އެންޒީން އުފައްދާ ހުރިހާ އުފެއްދުންތަކެއްވެސް ކޮލިޓީ ވާނެ ކަމަށާއި، އެތަކެތީގެ ފެންވަރާއި މެދު ސުވާލު ކުރާނެ ޖާގައެއް ނޯންނާނެ ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ވަޞީމް ޢިސްމާޢިލް ވިދާޅުވެއްޖެ އެވެ.

ވަޞީމް މިހެން ވިދާޅުވީ، މާލޭގައި އެންޒީގެ އައު ފިހާރައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތަށްފަހު، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

"އަޅުގަނޑުމެންގެ ކޮލިޓީ އާއި މެދު އެއްވެސް ޝައްކެއްނޯވެ. އަޅުގަނޑުމެންގެ މަހުގެ ބާވަތްތައް މި އަންނަނީ އެންސިސް މަސް ފެންޓަރީން. އެ ފެކްޓްރީ އަކީ ޔޫރަޕާއި ޔޫއެސް އަށް، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސް އެކްސްޕޯޓު ކުރަމުންދާ ފެކްޓްރީ. އެތަނުގައި ޕްރޮޑަކްޓް ތައް ހުންނާނީ. އެހެންވީމަ، ކޮލިޓީ އާއި މެދު އެއްވެސް ސުވާލެއް ނޯވޭ. ހަމަ އެގޮތަށް އަޅުގަނޑުމެންގެ ބޭކަރީ އަކީވެސް ސެޓިފައިޑް ބޭކަރީ އެއް. ބޭކަރީގެ ޕްރޮޑަކްޓް އަކާއި ގުޅިގެން އެއްވެސް ޝަކުވާއެއް އަދި ލިބިފައެއް ނެތް. އެއާއި އެކު އަޅުގަނޑުމެން ގެންގުޅޭ ރެޑީޓު އީޓް ޕްރިޑަކްޓްތައްވެސް ޝަކުވާ އެއް ނެތި ކުރިއަށް އެބަދޭ." ވަސީމް ވިދާޅުވިއެވެ.

އެންޒީ އިން މާލޭ ގައި ހުޅުވި އައު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް
އެންޒީ އިން މާލޭ ގައި ހުޅުވި އައު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ވަޞީމް ވިދާޅުވީ، އެންމެ ބޮޑު އަމާޒަކީ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ތަކެތި ފޯރުކޮށްދިނުން ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރެއަށްވެސް އެންޒީގެ އުފެއްދުންތައް މިހާރަށްވުރެ ރަނގަޅަށް ފޯރުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންގެ އަދަދު ވަރަށް ގިނަ. އަޅުގަނޑުމެން އަބަދުވެސް ބަލަން އެންމެ ހެޔޮ އަގުގައި އެންޒީގެ އުފެއްދުންތައް ހެޔޮ އަގުގަ ފޯރުކޮށްދެވޭތޯ. އެންމެ ބޮޑަށް އަޅުގަނޑުމެން އިސްކަން ދޭ ކަމެއް އެއީ، ބާޒާރުގަ މަހުގެ އަގު ކިތަންމެ ބޮޑަސް، އަޅުގަނޑުމެން ބަލަން އެއްވަރެއްގަ އަގު ހިފެހެއްޓޭތޯ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަސްޓަމަރުން ލިބި އެންމެންގެ ތަރުޙީބު ލިބޭ." ވަޞީމް ވިދާޅުވިއެވެ.

އެންޒީ އިން މާލޭ ގައި ހުޅުވި އައު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް
އެންޒީ އިން މާލޭ ގައި ހުޅުވި އައު ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ކުރާ އެންސިސް ފިޝަރީޒްގެ ޕްރައިވެޓް ލިމިޓެޑްގެ އެންސިސް ދަޅުމަސް ފެކްޓަރީ އާއި އައިސްޕްލާންޓް ހުޅުމާލޭގައި މިހާރު ވަނީ ހުޅުވާފައެވެ.

މިރޭ ހުޅުވި އެންޒީގެ އައު ފިހާރަ ހުންނާނީ، ބުރުޒު މަގާއި، ނިކަގަސް ހިނގުން ގުޅޭ ކަންމަތީގައެވެ.