މަޝްޢަރު ހައްޖު އުމްރާ ގްރޫޕާއެކު ރަމަޟާން މަހު އޮންނަ އުމްރާ ދަތުރުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މަޝްޢަރު ގްރޫޕަކީ މީގެ ކުރިންވެސް އެތައް އުމްރާ ދަތުރުތަކެއް ބާއްވައި، ދިވެހިންގެ އިތުބާރު ހޯދާފައިވާ ގްރޫޕެކެވެ. އެ ގްރޫޕްގެ ހަވާލުގައި މީގެ ކުރިން އުމްރާއަށް ދިޔަ ބައެއް ފަރާތްތަކުންވެސް ވަނީ ގްރޫޕްގައި ހިމެނޭ މެންބަރުންގެ ހިތްހެޔޮކަމާއި ރަނގަޅު ކަމުގެ ވާހަކަދައްކާފައެވެ. މި ގްރޫޕްގައި ހިމެނެނީ ޒުވާން، ތަޖުރިބާ ހުރި ޓީމެކެވެ.

އެ ގްރޫޕުން ކޮންމެ އަހަރަކުވެސް ތިން އުމްރާ ދަތުރު ބާއްވާނެއެވެ. އެއީ މާރިޗް މަހު އޮންނަ އުމްރާ ދަތުރާއި، ރަމަޟާން މަހުގެ އިތުރުން ޑިސެމްބަރު މަހު ބާއްވާ އުމްރާ ދަތުރެވެ. އެ ގްރޫޕުން މިހާރު ވަނީ ރަމަޟާން މަހު އޮންނަ އުމްރާ ދަތުރުގައި ބައިވެރި ވުމަށް ހުޅުވާލާފައެވެ.

އެ ގްރޫޕުން ވަނީ ރަމަޟާން މަހު އޮންނަ އުމްރާ ދަތުރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން ރަޖިސްޓަރ ވުމަށް އެދިފައެވެ. އެގޮތުން 7787792 އަށް ގުޅައިގެން މިހާރުން ފެށިގެން ރެޖިސްޓަރީވުމަށް އެ ގްރޫޕުން އެދެއެވެ.

ރަޖިސްޓަރީވުމަށް ފީއެއް ދައްކަންޖެހޭއިރު، އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން ބަހާލައިގެން ފައިސާ ދެއްކޭނެއެވެ. އުމްރާއަށް ދާ ދުވަހުގެ އެއްމަސް ކުރިން އެއްކޮށް ފައިސާ ދައްކާ ނިންމަން ވާނެއެވެ. ގްރޫޕުން ބުނާގޮތުގައި، މާރިޗް 31ގެ ކުރިން ރޯދަ މަހު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރވާން ޖެހޭނެއެވެ.

މަޝްޢަރު ގްރޫޕުގެ ރޯދަ މަހުގެ އުމްރާ ދަތުރު އޮންނާނީ ރޯދަ މަހު ފަހު 15 ގައެވެ. އުމްރާ ވެރިން އެނބުރި މާލެ އަންނާނީ ޝައްވާލު މަހުގެ ހަ ރޯދަ ވެސް ހިފުމަށް އެވެ.

އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދާ 12 އަހަރުން ދަށުގެ ކުދިންނާއި ގުރޫޕްތަކަށް ހާއްސަ އަގުތަކެއް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    ތަޖުރިބާ ކޮށްފިން މި ޤުރުޕް ދެތިން އަހަރު ކުރިން، ވަރަށް ރަނގަޅު އަދި އެހާމެ ގާތްކަންވެސް ބަހއްޓާ ޢުމުރާވެރިންނާ މެދުގައި، ޤުރޫޕްގެ ވެރިންނަކީ ޚަބަރުގައި އޮތް ގޮތަށް ވަރަށް ޒުވާން ކުދިންތަަކެއް، އެކިއެކި ތަންތަނަށް ޢުމުރާ ވެރިން ގެންގޮސްދޭ، އަދި ޢުމުރާ ވެރިން އެދެފިހިނދު ބަސްތައް ހަމަޖައްސައިގެން މައްކާ ބޭރަށް، ޠާއިފަށް، ޖިއްދާއަށް ވެސް ގެންގޮސްދޭ، މިއީ ރަނގަޅު ޤުރޫޕެއްކަން އެންމެހައި ބޭފުޅުންނަށްވެސް އަންގަން. ޝުކުރިއްޔާ