ހެޔޮ އަގެއްގައި ބިޑު ކާމިޔާބު ކޮށްގެން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އިން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަޅާ ދަ ބްލޫ ހެވެން ރެސިޑެންސީގެ އިމާރާތް އިފްތިތާހު ކޮށްފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި އާރުސީސީން ހުޅުމާލޭގައި އަޅާ އިމާރާތުގެ ކުރެހުން އިފްތިތާހު ކޮށްދެއްވާފައިވަނީ ރަސްމިއްޔާތުގެ ޝަރަފްވެރިމެހެމާން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އާރުސީސީގެ ޗެއާމަން ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ، އާރުސީސީ ކުންފުނިން ފާއިތުވި ފަސް އަހަރު ދުވަހު ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގި ނަމަވެސް މިވަރުގެ ބޮޑު ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނުލިބޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ، އާރުސީސީ ކުންފުންޏަކީ ރާއްޖޭގެ ކޮންމެ ދިމާލަކަށް ބެލިއަސް އެކުންފުނީގެ ނަން ބޯޑެއް ފެންނާނެ ކުންފުންޏެއް ކަމަށާއި މިފަދަ ބޮޑު ޕްރޮޖެކްޓެއް ލިބުމުން ވަރަށް އުފާ ކުރާ ކަމަށެވެ. "ވަރަށް މުހިންމު ޕްރޮޖެކްޓެއް މިއީ. މިއީ ތަފާތު ކޮންސެޕްޓަކަށް ހެދޭ ޕްރޮޖެކްޓެއް. އެހެންކަމުން މި ޕްރޮޖެކްޓް ވާނީ ރާއްޖޭގައި ހެދޭ އެންމެ ފުރިހަމަ ޕްރޮޖެކްޓަށް" ނާޒިމް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ފެނިގެން ދިޔަ ޕްރޮޖެކްޓުން އެނގިގެން ދަނީ އާރުސީސީ ވަރަށް ބޮޑަށް ކުރި އަރާފައިވާތަން ކަމަށާއި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް އެކުންފުނިން ކޮށްދޭ ކަންތައްތައް ވަރަށް ބޮޑު ކަމަށެވެ.
އާރުސީސީން ހުޅުމާލޭގައި އިމާރާތް ކުރަން ނިންމާފައިވާ އިމާރާތުގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގެ އިތުރުން ޕެންޓް ހައުސް ވެސް ހިމެނެއެވެ.
ދެ އަހަރު ތެރޭގައި ނިންމަން ކަނޑައަޅައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ޕްލޮޓް ނަންބަރު S1/1 ގައި ޖުމްލަ 24،098.22 އަކަފޫޓޫ ހުންނަ މި ބިމުގައި މި މަޝްރޫއުގެ ދަށުން 116 ޔުނިޓް އިމާރާތް ކުރާނެ އެވެ. އެއީ 14 ބުރީގެ އިމާރާތެވެ.
އޭގެ ތެރެއިން 78 ޔުނިޓް ވިއްކޭނެ އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 1،800 ދިވެހި ރުފިޔާ އެވެ. ބާކީ 38 ޔުނިޓަކީ އާރްސީސީން ބޭނުންވާ އަގެއްގައި ވިއްކިދާނެ ޔުނިޓްތަކެކެވެ.
ރައްޔިތުން މިފަހަރުވެސް ހަނާ ކުރާނެ . ލާރިކާލާފަ ބަޗާކަލޭމެން ވެސް .
އޭގެ ތެރެއިން 78 ޔުނިޓް ވިއްކޭނެ އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 1،8000 ދިވެހި ރުފިޔާ އެވެ.
އެހެންވީމަ 1000އަކަފޫޓު 18000000. ވަރަށް އަގުހެޔޮ
ތިއަގުގަ ވިއްކަނީ ފިނިޝިންގެ ގިނަ ކަންކަން ނުހިމަނާ. އެކަން ކަން ހިމަނާ ނިމޭ އިރު އަކަ ފޫޓަކަށް 2600ރ ވަރު އަރާނެ. މިކަންވެސް ކުރަނީ ބޮޑު އޮޅުވާލުން ގަނޑެއްގެ ތެރެއިން.
ތިޔައީ ބުލޭ ހެވަނެއްނޫނެއްނު. ތިޔައި ރީނދޫ ނަރަކަ އެންނު.
ކީއްކުރަން ދައްކާ ކުރެހުންތަކެއްތީ؟؟؟ މިހާރު ހުރިހާތަނެއް މީހުންނަށް ބަހާ ހުސްކޮށްފަ ހުރީ
18000ރ. ކިރިއާވެސް ތަންދޮރު އެގޭ މީހަކު ލިޔާނަމަ ލިޔޭ އެއްޗެއް އެގޭނެ. ހަމަ ތާކުން ޢަދަދެއް ފެނުނަކަށް ނުޖަހާނެ! މާނައަކީ އާދައިގެ 800 އަކަފޫޓުގެ އެޕާޓްމެންޓެއް އެންމެ ބޮޑު އަގުގެއްގައި ވިއްކޭނީ 14.4 މިލިއަން ރުފިޔާއަށޭ! މީގަ ބޮޑުކޮށް ވިއްކޭ އަގު ކަޑައަޅަން ޖެހޭކަމެއް ނޭގުން. ތިއަގަކަށް ތި ނުވެސް ވިކޭނެކަން މޮޔައަކަށްވެސް އެގޭނެ!
