ޓީމު ބަލިވުމަށްފަހު އަލުން އަރައިގަތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ.

އޭނާ މިހެން ބުނީ ޔޫރޮޕާ ލީގުގައި ރޭ ޔުނައިޓެޑް އަތުން ބެޓިސް 4-1އިން ބަލިވުމުންނެވެ.

ޓެން ހާގް ބުނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ޕްރެމިއާ ލީގުގައި ލިވަޕޫލް އަތުން 7-0އިން ބަލިވުމުން މި މެޗަށް ކުޅުންތެރިން ވަރަށް ރަނގަޅަށް ތައްޔާރުވި ކަމަށެވެ. އަދި އެކަމުގެ ހޮޔެ އަސަރު މެޗުން ފެނިގެންދިޔަ ކަމަށާއި ކުޅުން ވަރަށް ފުރިހަމަ ކަމަށެވެ.

“ވަރަށް ރަނގަޅު މެޗެއް އަހަރުމެން މި ނިންމާލީ. ވަރަށް ރަނގަޅު ރީތި ގޯލުތަކެއް އަހަރުމެން ޖެހީ. ޓީމެއް ބަލިވުމަށްފަހު އަލުން އަރައިގަތުމަކީ ވަރަށް އުފާވާ ކަމެއް. މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން އެކަން ފެނިގެންދިޔަ. މިއީ ބޮޑު ބައްޔަކަށްފަހު އަހަރުމެން އަރައިގަތް ފުރަތަމަ ފަހަރެއްނޫން. މިހެންވެ މި ނަތީޖާގެ ޝުކުރު ހައްގުވަނީ ކުޅުންތެރިންނަށް” ޓެން ހާގް ބުންޏެވެ.

މެޗުގައި ޔުނައިޓެޑުން ޖެހި ފަހު ތިން ލަނޑު ޖެހީ ފަހުހާފުގަ އެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ ހަ ވަނަ މިނެޓުގައި ޔުނައިޓެޑްގެ މާކަސް ރަޝްފޯޑެވެ. އެކަމަކު، މެޗުގެ 32 ވަނަ މިނިޓްގައި ބެޓިސް އަށް ކުޅޭ އަޔޯޒީ ޕެރޭޒް ވަނީ އެ ޓީމަށް ހަމަހަމަކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ބެޓިސް އަށް ލީޑުނަގައިދޭން އަޔޯޒީ ޕެރޭޒަށް ލިބުނު ފުރުސަތުގައި ކުރި އެޓޭކުގައި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ޔުނައިޓެޑަށް މެޗުގެ 52 ވަނަ މިނިޓްގައި އެންޓޮނީ ޔުނައިޓެޑަށް ލީޑުނަގައިދިނީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުންނެވެ. އަދި ބުރޫނޯ ފެނާންޑޭޒް އާއި ވެގްހޯސްޓް ނަތީޖާ ފުޅާކޮށްދިނެވެ.