އެފްއޭއެމް 17 އަަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ކ.ގުރައިދޫ ސްކޫލް އަތުން ކަލާފާނު ސްކޫލް 2-1 އިން މޮޅުވި މެޗަށް ފަހު ގުރައިދޫ ޓީމުގެ ކުޅުންތެރިންނާއި ބެލެނިވެރިންނާއި އޮފިޝަލުން ރެފްރީ އަށް ހަމަލާދިން މައްސަލައިގައި އިންޓަ ސްކޫލް މުބާރާތުގައި ރަޖިސްޓްރީ ކުރި އެއްވެސް އޮފިޝަލަކަށް އަދި ކުޅުންތެރިން ވެސް ކުރިއަށް އޮތް އެއް އަހަރަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާވައި ހިންގާ ހުރިހާ މުބާރާތަކުން ސަސްޕެންޑްކޮށްފިއެވެ.

ގުރައިދޫ ޓީމުގައި ހިމެނޭ ތިން ކުޅުންތެރިއަކަށް ދެ އަހަރު ދުވަހަށް ސަސްޕެންޑް ކުރަން ވެސް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމާފައެވެ. އެއީ، ގުރައިދޫ ޓީމުގެ ހުސެއިން ރަޒީން، މޫސާ އައިލަމް އަދި ހަސަން ރަޒާން އެވެ.

އަދި އެފްއޭއެމް އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ގުރައިދޫ ސްކޫލް ބައިވެރިވާނަމަ 10 މެޗު ހަމަވަންދެން ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދައި ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން ބުނެފައިވަނީ ކުއާޓާ ފައިނަލްގެ އެ މެޗުގެ އޮފިޝަލުންނަށް ގުރައިދޫ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނާއި ސަޕޯޓަރުން ހަމަލާދީފައިވާކަން އެނގެން އެބައޮތް ކަމަށެވެ.

ގުރައިދޫ ޓީމުން މެޗުގެ ރެފްރީ އަށް ހަމަލާދޭން އުޅުނުއިރު ހަމަނުޖެހން ހިނގިޔަ ނުދީ ރެފްރީ އަށް ހިމާޔަތްދޭން މަސައްކަތް ކޮށްފައިވަނީ ގުރައިދޫ އަށް އުފަން، ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) އެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޟާނު

    ސުކޫލެއވީމަ ތިފިޔަވަޅުތިއެޅީ ޓީމުތަކަށް ތިހެން ހަދަންނުކެރެނީ ކީއވެތޯ

    12
    2
  2. Anonymous

    ރެފްރީ އަށް ހިމާޔަތްދޭން މަސައްކަތް ކޮށްފައިވަނީ ގުރައިދޫ އަށް އުފަން، ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް)

    އެކަކުނަމަވެސް އެބަހުރިތާ ހިމާޔަތުގައި! ތިވެސް ރެފްރީގެ ނަސީބު

    15
    1
  3. އަލީ ސުލްތާނު

    ގުަރައިދޫ ސަޕޯޓަރުން 5 އަހަރު ވަންދެން ދަނޑަށް ނުވައްދާގޮތަށްވެސް ހަދަންޖެހޭ. ސަޕޯޓަރުން ފުރަތަމަ ދަނޑަށް އަރާ ގޯސްހެދީ.

    12
    3
  4. އަކުބަރު

    ތިވަރުމާމަދުއަދިފަސްއަހަރު

    11
    1
  5. ޥާނުވާ

    ކޮބާތަ ގުރައިދޫ ޓީމުން ރެފުރީއަށް ހަމަލާ ދޭން ޖެހުނު ސަބަބަކީ. ބަލާ ބަލާ ބަލާ ވެސް މި މައްސަލަ ޙިނގަން މެދުވެރިވި ސަބަބެއް ނުފެނުނު. އަބަދުވެސް މި އޮންނަނީ ރެފްރީއަށް ހަމަލާ ދިންވާހަކަ. ކަމަކާ ނުލައި ހަމަލާއެއް ދޭނެހެން ހަމަ ހީނުވާތީ

    7
    5
    • ހުސެންދީ

      ހަމަލާ ދޭކަށް ނުޖެހޭ. ކޮންމެ ކަމެއް މާރާމަރީހިންގާގެން ތައްތާ ރޯކޮށްގެން ކުރާކަށް ނުޖެހޭނެދޯ. އެއީ އަންނި އާއި އެމް.ޑީ.ޕީން އުލޭގޮތެއް.

  6. ކަންމަތީ ހޮޓަލުން

    ކޯޓުތަކުގައިވެސް ކުރާހުކުމް ތަކުގައި ބުނާއަޑު އިވެނީ އަދުލުވެރިކަން ނެތޭ. މެޗްބަލަން ދިޔަ މާލޭސްކޫލުތަކުގެ ކުދިންވެސް ބުނަނީ އިންސާފުން ބޭރުންނޭ ކޯޗް ހުކުމް ކުރީ

    8
    5
  7. ޅައެތި

    ސާބަހޭ!! ތީ ކިޔެވުމަކީ!! ސްކޫލްތަކުން އުނގަންނައިދޭ ތޢުލީމަކީ!! ގައުމުގެ މުސްތަގުބަލް!! ބެލެނިވެރިންނާ ކުދިން ގުޅިގެން ކުރިޔަށް!!!

