މިހާރު ރާއްޖޭގައި ކުރިޔަށްދާ އުރީދޫ ސާފް ޗެމްޕިއްންޝިޕް ފުޓުބޯޅަ މުބާރާތުގައި ކުޅޭ ދިވެހި ގައުމީޓީމަށް ފޯރިދީ ތަރުހީބުދިނުމަށް ނިއު އެޑިޝަން އަދި ނޯޓް ޓީމުން ހާއްސަ ހަރަކާތްތަކެއް ހިންގަން ފަށައިފިއެވެ.

އަދި މިފޯރިގަދަ ހަރަކާތްތަކުން ނޯޓް ޓީމު ގައުމީޓީމާއިއެކު ވާކަން ވަނީ ސާބިތުކޮށްދީފިއެވެ.

ރާއްޖޭގެ ގައުމީޓީމަށް ތަރުހީބު ދިނުމުގައި ފޯރިގައި ތިބިކަން ހާމަކުރުމަށް ނިއު އެޑިޝަން އަދި ނޯޓް ޓީމުން މިހާރު މުޅިންވެސް ލަނީ، ދިވެހި ފުޓުބޯޅަޓީމުގެ ރަސްމީ ރަތް ޖާޒީއެވެ.

ނިއު އެޑިޝަނުން މައުލޫމާތުދީފައިވާ ގޮތުގައި ގައުމީޓީމާއިއެކު މުޅި މުބާރާތް ނިމެންދެން ސަޕޯޓު ކުރުމުގައި ދެމިހިންނާނެއެވެ. އަދި އެގޮތުގެ މަތިން މިސީޒަނަށް ހާއްސަ ގިފްޓް ޕެކް ޕްރޮމޯޝަނެއްވެސް ކުރިޔަށް ދިއުމާއެއެކު، ފިހާރާގައި އަބަދުވެސް ދިވެހި ގައުމީޓީމަށް ހާއްސަ ލަވަތައްވެސް ޖަހާފައި ހުރެއެވެ. މިއީ ސާފް ޗެޕްޕިއަންޝިޕްގައި ކުޅެމުން އަންނަ ދިވެހި ގައުމީޓީމަށް ފޯރި އިތުރު ކުރުމުގެ ގޮތުން ހިންގާ ހަރަކާތްތަކެކެވެ.

ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ނޯޓް ޓީމުން މައުލޫމާތުދީފައިވެއެވެ. "ގިނަ ބަޔަކު އަންނަނީ ގައުމީޓީމަށް އޮންނަ ލޯބި ފާޅުކުރަމުން، އަދި ގައުމީ ޓީމުގެ ޖާޒީލައިގެން ހުރިމާއިއެކު އަޅުގަނޑުމެންނާއިއެކު ފޮޓޯވެސް ގިނަ ފަރާތްތަކުން ނަގާ." ނޯޓް ޓީމުން ބުނެފައިވެއެވެ.

ނިއު އެޑިޝަންއަކީ ރާއްޖެއަށް އިންޓަނޭޝަނަލް ކޮލެޓީ އެތައް ޕްރޮޑަކްޓްތަކެއް ގެނެސްދެމުން އަންނަ ބައެކެވެ. އެގޮތުން ނޯޓް ކޮސްމެޓިކްސް، މެނިކް ޕެނިކް ޔޫއެސްއޭ، ފޯމަސް ޕާފިއުމްސް ފްރާންސް، ކަންޓޫ،ބާތް އެންޑް ބޮޑީ އަދި ލިލީޑޯ ޕެރިސް ފަދަ މަޝްހޫރު ޕްރޮޑަކްޓްސްތައް ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެއް ބަޔަކީ ނިއު އެޑިޝަންއެވެ.

ނިއު އެޑިޝަނުން މައުލޫމާތުދޭ ގޮތުގައި ސާފް ޗެމްޕިއަންޝިޕާއި ދިމާކޮށް ކުރިޔަށް ގެންދާ މިހާއްސަ ހަރަކާތްތަކަށް ބޮޑު ތަރުހީބެއް ލިބެއެވެ، އަދި މިސީޒާން އާއި ދިމާކޮށް ފަށާފައިވާ ގިފްޓްޕެކް ސޭލްވެސް ވަރަށް ފޯރިގަދައެވެ، ގިފްޓް ޕެކްއަށް އޯޑަރުދެއްވުމަށް 9972727 އަދި 7483120 ގުޅާލުމުން ނުވަތަ ވައިބާރ މެދުވެރިކޮށް އޯޑަރު ކޮށްލުމުން ގެއަށް ޑެލިވަރީ ކޮށްދޭނެއެވެ. ނިއު އެޑިޝަން ހުންނާނީ އޮލިމްޕަސް ކުރިމަތީ މަގުން ގޮސް ނިމޭއިރު، ގަލޮޅު ސަހަރާ ކަންމައްޗަށްވާގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝަރޭ

    ސާބަހޭ ކުދިންނޭ.. ތިޔަވީ މަވެސް ސަޕޯޓް ކުރާނަން

    5
    4
  2. ރޮނަލްޑޯ

    ޗާލު ކުދިންކޮޅެކޭދޯ

    3
    2
  3. ސަލީމު

    ނިއުއެޑިޝަންތީ ފައްކާ ފިހާރައެއް

  4. ސަނީ

    ބަންގުލާ ކުއްޖާވެސް އެއިނީ ޖޯޒީ ލައްވާފަ ބަހައްޓާފަ؟