ސެޕްޓެމްބަރ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަތް ފައިސާގެ އަދަދު 1.2 މިލިއަނަށް އަރައިފައިވާ ކަމަށް އެ އޮތޯރިޓީ އިން ހާމަކޮށްފިއެވެ.
މީރާ އިން ބުނެފައި ވަނީ މިދިޔަ މަހު މީރާ އިން ބަލައިގަތް ފައިސާގެ ބޮޑު އިންސައްތައަކީ ޖީއެސްޓީ ކަމަށެވެ. މިރާއިން ހާމަކޮށްފައިވާ ގޮތުގައި ޖީއެސްޓީގެ ގޮތުގައި އެ އޮތޯރިޓީއަށް ވަނީ 519.95 މިލިއަން ރުފިޔާ ވަދެފައެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޓުއަރިޒަމް ލޭންޑް ރެންޓްް އިން ކަމަށާއި، ޓުއަރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި މިދިޔަ މަހު 328.79 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.
އަދި ގްރީން ޓެކުހުގެ ގޮތުގައި 74.34 މިލިއަން ރުފިޔާ، ބީޕީޓީ ގެ ގޮތުގައި 68.34 މިލިއަން ރުފިޔާ، އެއާޕޯޓު ޑިވެލޮޕްމަންޓު ފީގެ ގޮތުގައި 66.79 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހުގެ ގޮތުގައި 162.32 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާ އިން ބުންޏެވެ.
މީރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ސެޕްޓެމްބަރ މަހު އެ އޮތޯރިޓީއަށް ލިބުނު އަދަދަކީ އަންދާޒާ ކުރި މިންވަރަށްވުރެ 13.2 އިންސައްތަ ދަށް އަދަދެއް ކަމަށެވެ. އަދި އެއީ މިއަހަރުގެ މިހާތަނަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 13 އިންސައްތަ މަދު އަދަދެއް ކަމަށް އެ އޮތޯރިޓީ އިން ވަނީ ހާމަކޮށްފައެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅައިބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހުލިބިފައިވާ ޖީއެސްޓީ، ޓުރިޒަމް ލޭންޑް ރެންޓު، ބީޕީޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައި ކަމަށެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީ އާ އަޅައި ބަލާއިރު މިއަހަރު ސެޕްޓެމްބަރ މަހުގެ ޖުމްލަ އާމްދަނީ ވަނީ ދަށްވެފައެވެ.
މީރާއިން ބުނި ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރ މަހުގެ އާމްދަނީ ދަށްވެފައި ވަނީ ހަމަ އެކަނި މިދިޔަ އަހަރުގެ އެމުއްދަތުގައި ބަލައިގަންނަ ފީއެއް ކަމުގައި ލޭންޑް އެކިއުޒިޝަން ފީއާއި، ކޮންވާޝަން ފީ ކަނޑައަލައިފައި ވުމުން ކަމަށެވެ.
އަދި މިއަހަރުގެ އާމްދަނީ އަންދާޒާ ކުރި މިންވަރަށްވުރެ މަދުވެފައި ވަނީ ޖީއެސްޓީ، ގްރީން ޓެކްސް އަދި ޓޫރިޒަމް ލޭންޑް ޓެކްސް ކަނޑައެޅިފައިވާ މުއްދަތަށް ބައެއް ފަރާތްތަކުން ދައްކައިފައި ނުވާތީ ކަމަށް މީރައިން ބުނެއެވެ.
ފެބް 1 ގަ ފައިވާންކިބަ އުކައިގެން ސައީދު ހުކުން ޖެހިހެން އަން ކަލެއަށް މިލިއަނެއް، އަން ކަލެއަށް 2 މިލިއަން، އަން ކަލެއަށް 3 މިލުއަން މިގެން ކިޔައި އަވަހަށް ބަހާ ހުސްކޮށްލާ. ފައިސާ ފެނި ހޭބަލިވެފަ.
ދައުލަތުގެ ބައިތުލް މާލު ޕާ ޓީ މީހުންނަށް ބަހާ ހުސްކޮށްފި. މި ނުވޭ ދޯ ވައްކަމަކަށް
ރަށްޔިތުން ފެލާ ކުންފުނި ތީއަލިފާން
ކިތަންމެ ބައިވަރެއް ލިބުނަސް ވާނެކަމެއް ހަރާން މިސަރުކާރުގައި މިތިބީ ފައިސާ ކާން ނުދަންނަ ބައެއް ސަރުކާރުގެ ބޭކާރު މަގާމު ތަކުގައިތިބި މީހުންނަށް ތީގެން ކިރިޔާ މުސާރަ ދެވޭނީ