މަނާ ބޭސް ބޭނުންކުރިކަން ސާބިތުވެ، ހަތަރު އަހަރަށް ސަސްޕެންޑްކުރި ސްރީލަންކާގެ ދުވުންތެރިޔާ ހިމާޝާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ހަސަން ސާއިދުއާ ވާދަކޮށް ހޯދި ރަން މެޑަލް ސާއިދުއާ ހަވާލު ކުރުމަށް އަޑު އުފުލަން ފަށައިފިއެވެ.

ހިމާޝާގެ މައްޗަށް މަނާ ބޭހެއް ބޭނުންކުރިކަން ސާބިތުވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސްރީލަންކާ އާމީއަށް އޭނާ ދިން ޔޫރިން ސާމްޕަލްއަކުން މަނާ ބޭހެއްގެ ސަބްސްޓެންސެއް ފެނި، އެކަންތައް މި އަހަރުގެ ޖޫން މަހު އިތުރަށް ތަހުގީގު ކުރުމަށްފަހުއެވެ.

މިގޮތުން ސްރީލަންކާގެ ޑޯޕިން އެޖެންސީން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ގެ ނިޔަލަށް ފީލްޑްގެ ހުރިހާ ކުޅިވަރަކުން އަދި ކޯޗުންނާއެކު ތަމްރީން ހެދުން ހިމާޝާއަށް މަނާކޮށްފައެވެ.

މިއާއެކު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކެޓްރީ އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ، ސާއިދުއާއެކު 2016 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގެ ފައިނަލުގައި ދުވެ، ރަން މެޑަލް ހޯދި ހިމާޝާ އަތުން އެ މެޑަލް އަތުލަން ޖެހޭ ކަމަށާއި، އަދި ސައުތު އޭޝިއަން ގޭމްސްގައި 4 ގުނަ 100 މީޓަރު ދުވުމުން ބްރޯންޒް މެޑަލްވެސް ދޭން ޖެހޭނީ ރާއްޖެއަށް ކަމަށެވެ.

މިގޮތުން މިކަންތައް އޮލިމްޕިކް ކޮމިޓީން މައްސަލައެއްގެ ގޮތުގައި ހުށަހެޅުމަށްވެސް މަރޭ ވަނީ ގޮވާލާފައެވެ. އަދި އޭނާގެ އިތުރުން ގިނަ ބަޔަކު އަންނަނީ މިކަންތައް ހުށަހެޅުމަށް ގޮވާލަމުންނެވެ.

ހިމާޝާ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގަައި ސާއިދުއާ ވާދަކޮށް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ނަމަވެސް، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ސާއިދު ވަނީ ހިމާޝާގެ މައްޗަށް ކުރި ހޯދައި ރަން މެޑަލް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަރަފް

    ވަަދަކުރިއިރު ހުރީ ޓެސްޓުކޮށްފަތޯ އަދި ކޮށްފަހުރިނަމަ އެޓެސްޓުގެ ރިސަލްޓް ރަނގަޅުނަމަ ކްލޭމް ނުކުރެވޭނެ. ޓެސްޓުނުކުރާނަމަ އެބައޮތް ގްރައުންޑްސް ކްލޭމްކުރުކުގެ