީ މިކަމުގާ ވެސް. ސާބަސް ސަރުކާރަށް.