    11
    • ގުރައިދޫ

      ދަރިވަރުންވީމާ ކުރާ ކުށްތަކަށް އަދަބު ދެވެނީތާ ހަމަ. ގައިމު ސްކޫލްތަކުން އިންތިޒާމްކުރާ މުބާރާތެއްގައި ހިނގާދިޔަ ކަމަކަށްވިނަމަ އެއްކުއްޖަކަށް އެއްކަމެއްވެސް ނުކުރެވޭނެ. ވަގުތުން ޖެންޑާ މިނިސްޓްރީއާއި މިނިސްޓްރީއޮފް އެޑިއުކޭޝަންއާއި އަންގާނެ ކުދިންކުރި ކުށަށް އަދަބު ނުދެވޭނެއޭ. އޭގެ ބަދަލުގައި ޕްލޭން ހަދާށޭ. އަހަރެން މި ބުނަނީ ކުދިންނަށް އިސްލާހުވާންވެސް ނޫނީ އެކަމާއި ވިސްނާލަންވެސް ފުރުސަތުއޮންނާނީ ކުރިކުށަށް އަދަބުދީގެންނޭ. ކުދިން ކުރިކުށަށް ޒިއްމާވާން އެކުދިންނަށް ދަސްކޮށްދެވޭނީ އޭރުންނޭ. އާއެހެންޏާ، ބެލެނިވެރިއެއް މިނިސްޓްރީ އަށް ހަމަ ގުޅާލީ، ވަގުތުން މިނިސްޓްރީއާއި ޖެންޑާއިން އެ އެންގީ ކުދިންނަށް އަދަބު ނުދެވޭނެއޭ...

  8. ފާތުން

    ވަރަށް ރަނގަޅު ނިންމުމެއް! 👏👏👏

    8
    3
  9. ފަކްއޮފް

    މޮޅުވި މެޗެއް ނޫން މޮޅު ކޮށްދިން މެޗް

    6
    8
  10. ނަމޫނާ

    ނޫމާން އަކީ ނަމޫނާއެއް. ސެލިއުޓް

    8
    3
  11. އަލީ

    5 އަހަރަށް ސަސްޕެންޑް ކުރަން ފެނެ.

    11
    5
  12. ކުނިހަކުރު

    މޮޔައިންނޭ ޓީމުގަ ތިބީ ގުރައިދޫއަށް ފޮނުވާލަންވީ!

  13. އޖއ

    ބައްސާމް އެމްއެމްޕީއާރްސީން ނެގި ލާރިގަނޑުން ހެޔޮ ކަމެއް ކުރަންވީނު. ނިކަން ޞަދަޤާތް ކޮއްބަލަ ކެރެންޏާ..

  14. ޙުސެމްބެ

    1 އަހަރުވެސް މަދު އެހާ މުޑުދާރު އަމަލެއް ތިޔަހިންގީ ސީދާ މޮޔައިން

  15. އމ

    ކޮންމެ ބަޔަކު ކުރިޔަސް ކުށެއްވާނީ ކުށަކަށް1 ތިހުރިހާ ފިޔަވަޅެއް އެޅުމުގެ ކުރިން ރެފްރީގެ ޢަމަލުތައް ހުރިގޮތް ބަލަންޖެހޭ! ރެފްރީންގެ ނާތަހުޒީބު ޢަމަލުތަކުގެ ސަބަބުންވެސް މެޗްތަކުގެ އޮއިވަރު ބަދަލުވެ ހަމަނުޖެހުންތައް ހިނގާފައިހުރީ މަދެއް ކޮށެއްނޫން. ވަގުތު ނޫހަށް ޙައްޤު އޮންނަނީ ތޯ 18އަހަރުން ދަށުގެ ކުދިންގެ ވަނަވަރު މުޅި ސޯޝަލް މީޑިއާ ގައި ހާމަކުރަން؟ މާލެ އާ ރާއްޖެތެރޭ ތަފާތު ކުރުމުގެ ސަޤާފަތާ ގުޅިލާމެހިފައިވާ ކަންކަން!

    1
    1
  16. ހުސޭނު

    ސަންޕެންޝަންގެ މުއްދަތު ކުޑަ. މިކަމުގައި އުޅުނު ކުޅުންތެރިން އުމުރަށް ސަސްޕެންޑުކުރަންވީ

  17. ހުސޭނުބޭ

    މުބާރާތަކީ އެޑިއުކޭޝަން މިނިސްޓްރީ ހިއްސާއޮވެ އެ މިނިސްޓްރީގެ ފުރިހަމަ ކޮންޓްރޯގެ ދަށުން ހިނގި މުބާރާތެއް. ވީމާ ގުރާދޫ ޓީމާއެކު އެޑިއުކޭޝަން މިނިސްޓްރީވެސް ސަސްޕެންޑްކުރަން ޖެހޭނެ.

    3
    1
  18. ނަމޫނާ

    ގުރުއާން މުބާރާތް ކުލާސްރޫމަށް ބަދަލުކުރުމުގެ ނަތީއްޖާ

  19. ހަސަން

    ދެން މުބާރާތެއް އޮންނާނީވެސް 1 އަހަރުފަހުން.