ވޯލްޑް ކަޕްގެ ސީނިއާ އަންހެން މުބާރާތުގައި ފުރަތަމަ ފަހަރަށް ކުޅުންތެރިޔަކު ބުރުގާ އަޅައިގެން ކުޅާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެގޮތުން ފުރަތަމަ ފަހަރަށް ބުރުގާ އަޅައިގެން ކުޅެނީ މޮރޮކޯގެ ޑިފެންޑަރު ނުހައިލާ ބެންޒީނާއެވެ. އޮސްޓްރޭލިއާގެ މެލްބަންގައި އޮންނަ މެޗުގައި އޭނާ ކުޅޭނީ ޖަރުމަނުވިލާތާ ދެކޮޅަށެވެ.

ނުހައިލާއަކީ މޮރޮކޯގެ ސްޕޯޓްސް އޮފް ފޯސާސް އާމްޑް ރޯޔަލްއަށް ކުޅެމުންދާ ކުޅުންތެރި އެކެވެ. އެ ޓީމަކީ މޮރޮކޯގެ އަންހެނުންގެ ފުޓްބޯޅަ ލީގުގެ ޗެޕްމިއަންކަން އަށް ފަހަރު ހޯދާފައިވާ ޓީމެކެވެ.

ބުރުގާ އަޅައިގެން ވޯލްޑް ކަޕްގައި ކުޅޭތީ މުސްލިމް ވުމަން އިން ސްޕޯޓްސް ނެޓްވޯކުން ވަނީ މަރުހަބާ ކިޔައިފައެވެ.

"އަންހެން ކުދިންނަށް ދެން ބުނެވޭނެ ނުހައިލާހެން ބުރުގާ އަޅައިގެން އެ ކުދިންނަށްނަށް ވެސް ކުޅެވޭނެއޭ" މުސްލިމް ވުމަން އިން ސްޕޯޓްސް ނެޓްވޯކުގެ ފައުންޑާ އަސްމާ ހިލާލް ވިދާޅުވިއެވެ.

ނުހައިލާ މޮރޮކޯއަށް ކުޅޭ އިރު ނިމިގެން ފިރިހެނުންގެ ވޯލްޑް ކަޕްގައި މޮރޮކޯ ވަނީ ބޮޑު ކާމިޔާބެއް ހޯދައި ގިނަ ބަޔަކު ސިއްސުވާލައިފައެވެ.

މީގެ ކުރިން އަންހެނުން ބުރުގާ އަޅައިގެން ބައިނަލްއަގުވާމީ މެޗުތަކުގައި ކުޅުމުގައި ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް ފީފާއިން ވަނީ އެކަމަށް ހުއްދަ ދީފައެވެ.

ފްރާންސް ފަދަ ގައުމުތަކުގައި އަދިވެސް ބުރުގާ އަޅައިގެން ނުކުޅެވޭތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. ފްރާންސްއަކީ އާންމު ތަންތަނުގައި ބުރުގާ އެޅުމާ ވަރަށް ދެކޮޅު ގައުމެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަމިއްޔާ

    އޭނާ ބުރުގާ އެޅީ ދީނީގޮތުން ނިވާކުރަންޖެހޭ އުސޫލަކުން ނޫން! ފަޔާ ފަލަމަސްގަނޑާ މޭމަތީގެ ބައްޓަން ހާމައަށް އެނގެން އޮންނައިރު އިސްތަށި އެކަނި ނިވާކުރީމާ ބޮޑު ޖޯކަކަށް ވަނީ!

    • Anonymous

      ބުރުގާ އަޅާ މީހުން ބުރުގާ އަޅަނީ ނިވާކުރަންޖެހޭ އުސޫޫލުންތޯ. ހާއްސަކޮށް ދިވެހިން.

  2. ރަން ރީނދޫ

    ކުރިއެރުމެއް.