އިނގިރޭސި ޕްރިމިޔަރ ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާއި އާސެނަލް ބައްދަލު ކުރި މެޗު އާސެނަލް އިން ކާމިޔާބުކޮށްފިއެވެ.

އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކޮށްފައި ވަނީ 0-1ގެ ނަތީޖާއަކުންނެވެ. ނިމިދިޔަ ސީޒަންގެ ދެވަނަ ކުލަބުގެ ގޮތުގައި ލީގު ނިންމާލި އާސެނަލުން ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗު ފަށައިގެން އާސެނަލުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. ނަމަވެސް ސިޓީއިން ވެސް ގޯލު ޖެހުމަށް ގިނަ މަސައްކަތް ތަކެއް ކުރިއެވެ. އެހެން ނަމަވެސް، ސިޓީގެ މެދުތެރެ ފޫއަޅުވާލުމަށް އާސެނަލަށް މާ ބޮޑު އުނދަގޫއަކަށް ނުވިއެވެ. އާސެނަލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ސިޓީއިން ވަނީ މުޅި މެޗުގައި 521 ޕާސް ފުރިހަމަ ކޮށްފައެވެ. އާސެނަލުން 497 ޕާސް ފުރި ހަމަ ކުރި އިރު، މުޅި މެޗުގައި ޖުމުލަ 12 ހަމަލާ ވަނީ ގޯލަށް ފޮނުވާލާފައެވެ. އެހެން ނަމަވެސް ގޯލާއި އަމާޒުވެފައި ވަނީ ދެހަމަލާއެވެ.

ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެށް ކާމިޔާބު ނުކުރެވުނުއިރު، ދެވަނަ ހާފު ފަށައިގެން ދެޓީމުންވެސް ވަނީ ގިނަ ބަދަލު ތަކެއް ޓީމައް ގެނެއްސައެވެ. އާސެނަލުން ކުރި ސުޕަރ ސަބްގެ ގޮތުގައި ގިނަ މީހުން ގަބޫލު ކުރަނީ އެޓީމުގެ ހަމައެކަނި ގޯލު ޖަހާދިން ގެބްރިއަލް މާޓީނެލީއެވެ. މެޗުގެ 46 ވަނަ މިނެޓުގައި ކުޅުމާއި ނިކުމެ އޭނާ ވަނީ މޮޅު ކުޅުމެއް ދައްކަ ދީފައެވެ،

މެޗުގައި އާސެނަލުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި މާޓިނެލީގެ ފަރާތުން ފެނިގެން ދިޔައިރު، މެޗުގެ 75 ވަނަ މިނެޓުގައި ކުޅުމާއި ގުޅުނު ކައި ހަވާޓްޒް ވަނީ އެސިސްޓް ކޮށްދީފައެވެ. މެޗުގައި އާސެނަލުން ޖުމުލަ ހަތަރު ބަދަލު ފެނިގެން ދިޔައިރު، ސިޓީއިން ފެނިގެން ދިޔައީ ތިން ބަދަލެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލެއްގިކޮމިޝަނަރގެ ބަފާ

    ހެހެހެހެހެ. އިނގިރޭސިވިލާތުގެ ކުޑަ ކްލަބަކުން ބޮޑު ކްލަބެއް ކަމުގައިވާ ސިޓީ ބަލިކޮށްފި.މަރުހަބާ އާސެނަލް.

    3
    5