ހޮންޑާ ސައިކަލު ވިއްކުމުގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓަރކަން ލިބިފައިވާ ރާއްޖޭގެ ކުންފުނި ޝީޝާގެ ގދ. ތިނަދޫ އައުޓްލެޓް ހުޅުވައިފިއެވެ.

މިއީ މާލެ ސިޓީ ފިޔަވައި، އަތޮޅު ތެރޭގައި ހުޅުވި ޝީޝާގެ ހަތް ވަނަ އައުޓްލެޓެެވެ. ޝީޝާގެ އައުލެޓެއް އެންމެ ފަހުން ހުޅުވާފައި ވަނީ ގއ. ވިލިގިނލީގައެވެ.

އެ އައުޓްލެޓް ހުޅުވާދެއްވީ ޝީޝާގެ ފައުންޑާ މެމްބަރ އަދި ޗެއަރމަން އަހުމަދު ހަސަން މަނިކުއެވެ. މި އައުލެޓް ހުންނާނީ ތިނަދޫ ޣާޒީ މަގުގައެވެ.

ޝީޝާ ތިނަދޫ އައުޓްލެޓް ހުޅުވުން

އައުޓްލެޓް ހުޅުވުމަށް ބޭއްވި ފޯރިގަދަ ރަސްމިއްޔާތުގައި ތިނަދޫ ގިނައަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ރަސްމިއްޔާތު ފެށިގެން ދިޔައީ ކުޑަކުދިންގެ ނެށުމުގެ ހަރަކާތަކުންނެވެ. އެ ހަރަކާތަށް ފަހު ޝީޝާ އަށް ހާއްސަ ލަވައަކަށް ވެސް ވަނީ ނަށާފައެވެ. އެ ލަވަ ކިޔާފައި ވަނީ ހުވަދޫ ބަހުންނެވެ. އެ ލަވަ ކިޔާފައި ވަނީ މޯލްޑިވިއަން އައިޑޮލްއިން މަޝްހޫރުވި ތަރި ޒަލީފެވެ.

ޝީޝާ އިން ބުނީ، ތިނަދޫ އައުޓްލެޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާރު ވަރަށް ފޯރިގަދަ ކަމަށެވެ. އަަދި ޝީޝާ އިން ބުނީ، ތިނަދޫގައި ހޮންޑާ ސައިކަލު ވިއްކާ އައުލެޓެއް ހުޅުވިގެން ދިޔުމަކީ އެ އަތޮޅުގެ ރައްޔިތުންނަށް ހޮންޑާގެ އެންމެ ފަހުގެ ސައިކަލާއި، ސައިކަލުގެ ސްޕެއާ ޕާޓްސް ފަސޭހައިން ގަތުމަށް ލިބިގެންދާނެ ފުރުސަތަކަށް ކަމަށެވެ.

ޝީޝާ ތިނަދޫ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތު ފޯރިގަދަ

އެ ކުންފުނީގެ އައުޓްލެޓް ހުޅުވިގެން ދިޔައިރު، މި މަހުގެ ނިޔަލަށް ޝީޝާ ތިނަދޫ އައުޓްލެޓުގައި ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށް ދާނެއެވެ. އެ ޕްރޮމޯޝަންގައި ޝީޝާ ތިނަދޫ އައުޓްލެޓުން ވިއްކާ ސައިކަލު ތަކަށް ޑިސްކައުންޓެެއް ލިބިގެން ދާނެއެވެ.

ޝީޝާ ތިނަދޫ އައުޓްލެޓް ހުޅުވުމުގެ ރަސްމިއްޔާތު ފޯރިގަދަ

ޝީޝާގެ އައުޓްލެޓްތައް މިހާރު ހުންނަ ރަށްތަކަށް ބަލާއިރު، މާލެ، ހުޅުމާލެ، އައްޑޫ ސިޓީ، އަދި ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން، ލ ގަމާއި، ގއ. ވިލިނގިލި ހިމެނެއެވެ. މި ހުރިހާ އައުޓްލެޓަކުންވެސް، ހޮންޑާ ބްރޭންޑްގެ ފަހުގެ ސައިކަލުތައް ލިބެން ހުންނާނެއެވެ.

ޝީޝާ ތިނަދޫ އައުޓްލެޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު

ޝީޝާގެ ހުރިހާ އައުޓްލެޓަކުން އެންމެ ފަހުގެ ސައިކަލުތައް ހެޔޮ އަގެއްގައި ލިބިގެންދާއިރު، އިންސްޓޯލްމެންޓަށް ސައިކަލު ނެގުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ މެދުވެރިކޮށްވެސް ސައިކަލު ނެގޭނެއެވެ.