ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ތިން ފަރާތަކުން ބީލަން ހުށަހަޅައިފިއެވެ.

ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލީ ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ.

އެރަށުގައި ޓޫރިސްޓް ހޮޓަލެއް އަޅަން ހުޅުވާލީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުންނެވެ.

އެރަށު ކައުންސިލް ރައީސް އާދަމް ޣުފްރާން ވިދާޅުވީ، ޖެލާގައި ޓޫރިސްޓު ހޮޓަލެއް އެޅުމަށް ތިން ފަރާތަކުން ބީލަން ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރޭގައި ދިވެހި ދެ ކުންފުންޏަކާއި، ބޭރުގެ ކުންފުންޏެއް ހިމެނޭ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

މި ހޮޓެލް އެޅުމަށް ނިންމާފައު ވަނީ އެރަށުގެ ދެކުނު ސަރައްދުގައެވެ.

މިވަގުތު އެރަށުގައި ހަ ގެސްޓް އެބަ ހުއްޓެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން ބަންދު ކުރި ފަހުން އަދި އެއްވެސް ގެސްޓް ހައުސްއެއް ހުޅުވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަސީދު ގަބުޅިބާދަލާ

    ތިތަނުގަ ގެސްޓްހައެސް ވިލެޖެއްގޮތުގަ ތަރައްގީކުރިއްޔާމު ގިނަބަޔަކު ޖީބައްޑޮލަރުވަންނާނެ މިހާރުތިވާގޮތުން އެކެއްގެ ޖީބުބޮޑުވާނީ ތިތާވަޒީފާއަދާކުރާ މީހުންނައް ދޭނީކުޑައުޖޫރެއް ތިގޮތްއެހާރަގަޅެއްނޫން ؟