ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ވަރުގަދަ ސްރީ ލަންކާ އިން ރާއްޖެ ބަލިކޮށް މުބާރާތުގެ ރަން މެޑަލް މިރޭ ދިފާއުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ލަންކާ އިން ކާމިޔާބު ކުރީ 72-59 ޕޮއިންޓުންނެވެ. މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދީ ލަންކާގެ އެކްލޭއެވެ. އޭނާ ވަނީ 21 ޕޮއިންޓް ހޯދައިފައެވެ.

މުބާރާތުގެ ނަތީޖާތަކަށް ބަލާ އިރު، ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ކުޑަ ތަފާތަކުން ނޭޕާލް ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ލަންކާ އިން ވަނީ ބޫޓާންގެ މައްޗަށް ފަސޭހަ ކަމާ އެކުގައި މޮޅުވެފައެވެ. ތިން ވަނަ މެޗުގައި ލަންކާ އިން ވަނީ ނޭޕާލް އަތުން ބަލިވެފައެވެ. އަދި މިއަދު ހަވީރު ކުޅުނު މެޗުގައި ބޫޓާން ވަނީ ނޭޕާލް އަތުން ބަލިވެފައެވެ.

ރާއްޖެ އާއި ލަންކާ ބައްދަލު ކުރި މެޗުގައި އިއްކޮ ބޯޅަ ހިފައިގެން ދަނީ.. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރާއްޖެއާ ދެކޮޅަށް ލަންކާ ކުޅުނު މެޗުގައި މެޗު ފަށައިގެން ލަންކާގެ ފަރާތުން ފެނިގެންދިޔައީ، ރޭ ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައި ފެނުނު ކުޅުމަށް ވުރެން ރަނގަޅު ކުޅުމެކެވެ. ލަންކާ ކުޅުންތެރިން ޖެހިޖެހިގެން ތިން މެޗު ކުޅެން ޖެހުމުން ވަރުބަލި ވާނެ ކަމަށް ބެލެވުނު ކަމުގައި ވިޔަސް، އެތަނެއް ނުފެނުނެވެ. އޭގެ ބަދަލުގައި ފެނިގެން ދިޔައީ ރާއްޖެ ކުޅުންތެރިންނަށް ނުކުޅެވިގެން އުޅުނު ތަނެވެ. އަދި ބައެއް ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެންނަމުން ދިޔައެވެ.

މެޗުގައި ލަންކާ ކުޅުންތެރިން ވަނީ ރާއްޖޭގެ މުހިންމު ތިން ކުޅުންތެރިން ކަމަށްވާ އައިމިނަތު އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އާއި ފާތިމަތު ރިޝްމާ (ރިޝްޓޯ) އަދި ޓީމުގެ ކެޕްޓަން، އައިމިނަތު ޝިއުރާ އަބްދުލް ބާރީ ވަނީ "ބަނދެލައިފަ"އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ތިން ކުޅުންތެރިންނަށް ވެސް މާ މޮޅު ކުޅުމެއް ނުދެއްކުނެވެ. މެޗުގައި ރާއްޖެ ޓީމުން ތަފާތު ދެއްކީ ޒުވާން ކުޅުންތެރިންނެވެ.

ރާއްޖެ އާއި ލަންކާ ބައްދަލު ކުރި މެޗު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ނޭޕާލް މެޗުގައި މޮޅު ކުޅުމެއް ދެއްކި، އިއްކޮގެ ފަރާތުން ވެސް މާ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި މި މެޗާ ކުރިމަތިލި އިރު، އިއްކޮ ހުރީ ވެސް އަނިޔާގައެވެ. ގިނަ ވަގުތު އޭނާ އިނީ ބެންޗުގައެވެ. ރާއްޖޭގެ ކޯޗު ސުޕުން ވިމާލް، ދޭތެރެ ދޭތެރެއިން އިއްކޮ ކުޅެން އެރި ނަމަވެސް ތަފާތު ދެއްކިފައެއް ނުވެއެވެ.

ލަންކާ އިން ފުރަތަމަ ކުއާޓަރު ނިންމާލީ 23-11 ޕޮއިންޓުން ކުރީގައި އޮވެގެންނެވެ. ލަންކާގެ ވަރުގަދަ ކުޅުން ފެނިގެން ދިޔައީ ދެވަނަ ކުއާޓާގައެވެ. ދެވަނަ ހާފަށް މެދުކަނޑާލި އިރު، ލަންކާއިން ލީޑް ކުރީ 24 ޕޮއިންޓްގެ ލީޑަކާއެކު 46-22 އިންނެވެ. އެކަމަކު، ތިން ވަނަ ކުއާޓާ ފެށިގެން ރާއްޖޭގެ ކުޅުންތެރިން ރަނގަޅު ކުރި ތަން ފެނުނެވެ.

