މިއަދުން ފެށިގެން ރެޑްވޭވްގެ ހުރިހާ ފިހާރަތަކުން ފިޔާގެ އަގު އަނެއްކާވެސް ހެޔޮކޮށްފައިވާކަމަށާއި، އަދި ބަދިގެއަށް ބޭނުންވާ ގިނަ ސާމާނުތަކެއް ގެނެސްފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

އެގޮތުން ރަތް ފިޔާ ކިލޯއެއް 11 ރުފިޔާއަށް މިހާރު ލިބިގެންދާނެއެވެ. މީގެ ކުރިންވެސް ރެޑްވޭވުންވަނީ ފިޔާގެ އައު ސްޓޮކެއް ލިބުމާއިއެކު ހެޔޮއެގައްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން އަގުހެޔޮކޮށްފައެވެ.

މީގެ އިތުރުންވެސް ރެޑްވޭވުން މައުލޫމާތުދިންގޮތުގައި ރޯދަމަހާއި ދިމާކޮށް ގިނައަދަދެއްގެ ބަދިގެ ސާމާނު އަދި ކާގޭގައި ބޭނުންކުރާ ސާމާނު ރެޑްވޭވުގެ ފިހާރަތަކުން ރާއްޖޭގެ މާކެޓުގައި ހުރި އެންމެ ހެޔޮ އަގުގައި ލިބިގެންދާނެއެވެ.

އަދި މިއާއި އެކު އައިސް އަލަމާރި، ދޮންނަ މެޝިން، ޑީފްރީޒަރ، އޭސީ އަދި މިނޫނަސް ރައިސްކުކަރ، އެއަރ ޕިޔުރިފަރ ފަދަ އިލެކްޓްރޯނިކް ސާމާނު ޝާރޕް ބްރޭންޑުން ލިބިގެންދާނެއެވެ.

ޝާރޕް ބްރޭންޑުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަކީ ރެޑްވޭވް އެވެ.

ރެޑްވޭވުން އިތުރަށް މައުލޫމާތު ދިން ގޮތުގައި ކުންފުނީގެ ވެބްސައަޓް ވަރަށް އަވަހަށް ލޯންޗުވެ ރެޑްވޭވްގެ މުދާ ކަސްޓަމަރުންނަށް ފަސޭހައިން ގަނެވޭނެގޮތް ހަމަޖެހިގެންދާނެއެވެ.

ރެޑްވޭވްއަކީ ގިނަ އަދަދެއްގެ މުދާ އެއްތަނަކުން ކަސްޓަމަރުންނަށް ހެޔޮއަގުގައި ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އަދި މިހާރު ރެޑްވޭވްގައި ކުރިއަށްދާ ރޯދަސޭލްގައި ކުރައްވާ ކޮންމެ 500 ރުފިޔާއަށް ލިބޭ ކޫޕަނުން 100،000 ރުފިޔާ އަދި އިތުރު އިނާމު ހޯދުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.