އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އައިބީއެމް) ގެ ފުރަތަމަ ފަހަރަށް ބްރޭންޑް އެމްބެސެޑަރުން އައްޔަން ކޮށްފިއެވެ.

ބްރޭންޑް އެމްބެސެޑަރުން އައްޔަން ކޮށްފައި ވަނީ އެ ކުންފުނީގެ ޕްރޮޑަކްޓް ކަމަށްވާ “ތާޒާ”އަށެވެ.

އެ ފެން ރާއްޖެއަށް މާކެޓް ކުރުމާއި ޕްރޮޑަކްޓް ތަމްސީލު ކުރުމަށް އެ ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި އައްޔަންކުރީ ރާއްޖޭގެ އެންމެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަނގަޑޭ) އާއި މަޝްހޫރު ފިލްމީ ތަރި ނާޝިދާ މުޙައްމަދު (ނާއްކޮ) އެވެ.

އައިބީއެމް އިން ބުނީ، އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރުން ކުންފުނިން ބާއްވާ މާރކެޓިންގް އިވެންޓްތަކުގައި އަމަލީގޮތުން ހަރަކާތްތެރިވާނެ ކަމަށާއި، އަދި އަމިއްލަ މީސް މީޑިޔާ އެކައުންޓްރައް މެދުވެރިކޮށް “ތާޒާ” ބްރޭންޑް މުޅި ރާއްޖެއަށް މާކެޓް ކޮށްދޭނެ ކަމަށެވެ.

އަދި އެ މީހުން ޕްރޮޑަކްޓްއާ ބެހޭ މުހިންމު މައުލޫމާތު ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭނެ ކަމަށްވެސް އައިބީއެމް އިން ބުންޏެވެ.