އެންސިސް ފިޝަރީޒް އަށް އެއް ދަތުރުން އެންމެ ގިނަ ކަންނެލި ކިރި ދޯންޏަށް އެންސިސް އިން މަރުހަބާ ކިޔައި، ހަދިޔާ ދީފިއެވެ.

އެންސިސްއަށް އެއް ދަތުރުން މިހާތަނަށް އެންމެ ގިނަ ކަންނެލި ކިރުމުގެ ރެކޯޑް ހަދާފައި ވަނީ ފ.އަތޮޅު ފީއަލީ ބަނދަރީ ދޯންޏެވެ. އެދޯނިން ވަނީ 14 ޓަނުގެ ބޮޑު ކަންނެލި އެންސިސްއަށް މިއަދު ކިރާފައެވެ.

އެންސިސް ފިޝަރީޒްގެ ޗެއާމަން އާއި ޖެނެރަލް މެނޭޖަރު މިއަދު ވަނީ އެދޯނީގެ މަސްވެރިންނާއި ބައްދަލުކޮށް މަރުހަބާ ވިދާޅުވެފައެވެ. އަދި މަސްވެރިންނަށް އެކުންފުނިން ވަނީ ހަދިޔާ ވެސް ހަވާލު ކޮށްފައެވެ.

އެންސިސް އިން ބުނާ ގޮތުގައި އެންސިސް ފިޝަރީޒްގެ ތާރީޚްގައި ވެސް އެންމެ ގިނަ އަދަދަކަށް އެއް ދަތުރަކުން ކަންނެލި ކިރި ދޯންޏަކީ ބަނދަރީ ދޯންޏެވެ.

މީގެ ކުރިން އެކުންފުންޏަށް އެންމެ ގިނަ ކަންނެލި ކިރުމުގެ ރެކޯޑް އޮތީ ހއ.އިހަވަންދޫ މާހޯރާ-3 ދޯންޏަށެވެ. މިދިޔަ އަހަރު ފަހުކޮޅު އެދޯނިން ވަނީ 11.86 ޓަނުގެ ބޮޑު ކަންނެލި ކިރާފައެވެ.

އޭގެ ކުރިން މި ރެކޯޑް އޮތީ އއ.ރަސްދޫ ޒޫމް ފިޝަރީޒް ދޯންޏަށެވެ. އެދޯނިން ވަނީ އެއްދަތުރުން 11.5 ކިލޯގެ ބޮޑު ކަންނެލި ކިރުވާފައެވެ.

2002 އަހަރު އުފެއްދި އެކްސިސް ކުންފުންޏަކީ މަހުގެ ބާވަތްތައް މިހާރު އެންމެ ގިނައިން ރާއްޖެ އިން އެކްސްޕޯޓް ކުރާ ކުންފުންޏެވެ.