ޔުއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ނަސީބު ދެރަ ޓީމަކަށް އެތުލެޓިކޯ މެޑްރިޑް ވާނެ ކަމަށް އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.

އެތުލެޓިކޯ އިން ވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ކަޓާ ޔޫރޮޕާ ލީގު ކުޅެން ޖެހިފައެވެ. މިއީ މި ކުލަބުގެ ތާރީހުގައި 2009/10 ގެ ފަހުން ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުން ފަސް ޕޮއިންޓު ލިބުނު ފުރަތަމަ ފަހަރެވެ.

ރޭ އެފްސީ ޕޯޓީ އަތުން 1-2 ގެ ނަތީޖާއިން އެތުލެޓިކޯ ބަލިވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސިމިއޯނީ ވަނީ އެޓީމްގެ ނަސީބާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. ރޭގެ މެޗަށް ނިކުތް އިރުވެސް ކަޓާފައި އޮތް އެތުލެޓިކޯ އޮތީ ފަސް ޕޮއިންޓާއެކު މި ގުރޫޕްގެ ފުލުގައެވެ.

ސިމިއޯނީ ބުނީ އެތުލެޓިކޯއަށް މިހާތަނަށް ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކާ ފައިނަލާ ހަމައަށް ދަތުރު ކުރި އިރުވެސް މި މުބާރާތުގެ ތަށި ކާމިޔާބު ކުރެވިފައި ނުވާ ކަމަށެވެ.

"އެތުލެޓިކޯ އަކީ ޗެމްޕިއަންސް ލީގުގައި އެންމެ ނަސީބު ދެރަ ޓީމު. އަހަރެމެން މި އަހަރު މުބާރާތުން ކެޓީ އެންމެ ރަނގަޅު ޕާފޯމެންސް ނުދެއްކިގެން. މިއީ ހަގީގަތުގައި ޔޫރޮޕާ ލީގު ކުޅޭ ފެންވަރުގެ ޓީމެއް ނޫން،" ސިމިއޯނީ ބުންޏެވެ.

ރޭގެ މެޗާ ގުޅޭގޮތުން ސިމިއޯނީ ބުނީ އެތުލެޓިކޯއަށް ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެންމެ އެދެވޭ ގޮތުގައި އޭގެ ބޭނުން ހިފިފައި ނުވާ ކަމަށެވެ. އަދި އެތުލެޓިކޯ ފިޔަވައި މިއަހަރުގެ ޗެމްޕިއަންސް ލީގު ކުޅޭ ގިނަ ޓީމުތަކުގެ ކުޅުން ރަނގަޅު ކަމަށް ބުނެ ސިމިއޯނީ ވަނީ އެކުލަބުތަކަށް ތައުރީފް ކޮށްފައެވެ.

އެތުލެޓިކޯ ކެޓިއިރު އެޓީމަށް ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދިއުމަށް ބަޔާ ލެވަކޫސަން ކުޅުނު މެޗުގެ އެންމެ ފަހު ސިކުންތުގައި އެތުލެޓިކޯއަށް ޕެނަލްޓީއެއް ލިބުނެވެ. އެހެންނަމަވެސް މެޗުން މޮޅުވާން އެ ޓީމަށް އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީ ކަރާސްކޯ އަތުން ވަނީ ނާކާމިޔާބުވެފައެވެ.

އެތުލެޓިކޯ އިން ވަނީ މިހާތަނަށް ޖުމުލަ ތިން ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. ރެއާލް މެޑްރިޑާ އެތުލެޓިކޯ ކުޅުނު ފައިނަލް މެޗު އެޓީމުން ކާމިޔާބު ކުރީ ފަހު ވަގުތުގައި ގޯލު ޖަހާ އެއްވަރުކޮށް ޕެނަލްޓީގައި އެތުލެޓިކޯ ބަލިކޮށްގެންނެވެ. ތިން ފައިނަލު ކުޅުނު ނަމަވެސް އެތުލެޓިކޯއަށް މުބާރާތުގެ ތަށި ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެތުލެޓިކޯ އިން ވަނީ 1974 ވަނަ އަހަރާއި، 2014 އަދި 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އެންމެ ނަސީބުދެރަ ޓީމަކީ ޔުއެންޓަސް. 8 ނޫނީ 9 ފައިނަލުން ބަލިވި

  2. ފޮނިހުސައިނާ

    އެތްލެޓިކޯ މެޑްރިޑް ދިޔައީ ގުރޫޕު ފުލަށް. ދެން ކިހިނެތް ޔޫރޮޕާ ލީގުގައި ކުޅެންޖެހޭ ވާހަކައެއް؟ ޔޫރަޕާ ލީގުގައި ކުޅެނީ ކޮންމެ ގްރޫޕެއްގެވެސް 3 ވަނަ ޓީމް.