މޫނުގެ ހަންގަނޑު ރީތިކޮށް އެގޮތުގައި ދެމެހެއްޓުމަކީ ކޮންމެ މީހަކުވެސް ބޭނުންވާ ކަމެކެވެ. މި ބޭނުމަށް މޫނުގައި އުނގުޅާ ތަފާތު އެކި އުފެއްދުންތަކާއި މޫނު ދޮންނަން ބޭނުންކުރާ ފޭސް ވޮޝް ހުރެއެވެ. ނަމަވެސް މިފަދަ ތަކެތި ބޭނުންކުރުމުގެ ކުރީން އެއީ ތިބާ އާއި ގުޅޭ، ރަނގަޅު، ފައިދާ ކުރަނިވި އެއްޗެއްތޯ ޔަޤީން ކުރުމަކީ މުޙިންމު ކަމެކެވެ.

މޫނުގެ ތާޒާކަމާއި ރީތިކަން ދެމެހެއްޓުމަށް މޫނު ދޮވެހެދުމަކީ މުހިންމު ކަމެކެވެ. މިގޮތުން ގުދުރަތީ، ފައިދާ ކުރަނިވި އުފެއްދުންތައް، މޫނު ދޮންނަން އިޚްތިޔާރު ކުރުމަކީ ސަމާލުކަން ދޭން ޖެހޭ ކަމެކެވެ.

"ލިބޭ" އިން މިހާރު ރާއްޖެއަށް ތައާރަފްކޮށް ވިއްކަމުންދާ "ބިއުޓީ ކޮޓޭޖް" ބްރޭންޑުގެ ފޭސް ކްލީންސާ އަކީ، މޫނުގެ އުޖާލާކަން އިތުރުކުރުމުގައި ގިނަ ބައެއްގެ ޔަޤީންކަމާއި އިތުބާރު ހޯދާފައިވާ މޮޅު އުފެއްދުމެކެވެ. ހުރިހާ ވައްތަރެއްގެ ހަންގަނޑަކާއި ވެސް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ މި ފޭސް ކްލީންސާއަކީ ހަމަ އެކަނި ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުމެކެވެ.

މި ފޭސް ކްލީންސާ އަކީ މޫނު ތާޒާކޮށް، ދާދި އަވަހަށް ހަންގަނޑު އަލިކޮށް، ހަންގަނޑުގެ ފުރިހަމަކަން އިތުރުކޮށްދޭ އުފެއްދުމެކެވެ. އަދި މޫނުގެ ހަންގަނޑުގައި އަށަގެންފައި ހުންނަ ޖަރާސީމާއި، ނުރައްކާތެރި ބައިތައް ފިލުވައިލުމާއެކު، މި ފޭސް ކްލީންސާ އަކީ މޫނުގެ ތެޔޮކަންވެސް ވަގުތުން ކަނޑުވާލުމަށް އެހީއެކެވެ.

"ބިއުޓީ ކޮޓޭޖް" ފޭސް ކްލީންސާ އަކީ ހިކި ހަންގަނޑަށް ފަރުވާކޮށް، ހަންގަނޑު ރީތިކޮށްދިނުމާއެކު ހަންގަނޑުގެ ދުޅަހެޔޮކަންވެސް ދަމަހައްޓައިދޭ ފޭސް ކްލީންސާއެކެވެ. އަދި ހަންގަނޑަށް ގެއްލުންދެނިވި ބައިތަކުން ހަންގަނޑު ރައްކާތެރިކޮށްދިނުމާއި އެކު، ހަންގަނޑު މަޑުކޮށްދިނުމަށް ވެސް މި ފޭސް ކްލީންސާ އެހީއަކަށް ވެއެވެ.

މި ފޭސް ކްލީންސާ ބޭނުން ކުރުމުގެ ކުރިން ހުސް ފެނުން މޫނު ދޮވެލަން ޖެހެއެވެ. އެއަށްފަހު މޫނުގައި އާއި ކަރުގައި މި ފޭސް ކްލީންސާ އުނގުޅުމަށްފަހު އިރުކޮޅެއް ވަންދެން ރަނގަޅަށް މަސާޖުކޮށްލުން ރަނގަޅެވެ. އެއަށްފަހު އަނެއްކާވެސް ފެނުން މޫނު ދޮވެލަންވީ އެވެ. އާދަކޮށް ކޮންމެ ދުވަހަކުވެސް މަދުވެގެން އެއްފަހަރު މިގޮތުގެ މަތީން މޫނު ދޮންނަ ނަމަ އޭގެ ހެޔޮ ބަދަލުތައް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފެނިގެންދާނެއެވެ.

"ލިބޭ" އިން މިހާރު ރާއްޖޭގައި ވިއްކަމުންދާ "ބިއުޓީ ކޮޓޭޖް" ބްރޭންޑުގެ ފޭސް ކްލީންސާގެ އަގަކީ 250 ރުފިޔާ އެވެ. "ލިބޭ" އިން ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޮތްއިރު، "ލިބޭއެމްވީ"ގެ ނަމްބަރު، 9946822 އަށް ގުޅައިގެންވެސް އޯޑަރުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ. "ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.