ރާއްޖެ އާއި ލަންކާ ބައްދަލު ކުރި މެޗު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އެގޮތުން 16 ޕޮއިންޓަށް ސްކޯގެ ފަރަގު ކުޑަ ކުރިއެވެ. އެކަމަކު، އަނެއްކާ ވެސް ފެނުނީ ލަންކާ ކުޅުންތެރިން ލީޑް ފުޅާ ކުރަން ފެށި ތަނެވެ. އޭގެ ފަހުން، އާންމުކޮށް 20-26 ޕޮއިންޓްގެ ފަރަގެއް ދެ ޓީމުގެ ދެމެދުގައި އޮތެވެ. އެކަމަކު، ފަހު ކުއާޓާގައި ރާއްޖެ ޓީމުން ފަރަގު ކުޑަ ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެގޮތުން ދެ ޓީމުގެ ފަރަގު 12 ވަރަކަށް ޕޮއިންޓަށް ކުޑަ ކުރިތަން ފެނިގެން ދިޔައެވެ.

މި މެޗުގައި ރާއްޖޭގެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުމެއް ދެއްކީ އައިޝަތު އިނާޝާ އާއި ހައުމާ އުބައިދުﷲ (ހައު) އެވެ. ހައު ވަނީ ކުޅެން އަރާ ކައިރި ކައިރީގައި ތިން ޕޮއިންޓް އަޅައިގެން ޖުމްލަ ނުވަ ޕޮއިންޓް ރާއްޖެ އަށް ހޯދައި ދީފައެވެ.

ރާއްޖެ އާއި ލަންކާ ބައްދަލު ކުރި މެޗު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރާއްޖެ އިން މިފަހަރު އަމާޒު ހިފީ ރަން މެޑަލްއެއް ހޯދުމަށެވެ. އެކަމަކު، ރާއްޖެ އަށް ދެން ލިބެން އޮތީ ބްރޯންޒް މެޑަލްއެވެ. މާދަމާ ރޭ ބޫޓާން އާ ދެކޮޅަށް ކުޅޭ މެޗުން މޮޅު ވެގެން ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދޭނެއެވެ. މި މުބާރާތުގެ ރިހި މެޑަލް ހޯދާފައި ވަނީ ނޭޕާލެވެ.

ރާއްޖެ އިން ވަނީ 2016 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސާބާ މުބާރާތުގައި ލޯ މެޑަލް ހޯދައިފައެވެ. އަދި 2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ވެސް ރާއްޖޭން ލޯ މެޑަލް ހޯދިއެވެ. އެންމެ ފަހުން ބޭއްވި ސާބާ މުބާރާތުގެ ޗެމްޕިއަނުންނަކީ ވެސް ލަންކާއެވެ.

މުބާރާތުގައި ބާކީ އޮތީ މާދަމާރޭ ރާއްޖެ އާއި ބޫޓާން ކުޅޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހާލުފޮޅި

    ލޮލް…

  2. ފެނިއްޖެ؟

    އެހެންވެ ބުނީ މާކުރިއްސުރެ މޮޅެތިވާހަކަ ދައްކާ ރޮއެހޭރި ނުހަދާށޭ….

    11
  3. ރިސްތޮ

    ކިހިނެއް ތަ ލަންކާ ރަން މެޑަލް ލިބުނީ؟

    2
    1
  4. ނަސޭހަތް

    ލަދުން ބޯ ހްލާނޭޕާލް އަތުން މޮޅެވެވިގެން ހީވީ އެހެންކަމެއްހެން އަސްލު ފޮނިބޮޑީ ސައިޒު އޮޅެނީ

    9
    1
  5. އިސްޢާފް ސަލީމް

    މަޙްލޫފް ތިކުރާ ހިތްވަރަށް ސާބަސް! 4 އަހަރުތެރޭގައި ރާއްޖޭގެ ކުޅިވަރު ޓީމުތައް ވެލިކެއުންނޫންކަމެއް ނުކުރޭ! ބަޔަކު އަކުންބަކުންކުޅުނަސް ބައިވެރިވާތި!

  6. ޑެނީ

    މުބާރާތެއް ފެށުމުގެ ކުރިން ފޮނި ކަނޑާ ތިވަރު ޓީމެއް ނެތް މަށަށް ހީވިއޭ ތިހެން ކުރިން ވެސް ނޭޕާލް މެޗުން މޮޅުވީމަ ކުޅުންތެރިން ހީވީ ތަށި ލިބުނީ ހެން

  7. ހުވަދޫ އަލިބެއްޔާ

    އަލްޙަމްދުލިއްލާހް. ބޭކާރު ޚަރަދު ތަކުންނާއި ލަދުން ސަލާމަތް ވެއްޖެ..

  8. އިސްތިރި އަލިބެއްޔާ

    ކޮބާ ޝިއުރާ؟؟؟؟ ހިއްވަރު ނެރެން ޖެހުނު އިރު ތިއޮތީ ދެމިފަ..

  9. ޅ.ނޫރާނީއާގޭ

    ވަރައްއުފާވެއްޖެ ކޯޗެއްކުޅެވޭބައެއް

  10. މާރިޔާ

    ވަރައްއުފާ މަރުހަބާލަންކާ

  11. ލައިލާ

    މުބާރާތުގައި ބާކީ އޮތީ މާދަމާރޭ ރާއްޖެ އާއި ބޫޓާން ކުޅޭ މެޗެވެ.ހިތިނަތީޖާއަކައްއެދެނީ

  12. ސާބަހޭ ލަންކާ

    ވަރުގަދަ ސްރީ ލަންކާ އިން ރާއްޖެ ބަލިކޮށް މުބާރާތުގެ ރަން މެޑަލް މިރޭ ދިފާއުކޮށްފިއެވެ.

