އިނގިރޭސިވިލާތުގެ ބާމިންހަމްގައި މިހާރު ކުރިޔަށްދާ ކޮމަންވެލްތު ގޭމްސްގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ބަލިވެއްޖެއެވެ.

ގްރޫޕް ސްޓޭޖުގައި ޓީޓީ ޓީމު އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި މޮރިޝަސް އަތުން ބަލިވީ ވާދަވެރި ކުޅުމަކަށްފަހު ތިން ގޭމް ދެ ގޭމުންނެވެ.

މިގޮތުން ގޭމުގައި ފުރަތަމަ ކުޅުނު ޑަބަލްސް މެޗުން ސީދާ ތިން ސެޓުން ރާއްޖެ ވަނީ ބަލިވެފައެވެ. މި މެޗުގައި ރާއްޖެއިން ކުޅެން އެރީ ފާތިމަތު ޖުމާނާ ނިމާލް އަދި އައިޝަތު ރަފާ ނާޒިމްއެވެ. މެޗުގެ ސެޓްތައް މޮރިޝަސްގެ ނަންދޭޝްވަރީ ޖާލިމް އަދި ރުގައްޔާ ކިނޫ ގެންދިޔައީ 09-11، 05-11 އަދި 08-11 އިންނެވެ.

ދެވަނަ ގޭމުގައި ރާއްޖެއިން ކުޅުނު ސިންގަލްސްގައި ފާތިމަތު ދީމާ އަލީ ވަނީ މޮރިޝަސްގެ އޫމެހާނީ ހުސޭނަލީ އަތުން ތިން ސެޓް އެއް ސެޓުން ކާމިޔާބު ހޯދާފައެވެ. މެޗުގެ ފުރަތަމަ ސެޓް 05-11 އިން އޫމެހާނީ ގެންދިޔަ ނަމަވެސް، ޖެހިގެން އައި ތިން ސެޓް 08-11، 08-11 އަދި 05-11 އިން ދީމާ ވަނީ ގެންގޮސްފައެވެ.

ތިންވަނަ ގޭމުގައި ކުޅުނު ސިންގަލްސްގައި ރުގައްޔާ އަތުން ޖުމާނާ ވަނީ ސީދާ ތިން ސެޓުން ބަލިވެފައެވެ. ރުގައްޔާ ސެޓްތައް ގެންދިޔައީ 06-11. 02-11 އަދި 13-15 އިންނެވެ. ނަމަވެސް ހަތަރުވަނަ ގޭމުގައި ރާއްޖޭގެ ރަފާ ވަނީ ހުސޭނަލީ އަތުން ތިން ސެޓުން މޮޅުވެފައެވެ. ރަފާ ސެޓްތައް ގެންދިޔައީ 05-11، 06-11 އަދި 08-11 އިންނެވެ.

މިއާއެކު، މެޗުގެ ފޯރި އިތުރަށް ގަދަވެ ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓުގައި ދީމާ ބަލިވީ ނަންދޭޝްވަރީ އަތުން ތިން ސެޓް ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް 06-11 އިން ނަންދޭޝްވަރީ ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓް 05-11 އަދި 09-11 އިން ދީމާ ވަނީ ގެންގޮސްފައެވެ. ހަތަރުވަނަ ސެޓް އަދި ފަސް ވަނަ ސެޓް ނަންދޭޝްވަރީ ގެންދިޔައީ 08-11 އަދި 13-15 އިންނެވެ.

އިއްޔެ މެލޭޝިއާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗުން ބަލިވީ ސީދާ ތިން ގޭމުންނެވެ. ދީމާ އަދި ރަފާގެ ޑަބަލްސް ޕެއާ ފުރަތަމަ ގޭމުން ބަލިވީ ޔިންގް ހޯ އަދި ކަރެން ލީން އަތުން ސީދާ ތިން ސެޓުންނެވެ. އެއީ 03-11، 09-11 އަދި 05-11 އިންނެވެ.

ދެވަނަ ގޭމުގައި ސިންގަލްސް އިން ދީމާ އަރައި އެލީޝް ޝޭންގް އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ 01-11، 01-11 އަދި 08-11 އިންނެވެ. ތިންވަނަ ގޭމުން ސިންގަލްސް އިން ރަފާ އަރައި ކަރެން އަތުން ބަލިވީ ތިން ސެޓް އެއް ސެޓުންނެވެ. ފުރަތަމަ ސެޓް 07-11 އިން ކަރެން ގެންދިޔަ ނަމަވެސް ދެވަނަ ސެޓް 09-11 އިން ރަފާ ގެންދިޔައެވެ. ކަރެން ޖެހިގެން އައި ދެ ސެޓް ގެންދިޔައީ 04-11 އަދި 09-11 އިންނެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފަހު މެޗުން ބަލިވީ އޮސްޓްރޭލިއާ އަތުން ސީދާ ތިން ގޭމުންނެވެ. ޖުމާނާ އަދި ރަފާގެ ޑަބަލްސް އިން ފެށި މި މެޗުގެ ފުރަތަމަ ގޭމް އޮސްޓްރޭލިއާ އިން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ. އެއީ 4-11، 08-11 އަދި 08-11 އިންނެވެ.

ދެވަނަ ގޭމުގައި ކުޅުނު ސިންގަލްސްގައި ދީމާ އަރައި ބަލިވީ ސީދާ ތިން ސެޓުންނެވެ. އެއީ 02-11، 06-11 އަދި 03-11 އިންނެވެ. ތިންވަނަ ގޭމުގައި ކުޅުނު ސިންގަލްސްގައި ރަފާ ބަލިވީވެސް ތިން ސެޓުންނެވެ. އެއީ 06-11، 03-11 އަދި 05-11 އިންނެވެ.

މި ގްރޫޕްގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް އެއްވަނަ ހޯދީ އޮސްޓްރޭލިއާއެވެ. އަދި ދެވަނަ ދެ މެޗު ކާމިޔާބުކޮށް މެލޭޝިއާ ހޯދިއިރު، އެއް މެޗު ކާމިޔާބުކޮށް ތިންވަނަ ހޯދީ މޮރިޝަސްއެވެ. އަދި ގްރޫޕްގެ ފުލަށް ދިޔައީ ރާއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޣިރި

    ޚުޅިވަރުގައި އިންސާފެއްނެތުނީމާ ވާނީ ހަމަ ތިހެން ރައްޓެހިންނަށް ހުރިހާ ސަރަފެއް ހައްގުވާ މީހުންބާކީ
    ޚޮނަމެހެން މޮޅުވާކަށްނޫންދަނީކީ މަޖާކުރަން ކުރަންދަނީ

  2. ހުޅަނގޭ

    ތިކަން ނުވެގެނޭ ދަނީ އަރުވާ ޖަހާފަ، ދެން އައިސެލެ ސޮޕިން ކޮށްލައިން

  3. ކުޑަމުހައްމަދު ސާލިހް

    ގައުމު ދަރާވިކިފައިވާއިރުވެސް ކޮންމެކުޅިވަރަކަށް ހަރަދުކޮށްލަންޖެހޭނެ ރަގަޅު

  4. ޖަންގިޔަ ބޮންގ

    ދެން އަތް ޖަހަ