މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު ސްޕޭންގެ ބާސެލޯނާއަށް ވަޑައިގެން، ބާސެލޯނާގެ ސްޓޭޑިއަމަށް ކުރި ޒިޔާރަތުގައި ގަތް ހަދިޔާއެއް އެކުވެރިންގެ މެދުގައި ބަހާނެ ގޮތެއް ނޭނގިގެން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ޝުޖާ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އަކީ ބާސެލޯނާގެ ސަޕޯޓަރެއް ނޫން ކަމަށެވެ. ނަމަވެސް ވަރަށް ބައިވަރު ރައްޓެހިންނަކީ ބާސެލޯނާގެ ސަޕޯޓަރުން ކަމަށް ވާތީ ސްޕެއިންގެ ބާސެލޯނާއަށް އާދެވުނީތީ ގާތް އެކުވެެރި ރައްޓެހިންގެ ލޯބިވާ ކްލަބުގެ ދަނޑަށް ވަދެލާނަމޭ ހިތާ ބާސެލޯނާގެ ދަނޑަށް ވަނީ ކަމަށެވެ. އެއީ ރައްޓެހިންގެ ހައްޤުގައި ކަމަށް އޭނާ ލިޔުއްވާފައި ވެއެވެ.

ދަނޑާހިސާބަށް ދިޔައިރު ދަނޑުގެ ޕިޗް ކައިރިން ސިޑިބަރިއާއި ގާތުން ކައުންޓަރަކުން ސްވެނިއަރސް ވިއްކަމުން ދެއެވެ. ކައިރިވެލާ ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ވިއްކަމުން ދަނީ ރަހުމަތްތެރިންގެ ލޯބިވާ ދަނޑުން ނެގިފައިވާ އަސްލު ވިނަ އާއި އަސްލު ގޯލް ދާގަނޑުގެ ބައިބައެވެ. އެތާހުރި މީހާ ކައިރިން ސުވާލު ކޮށްލާފީމެވެ. މިއީ މެސީ ކުޅުނު އިރުގެ ދަނޑުގެ ވިނަތޯއާއި އެއިރުގެ ގޯލްގެ ދާގަނޑުގެ ބައެއްތޯއެވެ؟ އޭނާ ސީރިއެސްވެލާފައި ބުންޏެވެ. އާނއެކެވެ. ތިއީ މެސީ ކުޅުނު އިރުގެ ވިނަ އާއި އެއިރުގެ ގޯލްގެ ދާގަނޑުގެ ބައިބައި ކަމަށެވެ." ޝުޖާ ލިޔުއްވާފައި ވެއެވެ.

ޝުޖާ ވިދާޅުވީ ބާސެލޯނާއަށް ސަޕޯޓް ކުރާ ވަރަށް ގާތް ތިން ރަހުމަތްތެރިއެއްގެ ހަނދާންވެ ވައްތަރަކުން ތިނެއް ދޭށޭ ދެންނެވިން ކަމަށެވެ. ނަމަވެސް ވަރަށް ވެސް ދެރަ ކަމަށާއި އޭރު ބާކީ އޮތީ ވައްތަރަކުން އެއްޗެއް ކަމަށެވެ.

"މިހާރު މިއުޅެނީ މިއަށް ހަދާނެ ގޮތެއް ނޭގިގެންނެވެ. މަށަކީ ބާސާ ފޭނެއް ނޫން ނަމަވެސް ގާތް ހުރިހާ ރައްޓެހިން ނަކީ ބާސާގެ ފޭނުންކަމުން މިލިބުނު "މެސީ ކުޅުނު އިރުގެ ވިނަކޮޅާއި މެސީ އެގޯލަކަށް ލަނޑު ޖަހާފައިވާ ގޯލްގެ ދާގަނޑު" ގެ ސްވެނިއަރ އެހުރިހާ ފޭނުންގެ މެދުގައި ދެވޭނެ އެންމެ އިންސާފުވެރި ގޮތަކީ ކޮބާކަން ނުވިސްނިގެންނެވެ. ވީމާ،މަގޭ ފޭސްބުކް ރައްޓެހިން މިކަމަށް ހިޔާލެއް ދެއްވުން ކީއްތޯއެވެ؟" ޝުޖާ ލިޔުއްވާފައި ވެއެވެ.