އާރުސީސީން ހުޅުމާލޭގައި އިމާރާތް ކުރަން ނިންމާފައިވާ އިމާރާތުގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގެ އިތުރުން ޕެންޓް ހައުސް ވެސް ހިމެނެއެވެ. މިއީ މިހާތަނަށް ދުނިޔޭގައި ހަދާ އެންމެ އަގުހެޔޮ ލަގްޒަރީ ލެވެލްގެ އެޕާޓްމަންޓްތައްކަން ފާހަގަކުރެވެއެވެ. މީނާއަށް ދިވެހިރާއްޖޭގެ ވަލިއްޔުލްއަމުރުކަން މިއެޕާޓްމަންޓްގެ އަގުތަކަށް ބަލާލާއިރު ދިނުން ހައްގެވެ. އަކަފޫޓެއް ވިއްކޭނެ އެންމެ ބޮޑުއަގުކަމަށްވާނަމަ 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ ސައިޒަކީ 1000 އަކަފޫޓްކަމަށް ބަލާނަމަ 18,000,000 މިލިއަން ރުފިޔާ، 3 ކޮޓަރީގެ އެޕާޓްމަންޓުގެ ސައިޒަކީ 1500 އަކަފޫޓްނަމަ 27,000,000 މިލިއަން ރުފިޔާ ޕެންޓަރ ހައުސްގެ ސައިޒަކީ 2000 އަކަފޫޓްނަމަ 36,000,000 މިލިއަން ރުފިޔާއެވެ. މީނާ ހީކުރަނީ ޔާމީނު ވެރިކަމުގައި ވެރިކަން ހޯދަން ތަފާތު އުކުޅުބޭނުން
އާރުސީސީން ހުޅުމާލޭގައި އިމާރާތް ކުރަން ނިންމާފައިވާ އިމާރާތުގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކުގެ އިތުރުން ޕެންޓް ހައުސް ވެސް ހިމެނެއެވެ. މިއީ މިހާތަނަށް ދުނިޔޭގައި ހަދާ އެންމެ އަގުހެޔޮ ލަގްޒަރީ ލެވެލްގެ އެޕާޓްމަންޓްތައްކަން ފާހަގަކުރެވެއެވެ. މީނާއަށް ދިވެހިރާއްޖޭގެ ވަލިއްޔުލްއަމުރުކަން މިއެޕާޓްމަންޓްގެ އަގުތަކަށް ބަލާލާއިރު ދިނުން ހައްގެވެ. އަކަފޫޓެއް ވިއްކޭނެ އެންމެ ބޮޑުއަގުކަމަށްވާނަމަ 2 ކޮޓަރީގެ އެޕާޓްމަންޓެއްގެ ސައިޒަކީ 1000 އަކަފޫޓްކަމަށް ބަލާނަމަ 18,000,000 މިލިއަން ރުފިޔާ، 3 ކޮޓަރީގެ އެޕާޓްމަންޓުގެ ސައިޒަކީ 1500 އަކަފޫޓްނަމަ 27,000,000 މިލިއަން ރުފިޔާ ޕެންޓަރ ހައުސްގެ ސައިޒަކީ 2000 އަކަފޫޓްނަމަ 36,000,000 މިލިއަން ރުފިޔާއެވެ. މީނާ ހީކުރަނީ ޔާމީނު ވެރިކަމުގައި ވެރިކަން ހޯދަން ތަފާތު އުކުޅުބޭނުން ކުރިގޮތަށް ކުރިމަގުގައި އެގޮތް ހަދައިގެން ދިވެހިރާއްޖޭގެ ރައީސްކަން ލިބިދާނެކަމަށްތޯއެވެ. މަނިކުފާނު ހީކުރައްވާވަރަށްވުރެ ދިވެހިން މަނިކުފާނުގެ އަގު ވަޒަންކުރާވަރު ޕާޓީއަށް މީހުން ވައްދަން ރަށްރަށަށް ކުރައްވާ ޒިޔާރަތުން ވަރަށް ސާފުނޫންތޯއެވެ. އެކަމަކު މާލޭމީހުންކާރީ ކިޔަނީ ރާއްޖޭތެރޭގެ ސަޕޯޓް ހީކުރިވަރަށްވުރެ 25 ގުނަ ބޮޑުކޮށް ލިބުނުކަމަށެވެ. ރޯމާދުވާލު ދޮގު ހައްދަން މީނާ ވަރުގެ މީހަކު މިޒަމާނު މަނުދެކެމެވެ. މީނާގެ މުޅިފޯކަސް އަމާޒުވެފައިވަނީ ގައުމުގެ އެންމެ މަތީމަގާމެވެ. މިހާރުވެސް މިކަހަލަ މީހަކު މިދަނީ މިގައުމުގައި ވެރިކަން ކުރަމުންނެވެ. ގިނަދިވެހިން ބުނަނީ ބުދެއް ބެހެއްޓިއަސް މިއަށްވުރެ ރަގަޅު ވާނެކަމަށެވެ. ޢާމްދަނީ ހޯދަނީ ޒުވާނުންގެ ސައިކަލްތަކުގައި އިސްޓިކާ ޖަހައިގެންނާއި ފައިސާ ބޭނުންވާވަރަށް ޗާޕްކޮށްގެންނެވެ. ފިސްތޯލަ ޕާޓީގެ ހާލަތު އަދި މިއަށްވުރެ ނިކަމެތި ވާނެކަމަށް ފޯކާސްޓުން ދައްކައެވެ.
ބަޓް ސްޓިލް ނޯވޯޓް ޓު އެމްޑީޕީ ނެކްސްޓް ޓައިމް.
# ކެހިވެރިފަތިސް
# ނޯގޯތި ނޯވޯޓް
ޓަވަރުތައް ހަދަންވީނު. ސިފައިންގެ ފްލެޓް ހަދަން 300ސިފައިންގެ އަތުން ނެގި ލާރި ހުންނާނެތާ.