ރާއްޖޭގައި ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ދިމާކޮށް "އޮބިއޮން" އިން ފޯރިގަދަ ހަރަކާތްތަކެއް ފަށައިފިއެވެ.

ކުޅިވަރު ސާމާނު ވިއްކުމުގައި މަޝްހޫރު އޮބިއޮންގެ އޮފިޝަލަކު މިރޭ ވިދާޅުވީ ސާފު ޗެމްޕިއަންޝިޕްގެ ފޯރި އިތުރު ކުރުމުގެ ގޮތުން ދިވެހި ސަޕޯޓަރުންނަށް ހާއްސަ ބައެއް ހިދުމަތްތައް މެއިން ޝޯރޫމުން ލިބޭނެ ކަމަށެވެ. އެއް ކަމަކަށް އޭނާ ފާހަގަ ކުރެއްވީ ދިވެހި ސަޕޯޓަރުންގެ ޖާޒީ އެތަނުން ގަންނަން ލިބޭނެ ކަމެވެ. އޮބިއޮން އިން މީގެ ދުވަސްކޮޅެއް ކުރިން، ސަޕޯޓަރުންނަށް ހާއްސަ ޖާޒީ ވަނީ ވިއްކަން ފަށައިފައެވެ.

"ޖާޒީ އަށް ޕްރީ އޯޑަ ވެސް ކުރެވޭނެ. އަދި ޑެލިވަ ވެސް ކޮށްދިނުމަށް ވަނީ ހަމަޖެހިފައި،" އޮފިޝަލް ވިދާޅުވިއެވެ.

އޮބިއޮންގެ މެއިން ޝޯ ރޫމް ހުންނާނީ މަޖީދީ މަގު، ގަލޮޅު ބޯޅަ ދަނޑު ކައިރީގައެވެ.

ޖާޒީގެ އިތުރުން ދިވެހި ސަޕޯޓަރުންނަށް ހާއްސަކޮށް ހިލޭ ގައުމީ ދިދަ ބެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ފޭސް ޕެއިންޓިން އާއި މި ނޫނަސް ބައެއް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް އޮބިއޮންގެ އޮފިޝަލް ވިދާޅުވިއެވެ.

"ސަޕޯޓަރުން ބޭނުންވާ ޖާޒީ ހެޔޮ އަގެއްގައި އޮބިއޮން އިން ލިބޭނެ. އަދި ގައުމީ ދިދަ ހިލޭ ބެހުމަށް ވަނީ ހަމަޖެހިފައި. ޝޯރޫމަށް އައީމަ ދިދަ ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައި. ފޭސް ޕެއިންޓިން ވެސް ޝޯރޫމަށް އައީމަ ހިލޭކޮށްދޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

މިއީ ސާފް ޗެޕްޕިއަންޝިޕްގެ ފޯރި އިތުރު ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކެއް"

މީގެއިތުރުން މާދަމާރޭ ޝޫރޫމް ކުރިމަތީގައި ބޮޑުބެރު ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެއީ ރާއްޖެ އާއި ބަންގްލަދޭޝް ކުޅޭ މެޗު ފެށުމުގެ ގަޑިއިރެއްހާއިރު ކުރިން ކަމަށް ވެސް އޮބިއޮންގެ އޮފިޝަލް ވިދާޅުވިއެވެ.

"ވީހާވެސް ގިނަ ބޭފުޅުން ޝޯރޫމަށް ވަޑައިގެން މިކަމުގައި ބައިވެރިވެ ގައުމީ ފުޓްބޯޅަ ޓީމަށް ސަޕޯޓުކޮށް ދިނުން އޮބިއޮންގެ ބޭނުމަކީ. އޮބިއޮން އިން އުންމީދު ކުރަނީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމު މުބާރާތް ކާމިޔާބު ކުރާނެ ކަމަށް." އޮފިޝަލް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި އޮބިއޮންގެ ދެ ފިހާރަ މިހާރު ވަނީ ހުޅުވައިފައެވެ. އެއީ މާލޭގައި ހުންނަ ފިހާރައިގެ އިތުރުން ހުޅުމާލޭގައި ނިރޮޅުމަގު، ސޮނީ ހާޑްވެއާ ކުރިމައްޗަށްވާ ގޮތަށް ހުންނަ ފިހާރައެވެ.

ދެ ފިހާރައިގައި ހުންނަ ތަކެތީގެ ތެރޭގައި ރޭޝްގާޑް، ބޮޑީ ފިޓް، ޑްރައި ފިޓް، ޓެންކްސް، ސޯޓު، ޓައިޓު، ޖޮގަ ސްވީޓް ޕޭންޓް ހިމެނެއެވެ. ސްޕޯޓްސް ވެއާގެ އިތުރުން ސްވިމް ވެއާ، ސްޕޯޓްސް މޭޝިނާއި ވަސީލަތްތަކުގެ އިތުރުން އެހެނިހެން މުދާތައް ވެސް މި ތަނުން ލިބެއެވެ.

މާލެ ސަރަހައްދުގައި ހުރި ފިހާރަތަކުގެ ތެރެއިން އެންމެ ފަހުގެ ފުޓްބޯޅަ ބޫޓާއި އެންމެ ގިނަ ފުޓްބޯޅަ މޮޑެލްސްތައް ލިބޭ ހަމައެކިނި ފިހާރައަކީ އޮބިއޮންއެވެ. އޭގެ ތެރޭގައި އެންމެ ފަހުގެ ނައިކް އަދި އެޑިޑަސް ބްރޭންޑްގެ ބޫޓުތައް ހިމެނެއެވެ.

މި ފިހާރަ އަކީ ހުރިހާ ބްރޭންޑްއެއްގެ ކުޅިވަރު އަދި އެހެނިހެން މޮޅު ކޮލިޓީގެ ސާމާނު ލިބެން ހުންނަ ފިހާރައެކެވެ. ހާއްސަ ގޮތެއްގައި މި ފިހާރައިން ފުޓުބޯޅަ ކުޅޭ ބޫޓާއި ފަހުގެ ޓީޝާޓާއި ސޯޓު ފަދަ ތަކެތި ވެސް އަގުހެޔޮކޮށް ލިބެން ހުރެއެވެ.