ޅ.އޮޅުވެލިފުށީގައި ބާއްވާ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "ކޮޕަރ ރޭމެންސް 2023" ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކާފަ ޓީމުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު މޮނާކީއާއި ދެކޮޅަށް ކުޅުނު މި މެޗު ކާފަ ޓީމުން ކާމިޔާބުކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ. މި އާއި އެކު ކާފަ ޓީމުން މިވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.

ދެޓީމުގެ ފަރާތުން ފޯރި ގަދަ ކުޅުމެށް ފެނިގެން ދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެށް އުފައްދާފައެވެ. ފުރަތަމަ ހާފުގައި ކާފަ ޓީމުގެ ފަރާތުން ގިނަ ހަމަލާތަށް ފެނިގެން ދިޔަ އިރު، ދެވަނަ ހާފުގައި ހާފުގައި މޮނާކީއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.

ގިނަ ހަމަލާތަކެށް ގޯލަށް އަމާޒު ކުރަމުން ދިޔަ ކާފަ ޓީމުން ޖެހި ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދީފައި ވަނީ އިމްރާން މުހައްމަދުއެވެ. އިމްރާންގެ ފަރާތުން މެޗުގައި ރަނގަޅު ކުޅުމެށް ފެނިގެން ދިޔައިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައި ވަނީ އޭނާއެވެ.

އޮޅުވެލިފުށި "ގޯލްސް" ޖަމިއްޔާ އިން އިންތިޒާމުކޮށްގެން 2010 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މިހާތަނަށް ވަނީ ޖުމުލަ އަށް ފަހަރު ބާއްވާފައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000ރ. އަދި ރަނަރަޕް ޓީމަށް 10،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެއާ ޕްލޭ ޓީމަށް 5،000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި ޓީމް އޮފް ދި ޓޯނަމެންޓުވެސް ހޮވާނެއެވެ. މި މުބާރާތުގެ ޗެމްޕިއަން، ރަނަރަޕް އަދި ފެއާޕުލޭ ޓީމަށް ދޭ ފައިސާގެ އިނާމަކީ އޮޅުވެލިފުށި ދާއިރާގެ މަޖިލިސް މެމްބަރ އަބްދުލް ގަނީ އަބްދުލް ހަކީމް ދެއްވާ އިނާމެވެ.