ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ގަނެފައިވާ އޭޓީއާރް-42-600ގެ އިތުރު ދެ ފްލައިޓް ރާއްޖެ ގެނައުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އޭޓީއާރް އާއެކު އެސްޖީ އެއާ ޝޯވގައި މި އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

އާޓީއާރްއިން ބުނީ މޯލްޑިވިއަން އިން އޭޓީއާރް މަރުކާގެ އިތުރު ދެ ބޯޓާއެކު އެ ކުންފުނީގައި ބޭނުން ކުރަމުންދާ އޭޓީއާރް ބޯޓުތަކުގެ އަދަދު ހަތަކަށް އަރާނެ ކަމަށެވެ.

އޭޓީއާރް މަރްކާގެ ސަބަބުން އުޅަނދަށް ބޭނުންވާ މެއިންޓެނަންސްގެ ޚަރަދުތައް ވެސް ފުދޭވަރަކަށް ކުޑަވެގެން ދާނެއެވެ.

ފްލީޓް ޓްރާންސިޝަންގެ ދަށުން މޯލްޑިވިއަން އިން ޑޭޝް8އެސްގެ މުޅި ފްލީޓްގެ ބަދަލުގައި އާ އޭޓީއާރު މާރުކާގެ ބޯޓުތައް ގެންނަން ވަނީ ނިންމާފައެވެ.

މޯލްޑިވިއަންގެ އަމާޒަކީ 2025 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ އަށް އޭޓީއާރް ބޯޓު ގެނައުމެވެ.

މޯލްޑިވިއަންގައި މިހާރު އޭޓީއާރް މަރުކާގެ ތިން ބޯޓެއް ބޭނުން ކުރެއެވެ. އަދި އިތުރު ދެ ބޯޓު އޭޕްރިލް މަސް ތެރޭގައި ރާއްޖެ އަންނާނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހނހ

    ވަރައް ރަނގަޅު ނިންމުމެއް