ރާއްޖޭގެ އެންމެ ފުރަތަމަ އަތަރް ބްރޭންޑް އޫދް އަލް ސަބާޔާގެ އެޖެންޓްކަން ދިން ގއ. ވިލިނގިލި، ދި ރިވިއުސް ފިހާރައިން، އެ ބްރޭންޑްގެ ޕާފިއުމް ވިއްކަން ފަށައިފިއެވެ.

މިއީ އޫދް އަލް ސަބާޔާގެ އެޖެންޓް ފިހާރައަކުން މި ޕާފިއުމް ވިއްކަން ފެށި ފުރަތަމަ ފަަހަރެވެ. އެހެންކަމުން މިހާރު އެ އަތޮޅުގެ ރަށްތަކަށް އޫދް އަލް ސަބާޔާގެ ޕާފިއުމްވެސް މިހާރު ފަސޭހަކަމާއެކު ލިބޭނެއެވެ.

ދި ރިވިއުސްއަކީ ގއ. ވިލިނގިލީގައި ދާދި ފަހުން ހުޅުވި ފިހާރައެކެވެ.

ކޮސްޓެމްޓިކްގެ ގިނަ އުފައްދުންތަކަށް ހާއްސަ އެ ފިހާރައިން އޫދް އަލް ސަބާޔާގެ އެންމެ ފަހުގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ. އޭގެ ތެރޭގައި އޫދް އަލް ސަބާޔާގެ އަތަރާއި، އެހެން މަޝްހޫރު ބްރޭންޑްތަކުގެ އަތަރު ހިމެނެެއެވެ.

ދުނިޔޭގެ މަޝްހޫރު އެތައް ވައްތަރެއްގެ އަތަރާއި އޮއިލްގެ އިތުރުން، އަމިއްލަ ވައްތަރުތަކުގެ ލޯޝަނާއި، ޕާފިއުމް، އަދި އަތަރާއި، އެއާ ފްރެޝްނާ ވިއްކަމުން ދާ އޫދް އަލް ސަބާޔާއަކީ ގިނަބައެއްގެ މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ.

މި ބްރޭންޑްގެ މައި ފިހާރަ ހުންނަނީ މާފަންނު މިރިޔަސް މަގުގައެވެ. އޫދް އަލް ސަބާޔާގެ އެޖެންޓަކަށް ވުމަށް ގުޅާނެ ނަމްބަރަކީ 9495757 އެވެ.