  13. ރަދީފު

    ރާއްޖޭގެ ޓީމުން ރަގަޅު ކުޅުމެއް ދެއްކި. ކުރީކޮޅުގަ ޓީމަށް ގެންނަންޖެހޭ ބަދަލުތަކެއް ނުގެނެވި ލަސްވީމާ ލަންކާ އަށް ލީޑެއްނެގުނީ. އެލީޑުގަގޮސް މޮޅުވީ. ލަންކާ ޓީމަކީ ވަޒީފާއެއްގެ ގޮތުގައި ހަމައެކަނި ކުޅޭ ޓީމެއް. ޕްރެކްޓިސް ކުރުމާއި ފިޓުވުމަށް މަސައްކަތް ކުރުމަކީ އެމީހުންގެ ވަޒީފާ. ރާއްޖޭގެ ޓީމުގެ ކުޅުންތެރިން އޮފީހަށް ދަމުން، ޢާއިލާގެ ކަންތައް ބަލަހައްޓަމުން، ދަރިންބަލަމުން، ދޭތެރެދޭތެރެއިން ވިހަމުން ގޮސް، މުބާރާތް ފަށަން ދެ މަހަށްވީމަ ޕްރެކްޓިސްކުރަންފެށިޔަސް ބުންވަރެއް ޖޯރެއް ނުލިބޭނެ. ކުޅިވަރެއްގަވިއްޔާ އެއް މުބާރާތެއް ނިމުނީމަ ހުއްޓުމެއްނެތި ޕްރެކްޓިސްކޮށް، ފިޒިކަލީ ފިޓުވާން މަސައްކަތް ކުރަންޖެހޭނެ. މުބާރާތަށް ދެ މަހަށްވީމަ ކުރާ މަސައްކތުގެ ނަތީޖާ އެވަރަށް ފެނުނުކަމަށްޓަކާ ޓީމާ، ކޯޗުންނަށް ކޮންގްރެޓްސް.

  14. ކަރުކެހޭ

    ރާއްޖެ ޓީމުވެސް ލަންކާ ކުޅުންތެރިން ލައިގެންތިބި ކަހަލަ ފަސޭހަ ހެދުމެއް ލަނިކޮށް ޕޮޓުކޮށްލަން ފަސޭހަވާނެ.ދެން ފަހަރަކުން ކޯޗު މިކަމަށް ވިސްނާނެކަމަށް ހީކުރަން.

    • މުރުތަލާ

      ދެން ފިރިހެން ޓީމު މޮޅުނުވަނީ ކިހިނެއް ވެގެންނޭ؟

  15. ޖުއްލާބު

    ސާބަހޭ ތިޔަ ކޮމެންޓަށް.. ވ ރަނގަޅު ވާހަކައެއް.. މިހާރު އެތިބަ ވަރައްވު ބޮޑަށް އޮރިޔާން ވިއްޔާ ފަސޭހަވާނެ ތިޔަ ބުނި ޕޮޓެއް ކުރަން.. ބިކިނީގަ ދެން މުބާރާތެއް.. އެވަރު އުނދަގުލިއްޔާ ޖެހިގެން އަންނަ މުބާރާތަކު އެވެސް ނުލާ.. ރަންފުޅާ ބުރުގާ އަޅައިގެން ކުޅުނަސް އެވަރަށް މަސައްކަތް ކުރެވިއްޖެއްޔާ ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ލިބޭނެ.. ބޮޑާވެ ކިބުރުވެރި ނުވާންވީ ހަމަ މެޗަކުން މޮޅުވާއިރަށް.. ގަދަބަސް ބުނެގެން ވާނެ މޮޅެއް ނޯންނާނެ.

  16. ހަބަރުބޭ

    ބޮލަށްބާރުކޮށް ބުރުގާއަޅާ މާ އިސްލާމްވަންތަކަންދައްކައިގެންތިބެ ، ހެލިފެލިވެ ދުވެ ބުރުއަޅާ ފުމެ ވެއްޓި ކުޅޭކުޅިވަރުތަކުން މަލެއް ނުފޮޅޭނެ! ދެން އަލުން މެޗަކުން މޮޅެއްލިބުމުން އެވަރެއްނެތިގެން ޓީމަށް ތަޢުރީފްކުރިކުރީނުންގޮސް ހިތިކަމަށް ފޮނިރަހަ އަންނަންދެން ބޮޑާކަން ވެރިވާނެ! ރާއްޖޭގެ ޓީމުތަކަށް އަޞްލު ވާ ދެގޮތް މި ބުނެދިނީ!

  17. ކިސް

    ނޭޕާލް އަތުން މޮޅުވުމުން މާބޮޑައް ފަހުރުވެރިވެވުނީ..އެހެންވެ ހީވީ ތަށުލިބުންހެން،،