"ލިބޭ" އިން ވިއްކަމުންދާ އިތުރު ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. އެއްމަސް ދުވަހުން އިސްތަށި ފޭބުން ހުއްޓުވައިދޭ ތެރަޕީ ޕެކެއް (150 ރުފިޔާ)

 


2. މޫނުގެ ހަންގަނޑު އޮމާންކޮށް، ދޮންކޮށްލެވޭ ފޭސް މާސްކް (150 ރުފިޔާ)

 


3. އަނގައިން ނުބައިވަސްދުވުން ހުއްޓުވައިދޭ ކޮކޯމޭޓް ޓޫތްޕޭސްޓް (10 އެމްއެލް 40 ރުފިޔާ / 110 އެމްއެލް 200 ރުފިޔާ)


4. މޫނު ވަގުތުން އުޖާލާ ކޮށްދޭ ސްޕްރޭ އެއް (250 ރުފިޔާ)


5. ބަނޑު ހިންދާލުމަށް ޚާއްސަ ކޮފީ (200 ރުފިޔާ)


6. މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް ޚާއްސަ އެއާފްރެޝްނަރ އެއް (100 ރުފިޔާ)


7. ކޮޓަރި އާއި ކާރުތެރޭ ވަސް ރަނގަޅު ކޮށްދޭ އަރޯމާ (250 ރުފިޔާ)


8. ސްޕާކަލް ޓްރިޕަލް ވައިޓް

މިއީ ސްޕާކަލް ބްރޭންޑުގެ އެންމެ މަޤުބޫލު އުފެއްދުމެވެ. އާދަކޮށް ބޭނުންކުރާން ފަށާތާ ގިނަވެގެން ހަފްތާއެއްހައި ދުވަސް ތެރޭގައި އެންމެ ފުރިހަމަ ނަތީޖާ ފެންނާން ފަށާ މި ބޭހަކީ ސްޕާކަލް ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންވެސް މެއެވެ. ދަތްއުނގުޅާ އެހެން ބޭސްތަކަށްވުރެ ތިންގުނަ އަވަހަށް ދަތްތައް ހުދުކޮށްލާ މި ބޭސް ބޭނުންކޮށްގެން، ދަތްތަކުގެ ކުލަ ބަދަލުކޮށްލާ ބައިތައް ސާފުކޮށްލެވެއެވެ. އަދި ގިނަ ދުވަސްތައް ވަންދެން އަށަގެންފައި ހުންނަ ޖަރާސީމުތައް މަދު ވަގުތުކޮޅެއްގެ ތެރޭގައި ފިލުވާލުމަށް މިއީ އެންމެ އިތުބާރުހުރި އެއް ބޭހެވެ. ފްރާންސްގައި ހުންނަ ސްޕިން ކޮންޓްރޯލް އޭޝިއާގެ ލެބޯޓްރީގައި ޓެސްޓުކޮށްފައިވާ މި ބޭހަކީ، ސްޕެޝަލިސްޓުންގެ އިތުބާރުވެސް ހޯދާފައިވާ މޮޅު ބޭހެކެވެ.


9. ސްޕާކަލް ކޮފީ - ޓީ

މިއީ ގިނަ ދިވެހިންނާއިވެސް އެންމެ ގުޅޭނެ އެއް ބޭހެވެ. ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ކޮފީ އާއި ކަޅުސައި ބޯ މީހުންނަށް ޚާއްސަ ބޭހެވެ. ގިނައިން ކޮފީ އަދި ކަޅުސައި ބޯ މީހުންގެ ދަތްތަކުގެ ހުދުކަން ގެއްލިދާ ދިއުމަށް މި ބޭހުން ހައްލު ހޯދައިދޭއިރު، މި ބާވަތްތަކުން ދަތްތަކުގައި އަށަގަނެ ގިނަ ދުވަސްވެފައި ހުންނަ ޖަރާސީމު ސާފުކޮށްދެއެވެ. އަދި ދަތްތަކުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ ވަރުގަދަކޮށްދެއެވެ. މި ބޭސް އާދަކޮށް ބޭނުން ކުރަން ފެށުމުން، ދަތްތަކުގެ ހުދުކަން ގެއްލުވާލާ މާއްދާތައް ދަތްތަކުގައި އަށަގަތުން ހުއްޓުވައެވެ. އަދި އަނގައި ނުބައިވަސް ދުވުންވެސް މި ބޭހުން ހުއްޓުވައެވެ.


10. ޑަބަލް ވައިޓް ލެމަން ސޮޑާ

ސްޕާކަލް ބްރޭންޑުގެ މި ބާވަތަކީވެސް ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން ދަތްތަކަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ބޭހެކެވެ. އެގޮތުން ދަތްތައް ދުޅަހެޔޮ ކުރުމަށް ބޭނުންވާ ވިޓަމިން ސީ އާއި ނިއުޓްރިއެންޓްސްގެ އިތުރުން އެނޫންވެސް މުޙިންމު އެތައް މާއްދާއެއް މި ބޭހުގައި އެކުލެވިގެން ވެއެވެ. ހަމަ އެހެންމެ ދަތްތަކައް ގެއްލުންކުރާ މާއްދާތަކުން ދަތްތައް ސަލާމަތްކޮށް ރައްކާތެރި ކުރުމަށް މި ބޭހުގައިވާ ބައިތައް ޚާއްސަ ދައުރެއް އަދާކުރާއިރު، އަނގައިގެ ތާޒާކަން އިތުރުކޮށްދިނުމަށް މި ބޭސް އެހީއަކަށް ވެއެވެ.


11. ސްޕާކަލް ވައިޓް

ސްޕާކަލް ބްރޭންޑުގެ މި ބޭހަކީ ދަތްތައް ހުދުކޮށްދިނުމުގެ އިތުރުން އަނގައިން ނުބައިވަސް ދުވާ މައްސަލައަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ބޭހެކެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކުވައިދޭ މި ބޭހުގައި އެކުލެވިފައިވަނީ އަނގައިގެ ތެރޭގައި އަށަގެންފައި ހުންނަ ޖަރާސީމާއި، ނުބައިވަސް ދުވުމަށް މެދުވެރިކުރާ އެނޫންވެސް އެފަދަ ބައިތައް ސާފުކޮށްލުމަށް އެހީތެރިވެދޭ އެތައް މާއްދާއެކެވެ.