މި އަހަރުގެ ފުރަތަމަ 41 ދުވަސް ތެރޭގައި ޗައިނާއިން އެކަނި ރާއްޖެއަށް 35،000 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މިއަދު އާއްމުކޮށްފައިވާ އަހަރުގެ ފުރަތަމަ 41 ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ. އެގޮތުން ފެބްރުއަރީ 10 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެއަށް 35،654 ފަތުރުވެރިން އައިސްފައި ވެއެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތް އިޓަލީން ރާއްޖެއަށް 26،259 ފަތުރުވެރިން އައިސްފައިވާއިރު، ލިސްޓުގެ ތިން ވަނައިގައި އޮތް ރަޝިޔާއިން ރާއްޖެއަށް 25،838 ފަތުރުވެރިން އައިސްފައި ވެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 269،588 ފަތުރުވެރިން އައިސްފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ކިޔާއިރު 16.4 އިންސަައްތައިގެ ކުރިއެރުމެކެވެ.

މިހާރު ރާއްޖެއަށް އެވްރޭޖް ގޮތެއްގައި ދުވާލަކަށް 6،500 އަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު، ދުވާލެއްގެ މައްޗަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އަންނަން ވަނީ ފަށައިފައެވެ. މިގޮތުން އިއްޔެ 10،213 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައިވެސް އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އަދަދަކަށް ފަތުރުވެރިން އައި ދުވަހެވެ.

ރާއްޖޭގައި މިހާރު 180 ރިސޯޓެއް އޮަޕަރޭޝަނަށް ވަނީ ގެނެސްފައެވެ. އަދި 15 ހޯޓަލަކާއި، 816 ގެސްޓްހައުސްއެއް އޮޕަރޭޝަނަށް ގެނެސް ހިންގަމުން ދެއެވެ.

މި އަހަަރު ރާއްޖެއަށް ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒުހިފާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އިބުރޭ

    އިންޑިޔާއިން ރާއްޖެ ބޮއިކޮޓް ކުރަން ގޮވިގޮވުން މިވީ ރަނގަޅަކަށްހެން ހީވަނީ. މިހާރު އިންޑިޔާއަށްވެސް ފެންނާނެ ރ.މުއިއްޒު މީ އެމީހުންނަށް ބޭނުން ގޮތެއް ހެދޭނެ މީހެއް ނޫންކަން. ކިތަންމެ ބިރެއް ދެއްކިޔަސް، މާތް ރަސްކަނލާންގެ އިރާދަފުޅާއިއެކު ރ.މުއިއްޒު އާއި އެކު ރާއްޖެ ދާނީ ހަމަ ކުރިޔަށް.

    30
    1
    • އަސް

      ޗައިނީސް ނިއުއިޔަރ ފެށުނީ އެއްޔެ. އެއީ އެހާ ގިނަވެގެން އެއުޅޭ ސަބަބަކީ

      5
      4
  2. އަހްމަދު

    ޗައިނީސް ނިއުޔިގެ ސަބަބުން ޗައިނާ މީހުން ގިނަވެގެން އުޅެނީ!