ފީފާ ވޯލްޑް ކަޕް 2022 ގެ ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި ޓިއުނީޝިޔާ އިން ރަނގަޅު ސްކޮޑަކާއެކު އޮތް ޑެންމާކަށް ގޯލެއް ޖެހިޔަ ނުދީ ހިފަހައްޓައިފިއެވެ.

ޑެންމާކަކީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކާ ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރޭ ޓީމެކެވެ. އެގޮތުން އެ ޓީމު މި އަހަރުގެ ވޯލްޑްކަޕުން ޖާގަ ހޯދީ ވޯލްޑަޕް ކޮލިފިކޭޝަންގެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއިންނެވެ. މި މެޗު ފަށައިގެން ދެ ޓީމުން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ޓިއުނީޝިއާ އިން ފުރަތަމަ ހާފުގެ 15 މިނެޓު ތެރޭ ޑެންމާކް ކޮޅަށް ނުރައްކާތެރި ހަމަލާ ފޮނުވާލި ނަމަވެސް ޑެންމާކްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ޓިއުނޭޝިޔާ އިން ފުރަތަމަ ގޯލު ޖެހި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ. މުޅިން ހުސްކޮށް ހުރެ ޖެބާލީ އޭރިއާ ތެރެއަށް ވަދެފައި ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަން ނަމަވެސް، ރެފްރީ ނިންމީ އޭނާއަށް ބޯޅަ ލިބުނުއިރު ހުރީ އޮފްސައިޑުގައި ކަމަށެވެ. ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޓިއުނޭޝިޔާ އިން ނުރައްކާ ހަމަލާއެއް ފޮނުވާލިއެވެ. ނަމަވެސް ހަނި އޭންގަލް އަކުން ލައިޑޫނީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ބޭރު ދާގަނޑަށެވެ. ފުަރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ލީޑުނަގަން ޓިއުނީޝިއާ އަށް ރަނުގެ ފުރުސަތެއް ލިބުނެެވެ. މުޅިން ހުސްކޮށް އޭރިއާ ތެރެއަށް ވަދެ ހުރެ ޖެބާލީ، ޑެންމާކުގެ ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތްކުރި ބޯޅައަށް ކީޕަރު ޝްމައިކަލް ވަނީ ހުރަސް އަޅައި، ކޯނަރަކަށް ބޭރު ކޮށްލާފައެވެ.

ފުރަތަމަ ހާފު ނިމުން އިރު ޓިއުނީޝިޔާ އިން ޖުމުލަ އަށް ހަމަލާ ފޮނުވާލި އިރު، ޑެންމާކު ޓީމުން ކައުންޓާ އެޓޭކް ހަދައިގެން ދެ ހަމަލާ އެއް ވަނީ ގޯލާ އަމާޒުކޮށް ފޮނުވާލައިފައެވެ. ދެވަނަ ހާފުގައި ޑެންމާކް ޕްރެޝަރުގައި އޮތްއިރު ޓިއުނޭޝިޔާ އިން އޭގެ ފައިދާ ނަގާ ގިނަ ޕާސްތަކެއް ޖަހާ ހަމަޖެހިލައިގެން ކުޅެން ފެށިއެވެ. ދެވަނަ ހާފުގެ 55 މިނެޓުގައި ކައުންޓަރ އެޓޭކެއްގައި ޑެންމާކުން ޓިއުނީޝިއާގެ ގޯލަށް ނުރައްކުރިއެވެ. ފުލުފުލުގައި ތިން ހަމަލާ ފޮނުވާލައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ. މި ހާފުގައި ދެ ޓީމުން ވެސް މެޗު ނިމުން އިރު އައީ ހަމަހަމަ ކުޅުމެއް ކުޅެމުންނެވެ.

މިއީ ފީފާ ވޯލްޑް ކަޕުގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ. އަދި ތާރީޚުގައި މި ދެޓީމުގެ ދެވަނަ ކުރިމަތިލުމެވެ. މީގެކުރިން މި ދެޓީމު ބައްދަލުކޮށްފައިވަނީ މީގެ 20 އަހަރު ކުރިންނެވެ. އެއީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ކަމަށްވާއިރު އެ މެޗުން 1-2 އިން މޮޅުވީ ޑެންމާކެވެ.

ޑެންމާކަށް ބަލާއިރު، މިއީ އެޓީމުގެ 16 ވަނަ ވޯލްޑް ކަޕެވެ. އަދި ޓިއުނީޝިއާގެ ހަވަނަ ވޯލްޑް ކަޕެވެ.

ޑެންކާމު ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ގަދަ 16 އަށް ކްރޮއޭޝިއާއާއި ދެކޮޅަށް ޕެނަލްޓީ ޖަހައިގެން ގޮސްފައެވެ. އަދި 1998 ވަނަ އަހަރު ވަނީ ކުއާޓަރ އަށް ވެސް ދަތުރު ކޮށްފައެވެ. ކުއާޓަރގައި ޑެންމާކު ބަލިވެފައިވަނީ ބްރެޒިލް އަތުން 3-2 ގެ ނަތީޖާއަކުންނެވެ.

ޓިއުނީޝިއާއަށް ބަލާއިރު، މި ޓީމަކީ މީގެ ކުރިން ވާދަ ކުރި މެޗުތަކުން ގްރޫޕް ސްޓޭޖް ފަހަނަ އަޅާ ދެވިފައެއް ނުވެއެވެ. އެޓީމުން 15 މެޗު ކުޅެފައިވާއިރު، 2 މެޗުން މޮޅުވެ، ހަތަރު މެޗުން އެއްވަރު އަދި ނުވަ މެޗުން ވަނީ ބަލިވެފައެވެ.