ޒިއޯމީ ބްރޭންޑުން އަންނަނީ އެކި މޮޑެލްގެ ގިނަ ފޯނުތަކެއް ދުނިޔޭގެބާޒާރަށް ނެރެމުންނެވެ. ފަހުގެ މޮޅު ފޯނެއް ގަނެލަން ބޭނުންވި ކަމުގައިވިޔަސް ގިނަ މީހުން މި ބްރޭންޑް ހިޔާރުކުރެއެވެ. ރާއްޖޭގައިވެސް ޒިއޯމީ ބްރޭންޑް އަށް އޮތް ޑިމާންޑް ވަރަށް ބޮޑެވެ.

ސެޕްޓެމްބަރ 2021 ގައި ދުނިޔޭގެ ބާޒާރަށް ނެރެފައިވާ ޒިއޯމީ ރެޑްމީ 9-އޭ ސްޕޯޓް އަކީ ބަޖެޓް ފޯނެކެވެ.

ފަހުގެ ބަޖެޓް ފޯނެއް ކަމަށްވާ ޒިއޯމީ ރެޑްމީގެ 9-އޭ ސްޕޯޓް ދުނިޔޭގެ ބާޒާރަށް ނެރެފައި މިވަނީ ސެޕްޓެމްބަރ 2021 ގައެވެ. މިފޯނު ސޮއްޓިބިޒްއިން މިހާރު ގަނެލަން ލިބޭނެއެވެ. އެފިހާރައިން މިފޯނު ވިއްކަނީ ހަދިޔާ ބަންޑަލް އަކާއިއެކުގައެވެ. މި ހަދިޔާ ބަންޑަލްގައި 64ޖީބީގެ އެސްޑީ ކާޑެއް، ޓެމްޕާރޑް ގްލާސްއެއް އަދި ހެޑްސެޓެއް ހިމެނޭނެއެވެ.

ސޮއްޓިބިޒް އިން ރެޑްމީ 9-އޭ ސްޕޯޓްސްގެ 2ޖީބީ ރެމްގެ 32ޖީބީ ފޯނު ލިބޭނީ 2600 ރުފިޔާއަށެވެ. އަދި 3ޖީބީ ރެމް ގެ 32ޖީބީ ފޯނު ލިބޭނީ 2800 ރުފިޔާއަށެވެ.

ގޭމު ކުޅުމަށާއި ފިލްމު ބަލައިލަން މިފޯނުގައި އެޗްޑީ މޮޅު ޑިސްޕްލޭ އެއް ހުރެއެވެ.މިފޯނުގެ ޑިސްޕްލޭގައި 6.53އިންޗި ހުންނައިރު ބަރުދަނުގައި ހުންނަނީ 194ގ އެވެ. ފޯނު ތުނި ވުމަކީ ވެސް ގިނަ ބަޔަކު ގަޔާވާނެ އެއް ސަބަބެވެ އެގޮތުން މިފޯނުގެ ތުނި މިނުގައި ހުންނަނީ އެންމެ 9 އެމްއެމްއެވެ.

ރެޑްމީ 9-އޭ ސްޕޯޓްސް ގެ ފޮޓޯ ކޮލެޓީއަށް ބަލާލާއިރު މިފޯނުގެ މެއިން ކެމެރާގައި 13 އެމް-ޕީ ހުރުމުން ރީތިކޮށް ފޮޓޯވެސް ނެގޭނެއެވެ އަދި ސެލްފީ ކެމެރާގައިވެސް 5 އެމް-ޕީ ހުރެއެވެ.

ހަދިޔާ ބަންޑަލް

64ޖީބީ އެސްޑީ ކާޑް(ސޭން-ޑިސްކް)
ޓެމްޕާރޑް ގްލާސް
ހެޑްސެޓް

ބައެއް މުހިންމު ފީޗާރސް

ދެސިމް ލެއްވޭ، މެމޮރީ ކާޑުވެސް ލެއްވޭ
އެފްއެމް ރޭޑިއޯ
އެންޑްރޮއިޑް 10
5000 އެމް-އޭ-އެޗް ބެޓަރި، 10ވަޓްސް ޗާޖިންގ އެޑަޕްޓަރ

ސޮއްޓި ބިޒް ފިހާރައިން ވިއްކާ ފޯނުތަކުގެ ތެރޭގައި ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑް ތަކުގެ މޯބައިލް ފޯން ކަމުގައިވާ އެޕަލް، ސެމްސަންގް، ޒިއޯމި، ހުވާއީ، ރިއަލްމީ ފަދަ ބްރޭންޑްތަކުގެ އިތުރުން އެންމެ އާދައިގެ ފޯންތައްވެސް ލިބެން ހުންނާނައެވެ. މިފިހާރައިން ވިއްކާ މޯބައިލް ފޯނުތައް މާލެ، ހުޅުމާލެ އަދި ބޯޓުތަކަށް ވެސް ޑެލިވަރީ ކޮށްދޭނެއެވެ.

މޯބައިލް ފޯނާއި މޯބައިލް އެސެސަރީސް ވެސް ސޮއްޓި ބިޒް އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން އެ ފިހާރައިން ފޯނު މަރާމާތުކޮށް ދިނުމުގެ ހިދުމަތްވެސް ދެއެވެ. އެހެންކަމުން މޯބައިލް ފޯނު މަރާމާތުކުރަން ބޭނުންވާ ރަށްރަށުގައި ތިބި ފަރާތްތަކުންވެސް މަރާމާތުކުރުމަށް ބޭނުންވާ މޯބައިލް ފޯނު ލޯންޗް ނޫނީ ބޯޓު ފަހަރަށް ލުމަށްފަހު ސޮއްޓި ބިޒް ފިހާރައިގެ ނަމްބަރ 7449955 އަށް ގުޅާލުމުން ނުވަތަ ވައިބަރ ކުރުމުން އެ ފިހާރައިގެ ފަރާތުން ފޯނު ނަގާ، ފޯނު މަރާމާތުކުރުމަށްފަހު އަނބުރާ ބޯޓު ނޫނީ ލޯންޗާއި ހަމައަށް އިތުބާރާއި ޔަގީންކަމާއިއެކު ގެންގޮސް ދޭނެއެވެ.

އެފިހާރައިން ވިއްކާ ފޯންތަކާއި، ދޭ ހިދުމަތްތަކާއި ގުޅޭ މައުލޫމާތު ސާފުކުރުމަށް 7449955/7750004 އަށް ގުޅުމުން ބޭނުންވާ މައުލޫމާތު ލިބޭނެއެވެ. ސޮއްޓި ބިޒް މޯބައިލް ޝޮޕް ހުންނަނީ ޗާންދަނީ މަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައެވެ.