ސްޕެއިންގެ ގަދަބާރު ބާސެލޯނާ އެފްސީއާ ދެކޮޅަށް ކޮރަޕްޝަންގެ ދައުވާ އުފުލައިފިއެވެ.

ބާސެލޯނާގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާފައިވަނީ މީގެ ކުރިން ސްޕެއިންގެ ރެފްރީ ކޮމެޓީގެ ނައިބު ރައީސް ޖޯސް މާރިއާ އެންރިކުއޭޒް ނެގްރެއިރާ އަށް ދިން ހިޔާނާތުގެ ފައިސާގެ މައްސަލައިގައެވެ.

އެކަން ފެންމަތިވެފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން ރިޕޯޓްތަކުން ބުނާ ގޮތުގައި ނެގްރެއިރާގެ އިތުރުން އޭނާގެ ކުންފުންޏަކަށް ބާސެލޯއިން ވަނީ ޖުމްލަ 8.4 މިލިއަން ޔޫރޯ 2001 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ދީފައެވެ.

ބާސެލޯނާގެ ކޯޓުން އިއްޔެ ބުނެފައިވަނީ އެކްލަބްގައި ކުރިން ތިބި އޮފިޝަލުންނާއި ނެގްރެއިރާއާއި ދެމެދު ކުރެވެން ނުޖެހޭ މުއާމަލާތްތައް ހިންގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ ކަމަށެވެ.

ލަލީގާގެ ޗީފް އެގްޒެކެޓިވް ޖަވިއާ ޓެބަސް މިދިޔަ މަހު ބުނެފައިވަނީ އެޓީމުން އެ މުއްދަތުގައި ދައްކާފައިވާ ފައިސާގެ އަސްލު ނުވަތަ އެއީ ކިހިނެތް ހިނގާފައިވާ ކަމެއްކަން ބުނެ ނުދެއްވިއްޖެނަމަ ބާސެލޯނާގެ މިހާރުގެ ރައީސް ޖޯން ލަޕޯޓާ އިސްތިއުފާ ދޭން ޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮނީ ޑެޕްތު

    ބާސަ މެޗުތަކުން މޮޅުވަނީ މިހެވެތާ! 2018 ގެ ފަހުން ބާސަ އެހައި ދައަކޮށް ޗެމްޕިއަންސް ލީގަށް ކޮލިފައިވެސް ނުވެ މި ދިޔައީ ރެފްރީންނަށް ހަދިޔާ ނުދޭތީ ދޯ!