ރާއްޖޭގައި ހުންނަ ހަމައެކަނި ހޮންޑާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާއިން ދާދި ފަހުން ރާއްޖެ ގެނެސް ވިއްކަން ފެށި ހޮންޑާ ވިނާ އެކްސް 150ސީސީ 2021ގެ މޮޑެލްގެ ސައިކަލު އަޖުމަ ބަލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް "ވިނާ އެކްސް އޮން ޓުއަރ"ގެ ނަމުގައި ކެމްޕޭނެއް ފަށައިފިއެވެ.

މިއީ ޝީޝާ އިން މިފަދަ ކެމްޕޭނެއް ފަށާ ފުރަތަމަ ފަހަރެވެ. މި ކެމްޕޭންގެ ދަށުން ވިނާ އެކްސް ސައިކަލުގެ ޓެސްޓު ރައިޑް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. މިއާއެކު ކަސްޓަމަރުންނަށް ވިނާ އެކްސް ދުއްވުމަށް ފުރުސަތު ލިބޭއިރު، އެ ސައިކަލު ހެންޑްލް ކުރާނެ ގޮތްވެސް އެނގިގެން ދާނެއެވެ. އެހެންކަމުން މިއީ އަމިއްލައަށް ވިނާ އެކްސްގެ އެންމެ ފަހުގެ ސައިކަލުގެ އަޖުމަ ބަލައިލަން ރަނގަޅު ފުރުސަތަކަށް ވެގެން ދާނެއެވެ.

މި ކެމްޕޭންގެ ފުރަތަމަ ބުރު ފަށައިފައި ވަނީ އައްޑޫ ސިޓީގައެވެ. މިހާރުވެސް އައްޑޫ ސިޓީގައި ކެމްޕެއިން ކުރިއަށްދާއިރު، ޝީޝާ އިން ބުނީ ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް މި ކެމްޕޭނަށް ލިބެމުންދާ ކަމަށެވެ.

އެންމެ ފަހުގެ ވިނާ އެކްސްއަކީ 150ސީސީ ސީރީޒްގެ މެނުއަލް ހޮންޑާ ސައިކަލެކެވެ. މި ސައިކަލުގެ ކީ ފީޗަރސްތަކުގެ ތެރޭގައި، އެންޓި ލޮކް ބްރޭކިންގ ސިސްޓަމް (އޭބީއެސް)، ޑީއޯއެޗްސީ (އިންޖީނުގައި 2 ކެމްޝާފްޓް) ، ލިކުއިޑް ކޫލިންގ ސިސްޓަމް، ޑިޖިޓަލް މީޓަރ އަދި ލެޑް ލައިޓް ސިސްޓަމެއް އަޅުވާފައިވުން ހިމެނެއެވެ. ފާހަގަ ކޮށްލެވޭ އެއްކަމަކީ ހޮންޑާގެ އެންމެ ފަހުގެ ސައިކަލުތަކުގައި މިހާރު ހުންނަނީ ދެ ކެމްޝާފްޓް ލާފައެވެ. މިއީ ސައިކަލުގެ އިންޖީނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ އިންޖީނަށް ލުއި ފަހުގެ ފަރުމާއެކެވެ. ޑީއޯއެޗްސީގެ ސަބަބުން މި ސައިކަލު އެންމެ އުނދަގޫ ހާލަތުގައިވެސް އޯވާރ ހީޓް ނުވެ ބާރު ދުވެލީގަ ދުވެއެވެ.

އަދި މި ސައިކަލުގެ ސްޕެއާރ ޕާޓްސްތަކާއި އާފްޓާ ސޭލްސް ސާވިސް ޝީޝާގެ އީޒީ ސާވިސް ސެންޓަރުތަކުން ކުރެވޭނެ ކަމަށް ޝީޝާ އިން މައުލޫމާތު ދެއެވެ.

މި ހާއްސަ ކެމްޕޭންގެ ދަށުން ރާއްޖޭގައި ޝީޝާގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރގެ ހުރިހާ އައުޓްލެޓެއްގައި ޓެސްޓް ރައިޑްތައް ކުރިއަށްދާއިރު، މި ސައިކަލު ޝީޝާގެ ހުރިހާ އައުޓްލެޓަކަށް ދަތުރު ކުރާނެ ކަަމަށް ޝީޝާ އިން ބުނެފައިވެއެވެ.

@hondamaldives

Two wheels one mission! Winner X test rides is currently available in Addu. Hurry up and get your hands on this beauty now. #foryou #honda #winnerx150 #sheeshamv

♬ original sound - honda.mv

ޝީޝާ އިން ވަނީ ޓެސްޓް ރައިޑް ދަތުރު ކުރާ ރީޖަންތައް ބެލުމަށް ޝީޝާގެ މީސް މީޑިއާގެ އެކައުންޓްތަކަށް ޒިޔާރަތް ކުރުމަށް އެދިފައެވެ.

ޝީޝާގެ އައުޓްލެޓްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދެއެވެ. އޭގެ ތެރޭގައި މާލެ، ހުޅުމާލެ، އައްޑޫ ސިޓީ ހިތަދޫ، ކުޅުދުއްފުށި ސިޓީ، ލ.ގަން، ފުވައްމުލަށް ސިޓީ، ގދ.ތިނަދޫ އަދި ގއ.ވިލިނގިލި ހިމެނެއެވެ.