ޔުއެފާ ނޭޝަންސް ލީގުގައި އަމިއްލަ ދަނޑުގައި 1-4 ގެ ނަތީޖާއަކުން ނެދަލޭންޑްސް އަތުން ބެލްޖިއަމް ބަލިވެއްޖެއެވެ.

މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ބެލްޖިއަމް އިން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް، ނެދަލޭންޑްސް އިން ދިޔައީ ލިބޭ ފުރުސަތުތަކުގައި ބެލްޖިއަމްގެ ހާފަށް ބާރު ބޮޑު ކުރަމުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނެދަލޭންޑްސް އިންނެވެ. މި ލަނޑު 40 ވަނަ މިނެޓުގައި ފްރޭންކީ ޑިޔޮންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ސްޓީވެންއެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ބެލްޖިއަމްގެ މައްޗަށް ނެދަލޭންޑްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ނެދަލޭންޑްސް އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 51 ވަނަ މިނެޓުގައި ސްޓީވެންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މެންފިސް ޑިޕޭއެވެ. އަދި އޭގެ 10 މިނެޓު ފަހުން ޑެންޒެލް ޑަމްބްފްރައިސް ވަނީ ނެދަލޭންޑްސްގެ ތިން ވަނަ ލަނޑު ޖަހައިފައެވެ.

ނެދަލޭންޑްސްގެ ހަތަރު ވަނަ ލަނޑު 65 ވަނަ މިނެޓުގައި ޑިޕޭ ކާމިޔާބުކޮށްފައިވާއިރު، 77 ވަނަ މިނެޓުގައި ބެލްޖިއަމްއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. މި ޕެނަލްޓީ ކުރިޔަށް ފޮނުވާލީ ކަސްޓަގްނޭއެވެ. މެޗުގައި ބެލްޖިއަމްގެ ހަމައެކަނި ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ ބަޓްޝުއާއީއެވެ.

މި ނަތީޖާއާއެކު ނެދަލޭންޑްސް ވަނީ ނޭޝަންސް ލީގް އޭގެ ގްރޫޕް ހަތަރެއްގެ އެއްވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ބެލްޖިއަމް ފުލުގައި އޮތްއިރު، ދެވަަނައިގައި އޮތީ ޕޮލެންޑެވެ. އަދި ތިން ވަނައިގައި އޮތީ ވޭލްސްއެވެ.