އައްޑޫސިޓީ ހިތަދޫގައި ހުޅުވާފައިވާ "ލިބޭ-02" ފިހާރައިން ވިޔަފާރި ކޮށްގެން މިރޭ އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ލިބޭގެ އޮފިޝަލަކު ވިދާޅުވީ، ރަމަޟާން މަހާއި ގުޅުވައިގެން ކުރިއަށް ގެންދާ "ރޯދަ އަލަމާރީ" ޕްރޮމޯޝަންގެ ދަށުން ލިބޭ ސުޕަމާޓުން ވިޔަފާރި ކޮށްގެން އަގުހުރި އެތައް އިނާމެއް މީގެ ކުރިން ކަސްޓަމަރުންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން އައިފޯން، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ އެކި ސާމާނު، އިލެކްޓޮރޯނިކް ސާމާނު ވަނީ ކަސްޓަމަރުންނަށް ލިބިގެން ގޮސްފައެވެ.

މި ޕްރޮމޯޝަންގެ ދަށުން މިރޭ އެފިހާރައިން ވިޔަފާރި ކޮށްގެން އައިފޯނު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށް ލިބޭގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. އޮފިޝަލް ވިދާޅުވީ، ރޯދަ އަލަމާރި ހުޅުވައިގެން އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު އޮންނާނީ މިރޭ (31 މާރިޗް 2024) ގެ 21:00 އިން ފެށިގެން ލިބޭއިން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ކަމަށެވެ.

މިފަހަރުގެ ރޯދައަލަމާރީގައި އުމްރާ ދަތުރުގެ އިތުރުން، އައިފޯން 15 ޕްރޮމޯކެސް 256ޖީބީ، އެއާބްލޭޑް 160 (ސްޕެޝަލް އެޑިޝަން)، ފަދަ އަގުބޮޑެތި އިނާމު ލިބިގެންދާނެއެވެ. މި އިނާމުތަކުގެ ތެރެއިން އުމްރާ ދަތުރު ވަނީ ނަސީބުވެރި ކަސްޓަމަރަކަށް ލިބިގެން ގޮސްފައެވެ.

"ރޯދަ އަލަމާރި" ހުޅުވުމުގެ ފުރުސަތު 500 ރުފިޔާއިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް އޮންނާނެއެވެ.

މިޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނަށް، ތަޅުދަނޑިތަކެއްގެ ތެރެއިން ރަނގަޅު ތަޅުދަނޑި ދިމާކޮށްގެން، އެވަގުތެއްގައި އަލަމާރީގައި ހުންނަ ހުރިހާ ތަކެތި ހިލޭ ލިބިގެންދާނެއެވެ.

ލިބޭ ސުޕަމާޓަކީ އައްޑޫގައި މިވަގުތު ހުޅުވާފައި ތިބި ފިހާރަތަކުގެ ތެރެއިން ރައްޔިތުންނަށް އަށްފޯރާ ފަށެއްގައި ހުރިހާ ސާމާނު ވިއްކަމުން އަންނަ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ.

ލިބޭ ސުޕަމާޓުން ވަނީ މިރޯދަ މަހާއި ދިމާކޮށް ދިވެހިން ބޭނުންވާ ހުރިހާ އެއްޗެއްގެ އިތުރުން ތާޒާ މޭވާވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.