ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ފަތުރުވެރިން އައުން ހުއްޓިފައިވާ އިރު، އެ ފަތުރުވެރިކަމުގެ ސިނާއަތް އަލުން ފެށުމަށް އޮންލައިން ބޮޑު އިވެންޓެއް ބޭއްވުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ތައްޔާރުވެއްޖެއެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އޮންލައިންކޮށް މި އިވެންޓު އޮންނާނީ ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ.

ފަތުރުވެރިކަން އަލުން ފެށުމާ ގުޅިގެން އުފައްދާފައިވާ ޝިޔާރަކީ "މޯލްޑިވްސް، ދި ސަން ވިލް ޝައިން އެގެއިން" ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި ޝިއާރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބޭނުންކުރާ މައި ޝިޔާރު "ސަނީ ސައިޑް އޮފް ލައިފް" އާއި ގުޅުވައިގެން އުފައްދައިފައިވާ ޝިޔާރެކެވެ.

މި އިވެންޓު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ރާއްޖެއަށް މީގެ ކުރިން ޒިޔާރަތް ކޮށްފައިވާ ދުނިޔޭގެ މަޝްހޫރު އެކި ފިލްމީ ތަރިންނާއި އެހެނިހެން މަޝްހޫރު މީހުންގެ އިތުރުން ރާއްޖޭގެ ފޭނުން ބައިވެރިކޮށްގެން ފޭސްބުކް ލައިވްކޮށް އެދުވަހުގެ ތިން ގަޑިއިރުގެ ދިގުމިނަކަށް ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.

މި އިވެންޓުގެ ތެރެއިން ރާއްޖެއަށް އެމީހުންގެ ހިތުގައި އޮތް ލޯތްބާއި އެމީހުން ރާއްޖެއަށް ޒިޔާރަތްކޮށް ކޮށްފައިވާ ތަޖުރިބާތައް ހިއްސާކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި އިވެންޓު ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖެ މި ދަނޑިވަޅުގައި ކޮންމެ ހާލަތެއްގައި އޮތް ކަމުގައިވީ ނަމަވެސް ކުރިއަށް އޮތް ތަނުގައި ޒިޔާރަތް ކުރާ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް އޮތްކަން މުޅި ދުނިޔެއަށް ދެއްކުން ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކެއް ބަންދުކޮށްފައިވާ އިރު މިހާރު ރާއްޖޭގައި ތިބީ މަދު އަދަދެއްގެ ފަތުރުވެރިންކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށް އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހަންމަދު

    އިންޓަނޭޝަނަލް ޕެސެންޖާ ފުލައިޓުސް އަންރިސްޓުރިކްޓެޑްކޮއް ހުޅުވާނުލަނީސް ކުރާނެ ކަމެއް ނެތް.. ދެން ހުޅުވާލިޔަސް ދުނިޔޭގެ ޓޫރިސްޓުންގެ އަތުގަ ފައިސާ އެއް ވަޒީފާއެއް ނެތިއްޔާ އަންނާނީ މަދު ބަޔެއް.. މަދު ބަޔަކު ގެނެސްގެން ދެކޮޅު ޖެހޭނެތޯ. ؟ ޓޫރިޒަމް ނޫން ސެކްޓާތަކައް އަމާޒު ހިފަންވީ ވަގުތުމީ.. ކިތަންމެ މާކެޓިންއެއް ކުރިޔަސް ގުލޯބަލް އިކޮނޮމީ ރިސެޝަނެއްގަ އޮއްވަކާއެއް ޓޫރިޒަމެއް ދެކޮޅުޖެހޭގޮތަކައް ނުހިންގޭނެ. އޭގެ ބަދަލުގަ ރާއްޖެއަކީ ފައިނޭންޝަލް ޓެކުސް ފުރީ އޮފްޝޯ ސެންޓަރަކައް ހަދާފަ.. މިތަނުގެ ބޭންކުތަކައް ފައިސާ ގެންނަންވީ.

  2. އަލްޖިބްރާ

    ޓްއަރިޒަމް ކިތަންމެ ވަރަކަށް އޮންލައިންކޮށް މަރކެޓް ކުރަން އުޅުނަސް ތިކަން އަދި ވަޔަކު ނުހިފާނެ ! ދުނިޔޭގެ ހުރިހާކަންކޮޅުތަކެއްގާ މިވައިރަސް ހިއްޕާލާފާވާއިރު ރާއްޖެއަށް އަންނާނީ މަދުބައެއް ! ބަޔަކު އަޔަސް މިރާއްޖޭން އެމީހުން ހިތުހުރި ގޮތަކަށް ދޫކޮށްގެންނުވާނެ ! ދޫކޮށްލައިފިނަމަ " ކައްޗަށް އެޅިބިންގާ ކެއްޗާހަމައަށް ނެގިއަސް ހުންނާނީ ކައްޗަށް " މިގޮތް ދިމާވެދާނެ