ރާއްޖެއިން މިއަހަރުގެ ތެރޭގައި ބާއްވާ ބައިނަލްއަޤުވާމީ އަށް ވަނަ މުބާރާތް ކަމަށްވާ، މޯލްޑިވްސް ޓެނިސް ޗެލެންޖު އަންނަ ނޮވެމްބަރު މަހު 15 ގައި ފަށަން ނިންމައިފިއެވެ.

ރާއްޖޭގެ އިތުރުން ފަސް ގައުމެއް ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ ސްރީ ލަންކާ، ބަހްރެއިން، ތައިލެންޑް، އޮމާން އަދި މެލޭޝިޔާއެވެ.

މި މުބާރާތުގެ ކުރިން އާދީއްތަ ދުވަހު ޓެނިސް ކޯޓުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓެނިސް އެސޯސިއޭޝަންގެ ރައީސް ހަފީޒް ވިދާޅުވީ، ރާއްޖޭގެ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދީ ރަނގަޅު ފެންވަރުގެ މެޗުތަކެއް ކުޅެން ބަލާއިރު މި ފަދަ މުބާރާތެއް ވަރަށް މުހިންމު ކަމަށެވެ.

އެހެންކަމުން ވީހާވެސް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު އަމިއްލަ ގައުމުގައި ހޯދައިދީ މުސްތަގުބަލުގައި ރަނގަޅު ކާމިޔާބީ ހޯދަން މަގުފަހިކޮށްދިނުމަކީ މުބާރާތުގެ އެއް އަމާޒުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ ޓެނިސް ކުޅުންތެރިން ބޭރަށް ގޮސް ކުޅުމުގެ ބަދަލުގައި އެމީހުން ރާއްޖެ ގެނެސް ކުޅުނީމާ. މިތަނުގައި ލިބޭ ތަމްރީންތައް ރަނގަޅުވެފައި. މުސްތަގުބަލުގައި ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށްޓަކައި އެޅޭ ރަނގަޅު ބިންގަލެެއް ކަމަށް އަޅުގަނޑު ދެކެނީ." ހަފީޒް ވިދާޅުވި އެވެ.

ހަމައެހެންމެ، މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވިދާޅުވީ މިއީ ރާއްޖޭގެ ޓެނިސް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޓެނިސް ކުޅުންތެރިންނަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ސަބަބުން ފައިދާ ވަނީ ހަމައެކަނި ކުޅިވަރަށް ނޫން ކަމަށާއި، އެކަމަކު އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ފައިދާ ކުރާކަމަށެވެ.

ޖުމުލަ ހަ ޤައުމަކުން 50 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެއެވެ. އޭގެ ތެރޭގައި ޤައުމުތަކުގެ ޤައުމީ ރޭންކުގެ ކުރީގައި ހިމެނޭ ކުޅުންތެރިން ވެސް ވާދަކުރާނެއެވެ. މުބާރާތް ކުރިއަށް ދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުން ދަށް، 14 އަހަރުން އަށް އަދި ޖޫނިއާ އޯޕަންއެވެ.

މި މުބާރާތް ކުރިއަށްދާނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ 12 އަހަރުންދަށް 14 އަހަރުން ދަށް އަދި ޖޫނިއާ އޯޕަންއެވެ. މުބާރާތުުގެ އެއްވަނަ އަށްދާ ކުޅުންތެރިންނަށް 10800 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަރުކާރަށް އަދި ފިނޭސް މިނިސްޓަރަށް

    ދައުލަތުގެ ހަރަދު ކުޑަ ކުރަނީއޭ ކިޔައި ސިޔާސީ މަގާމު ގިނަވަނީ ފެނަކާގައިވެސް އަދި ފެނަކާގައިވެސް މެނޭޖަނުން ގިނަކަމުން ސިޓީއެއް ފޮނުވަންވެސް ޖެހެނީ ކާކަށް ތޯ ސުވާލު އުފެދޭ. އަދި ހަމަ އެޔާއި އެކު ޕްރިޒަން އަދި އެމްއެންޑީއެފް އަދި ޕޮލިހުންގެ ޕްރޮމޯޝަން ނުދެވެނީ ވެސް ފައިސާ ނެތިގެންނޯލަޔޯ... ވަރަށް މަޖާ ޖޯކެއް... މިނިސްޓަރ އިމްރާން އަދި ފިނޭސް މިނިސްޓަރ މިކަމަށް ވިސްނާލަށްވާ..