ޝުޖާގެ އެދިވަޑައިގަތުމަށް ގިނަ ބަޔަކު ކޮމެންޓް ކޮށްފައި ވެއެވެ. އެކަކު ކޮމެންޓް ކުރި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ ޕީޕީއެމްގެ އޮފީހުގައި އެތަކެތި ބަހައްޓާ، ހުރިހާ ސަޕޯޓަރުންނަށް ވެސް އެތަކެތި ބަލާލުމުގެ "ނަސީބު" ހޯދައި ދިނުމެވެ.

ނަމަވެސް ކޮމެންޓް ކުރި ގިނަ މީހުން ވަނީ އެމީހުންނަށް އެހަދިޔާ ދިނުމަށް ޝުޖާގެ ކިބައިން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަވަށުމީހުން

    ދެން މީނަ ބާސާ ދިޔަކަމާއި ސްޓޭޑިއަމްއަށްވެސް ވަދުނުކަން އެންމެނަށް އަންގާލަން ކޮއްލިކަމެއްތީ..

    50
    8
  2. އަކްރަމް

    މެސީގެ ގުއިކޮޅެއް މަބޭނުމީ

    27
    8
    • ހެހެ

      .ތިނޫންގޮތަކައް ތިމަންނަ ބާސިލޯނާއައް ދިޔަކަން.ބުނިނަމަ.

  3. ޢަލީ

    ރައީސް ޔާމީނަށް ދޭންވީ ނުން.

    26
    12
  4. ކަދުރޭ

    އަހަރެން ދެކުނިން މީނަ ގުރާދޫ އައް ގޮސް އެތާ ދަޑުން ވިނަ ނޮޅަން އުޅެނިކޮއް. ބޯގޯސް. ތީނަ ހަދާފާނެ ކޮންމެ ފަދަ ދޮގެއްވެސް.

    16
    15
  5. ރަދީފުލް ކުމާރު

    ލާރިއޮތިއްޔާ މުޅިދުނިޔެއާ ދުނިޔޭން ބޭރުގާވެސް އެނބުރޭންވީ.

    22
    9
  6. ވިސްނާލުމަށް އެދެމޭ

    ރާއްޖޭގެ މިޔުޒިޔަމަށް ލާންވީ...

    12
    4
  7. ނިމުން

    އަދިވެސް ރައްޔަތުން ފެލާލާގެން މިމީހުން އަޗާތަޅަން.

    16
    8
  8. އިޝް

    ދެއްކުންތެރިކަމާއި ބޮޑާކަން

    22
    5
  9. ބާރަށު ބެއްޔަ ހުއްތު

    ތިބާ ތިޔައިސްރާފް ކުރާ ފައިސާ ފަގީރުންނައް ސަދަގާތް ކުރުން މާރަގަލު ތިޔަ ބޮޑާކަމާ ދެއްކުންތެރި. ކަމައް ވުރެ

  10. ނިޒާރުބެ

    ކޮންމެވެސް މީހަކަށް ކަމެއް އަންގާލަންއުޅޭހެން ހީވޭ

  11. ގަލަން

    ބޮޑައްހީވަނީ މީހުންގެސަމާލްކަންގެނެސް މަސްހޫރުވާން ކުރާކަމެއްގެ ގޮތުގަ. ރައްޓެހިންނައްހަދިޔާ ގެނެސް ދިނުން އެއީ އެކުވެރިކަން އިތުރައް ބަދަހިވާކަމެއް

    6
    2
  12. Anonymous
  13. ދެއްކުންތެރި

    ތިމާ މަޝްޙޫރުވާން ވެގެން ތުއި ދެއްކުން ވަރަށް ހަޑި. މީ އަނެއް ފިޓް ފާޒިލް ތަ؟

    1
    1